13 Aug 2018

ރާޅު ބޯއީއަށް އެންމެ ސަޅި ގޮތް

ރާޅު ބޯއީއަށް އެންމެ ސަޅި ގޮތް

By: Aishath Maaha

ރާޅުތަކުގެ ތެރެއިން މޫދުން އަރައިގެން ގޮސް ބީއްސާލީ މޯލްޑިވިއަން އައިޑޮލްގެ ޕްލެޓްފޯމަށެވެ. ގަދަ ދިހައަކުން ޝޯ އާ ވަކިވެގެން ދިޔަ ނަމަވެސް ނަޒީހުގެ އަޑުގެ ޖާދޫގައި ޖެހި އޭނާއަށް ލިބުނު ލޯތްބާއި ތަރުހީބު ކުޑައެއް ނޫނެވެ.

އޭގެ ފަހުން ނަޒީހު ނެރުނު އަމިއްލަ ލަވަތައް ވަރަށް ބޮޑަށް ވެސް މަގުބޫލުވި އެވެ. މޯލްޑިވިއަން އައިޑޮލް އިން ނަޒީހު ފެނި އޭނާގެ ސްޓެޓަސް ބަލަން އުޅުނު މީހުންނަށް އޭރު ލިބުނީ ނަޒީހު ސިންގަލް ކަމާއި ރިލޭޝަންޝިޕަކަށް ތައްޔާރު ނޫން ކަމުގެ މެސެޖެވެ. ނަމަވެސް މިހާރު ނަޒީހު އުޅެނީ ވަރަށް ވެސް ލޯބި ރިލޭޝަންޝިޕެއްގަ އެވެ.

ކިހިނެއް ކަމުދިޔަ ކުއްޖަކާ ރައްޓެހިވެގެން ތިއުޅެނީ؟

"ދެން ހަމަ އެހެން އުޅެނިކޮށް ދިމާވި އަންހެން ކުއްޖެއް އެއީ. އޭނައާ ދިމާވެގެން ޑޭޓުކުރަން ފަށައިން އޭނަ ސަޅިވެގެން ރިލޭޝަނަކަށް ދިޔައީ. އެ ކުއްޖާއަކީ މާފުށްޓަށް ޗުއްޓީއަށް އައިސް އުޅުނު ކުއްޖެއް. ފުރަތަމަ ފެނުނީ މާފުށިން."

ފުރަތަމަ ނަޒަރުން ރީތިވި އަންހެން ކުއްޖެއްގެ ވާހަކަ ކިޔައިދީބަލަ.

"މި ކުއްޖާއާ ރައްޓެހިވިފަހުން އެހެން ކުއްޖަކަށް ބަލައިލާނެ ފުރުސަތެއް އަދި ނުލިބޭ. ފުރަތަމަ ނަޒަރުން ފެނިފަ ރީތިވި ބައިވަރު ކުދިން އެބަތިބި. ސޯޝަލް މީޑިއާއިން ފޭސްބުކް އާއި އިންސްޓަގްރާމް ހާވާއިރު ފެނިފަ އެބަހުރި ވަރަށް ރީތި ކުދިން. ވަރަށް ރީތިކުދިން އުޅޭ ރާއްޖޭގައި ވެސް."

އަންހެން ކުއްޖާގެ ރީތިކަން ނަޒީހު މާނަކުރާނީ ކިހިނެއް؟

"އަންހެން ކުއްޖާގެ ރީތިކަން ބަލާނީ އަންހެން ކުއްޖާގެ ސިފައަށާއި އުޅުމަށާއި ވާހަކަދައްކާ ގޮތަށާއި ބައްޓަމަށާއި ސިފައަށާއި ބަލާނީ. ދިމާވީމަ އެނގޭނެ ރީތިއްޔާ ރީތިކަން އަސްލު. ދިމާވެ ވާހަކަދެއްކީމަ އެނގޭނެ ހުންނަ ގޮތާއި އެހެން ކަންތައްތައް ވެސް ދެނެގަންނަން."

އަންހެން ކުއްޖެއްގެ އެންމެ ރީތީ ކޮން ހެއާ ސްޓަލައިލެއް؟

"އިސްތަށިގަނޑު އާދައިގެ ވަރަކަށް ދިގުކޮށް ހުރިއްޔާ ނަޒީހުއަށް ރީތީ. އެކަމަކު ބައެއް ކުދިންނާ ގުޅޭ ކުރުކޮށް ހުރީމަވެސް."

A post shared by Ahmed Nazykh (@a.nazeek) on

ބޮލުގައި ކޮން ކުލައެއް ޖެއްސީމަތަ އެންމެ ކަމުދަނީ އަންހެން ކުދިން؟

"ބޮލުގައި ކުލަޖެއްސީމަ އެހާ ރީއްޗެއް ނޫން. އެއްވެސް ކުލައެއް ނުޖައްސާ ހުންނައިރު ކަމުދަނީ. ކަޅު ކިހާ ރީތި."

އަންހެން ކުއްޖަކު ރީތީ މޭކަޕްކޮށްފައި ހުންނައިރުތަ ނުވަތަ މޭކަޕްނުކޮށް ނެޗުރަލްކޮށް ހުންނައިރުތަ؟

"މޭކަޕްނުކޮށް ހުންނައިރު ރީތީ. އޯލް ނެޗުރަލް."

އަންހެން ކުއްޖާ ރަނގަޅީ އަނގަގަދަވި ވަރެއްތަ؟

"އަނގަގަދަ އަންހެން ކުދިން ނަޒީހުއަށް ކަމުދަނީ."

ބިޓަށް ހަދިޔާ ދީ ސަޕްރައިޒްދީ ވަރަށް ބޮޑަށް ސްޕެންޑްކުރަންތަ؟

"އުހުން. ވަކި އެހެންނެއް ނޫން. އެހާ އެހާ ސްޕެންޑެއް ވެސް ނުކުރަން."

ރިޗް ލަގްޒޫރިއަސް ލައިފްސްޓައިލްއެއްގައި އުޅޭ އަންހެން ކުދިންނަށް ހިތްކިޔާތަ؟

"އުހުން ކޮންމެހެން އެހެންނެއް ނޫން. އެކަމަކު ނަޒީހު ރައްޓެހިވާނީ ވަރަށް ބަލާފަ. އަންހެން ކުއްޖަކަށް ނަޒީހު ހިތްކިޔާނީ އެ ކުއްޖަކު ވަރަށް މަޖާވީމަ."

ބިޓަކަށް އުޅޭ އަންހެން ކުއްޖާގެ ފިރިހެން ބެސްޓް ފްރެންޑުން ތިބުމަކީ ކަޑަކަމެއްތަ؟

"މައްސަލައެއް ނޫން އެއީ. ކޮފީތަކަށް ގޮސް އެހެން އުޅުން އެއީ އެއްވެސް މައްސަލައެއް ނޫން. އިންސެކުއާ ފީލް ވެ ޖޭ ވާނީ އިތުބާރު ނުކުރާތީ. އަސްލުވާގޮތަކީ ފިރިހެން ކުދިންވެސް ރައްޓެހިވެގެން އުޅެމުން އެހެން އަންހެން ކުދިން ކައިރިއަށް ގޮސްފިއްޔާ ހިތަށް އަރާނެ އަންހެން ކުއްޖާވެސް އެހެން ފިރިހެން ކުދިން ކައިރިއަށް ދާނޭ. އެއީ ވާގޮތަކީ."

Popular