12 Sep 2018

އަސޫ ނަސީމް އެހެން ގޮތަކަށް

އަސޫ ނަސީމް އެހެން ގޮތަކަށް

By: Aishath Maaha

މަޓާޓޯގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަސްރާ ނަސީމް (އަސޫ) މިއީ ވަރަށް ގިނައިން ފެންނަ މަގުބޫލު މޫނެކެވެ. ހާއްސަކޮށް، ފަތުރުވެރިކަމުގެ ދާއިރާގައި މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އަސޫ އަކީ މަޝްހޫރު މޫނެކެވެ. ފަތުރުވެރިކަމާ ގުޅޭ ފެއާތަކުގައާއި އެހެން ޕްލެޓްފޯމްތަކުގައި ރާއްޖެ ތަމްސީލުކޮށް ރާއްޖޭގެ ރީތި ވާހަކަތައް ހިފައިގެން ގޮސްފައިވާ ފަރާތެކެވެ.

އެހެންވެ އަސޫ މީގެ ކުރިން އަބަދުވެސް އަހަރުމެންނަށް ފެނުނީ ވަރަށް ވެސް ސީރިއަސްކޮށް މަސައްކަތުގެ ދުނިޔެއެއްގައި އުޅެމުން ދަނިކޮށެވެ. އެހެން ނަމަވެސް މޭކްއޯވާގެ މި ހާއްސަ ސެގްމަންޓަށް އަސޫ ގެނެސް އޭނާގެ ވަރަށް ތަފާތު މޭކްއޯވާއެއް ގެނެސްދޭން މިވަނީ މަސައްކަތްކޮށްފަ އެވެ.

ޗެޕްސްގެ ރީތި ހެދުންތަކުގައި ނޫރާ ރަޝީދުގެ ސްޓައިލަށް އަމާނީ އަހްމަދު ކޮށްދީފައިވާ މޭކަޕްތަކާއެކު އަސޫގެ ޕޯސްތައް ތަސްވީރަށް ނަގައިދިނީ މަސްރަހް އެވެ. އަސޫއާ އެކު މި ޝޫޓުގައި ހޭދަކުރި ގޮތުގެ ބިހައިންޑް ދަ ސީން ވީޑިއޯ ނަގައި އެޑިޓްކޮށްދިނީ އަފްޝީން ނަސީރެވެ.

ފޮޓޯގްރެފީ: މަސްރަހް

މޭކްއޯވާގެ މި ސެގްމަންޓުގެ ޝޫޓިން އިން އަހަރެމެންނާ ބައްދަލުކުރީ ފަތުރުވެރިކަމާ ގުޅޭ ވާހަކަތައް ހިފައިގެން އެއް ޕްލެޓްފޯމުން އަނެއް ޕްލެޓްފޯމަށް ދުވެދުވެ އުޅޭ އަސޫއެއް ނޫނެވެ. ނަމަވެސް އަބަދުވެސް ފެންނަ އޭނާގެ ރީތި ހިނިތުން ވުމާއެކީގައި ވަރަށް ވެސް ގާތް ރަހުމަތްތެރިއެކެވެ.

ފޮޓޯގްރެފީ: މަސްރަހް

ދުވާލުގެ ބޮޑުބައި މަސައްކަތުގެ އުޅޭ މި ޒުވާނާ އޮފީހަށް ގެނެސް ނަލަހައްދާލައިގެން އެންމެ ފުރަތަމަ ގޮސް ހުއްޓުނީ ވެލާނާގޭ ސަރަހައްދަށެވެ. އެ ސަރަހައްދުން އާންމުކޮށް އަސޫ ފެންނަ ފަދަ އޮފީސް ލުކެއްގައި ފޮޓޯ ނެގުމަށްފަހު ވަރަށް ކެޝުއަލް ލުކެއްގައި ދެވަނަ ފޮޓޯތައް ނެގީ ގޯޓްކެފޭގެ ހިތްގައިމު މާހައުލުގަ އެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް: އަމާނީ | ވޯޑްރޯބް: ޗެޕްސް

ޝޫޓިންގެ އެހާ ހިސާބުން އެނގުނީ އަސޫ ކުޅަދާނައީ ހަމައެކަނި އޭނާގެ މަސައްކަތުގައި އެކަނި ނޫންކަމެވެ. މޮޑެލްކުރަން ވެސް މޮޅެވެ. އެހެންވެ، އަސޫގެ ގާތުގައި އެންމެ ކުރިން ވެސް އަހާލީ މޮޑެލިން ކެރިއާއެއް ބިލްޑް ނުކުރީ ކީއްވެހޭ އެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް: އަމާނީ | ވޯޑްރޯބް: ޗެޕްސް

ހިނިގަނޑަކާއެކު އަސޫ އޭނާގެ ވާހަކަތައް ކިޔައިދޭން ފެށީ އެހާ ހިސާބުންނެވެ. މެލޭޝިޔާގައި ޓެއިލާސް ޔުނިވާސިޓީގައި ކިޔަވަން އުޅުނު އިރުގެ ދުރު ހަނދާންތަކުންނެވެ. ފަތުރުވެރިކަމުގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރަން ގޮސް އުޅުނުއިރު ޔުނިވާސިޓީގެ ޕްރޮފެސަރަކު ވެސް އޭނާއާ ކުރި ސުވާލަކީ އެއީ އެވެ. އަސޫ މޮޑެލް ނުކުރީ ކީއްވެހޭ އެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް: އަމާނީ | ވޯޑްރޯބް: ޗެޕްސް

"މޮޑެލްކުރާކަށް އަސޫގެ އެއްވެސް ޝައުގުވެރިކަމެއް ނުހުރޭ. އިންސްޓަގްރާމްގައި ވެސް އެހުންނަނީ މޮޑެލްކުރުމުގެ އިންޓެންޝަނަކު ނޫން. އަސޫއަށް ޖެއްސުނު އެންމެ ރީތި ވައްތަރެއް ޖައްސާފަ އެހުންނަނީ."

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް: އަމާނީ | ވޯޑްރޯބް: ޗެޕްސް

ފަހަރުގައި މިއަދު މިފެންނަ އަސޫ އަހަރުމެންނަށް ފެނުނީ މޮޑެލްނުކޮށް އަދި އަސޫގެ މަންމަ ވެސް ބޭނުންވި ގޮތަށް ޓީޗަރަކަށް ނުވެ އަސޫގެ އަމިއްލަ ޝައުގުވެރިކަންހުރި ދާއިރާއިން ކުރިއަށްދާތީ އެވެ. އަދި މިހާރު ވަޒީފާ އަދާކުރަމުން އަންނަ މަޓާޓޯއިން އޭނާއަށް ހޯދައިދިން އަދި އަމިއްލަ މަސައްކަތުން ހޯދާ ފުރުސަތުތަކުގެ ސަބަބުންނެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް: އަމާނީ | ވޯޑްރޯބް: ޗެޕްސް

"އަސޫ ޓޫރިޒަމް ޕްލެޓްފޯމަށް ވަނުމުގެ އަސްލަކީ އެމްއެމްޕީއާރްސީ. މަޓާޓޯއަށް ޖޮއިން ކުރުމުގެ ކުރިން ގާތްގަނޑަކަށް އަހަރެއްވަރު އެތަނުގައި އުޅުނިން ހަމަ ސޭލްސް އެން ޕީއާރްގައި. އެތަނުން ކެނޑިގެން މަޓާޓޯއަށް ވަންފަހުން ވަރަށް ގިނަ ޑެސްޓިނޭޝަން މާކެޓްތަކެއް ކުރެވިގެންދިޔަ. އެންޖީއޯއެއް ވީމަ ޕްރައިވެޓް ތަނަކާ އަޅާބަލާއިރު އަދާކުރަންޖެހޭ ރޯލުބޮޑު. މިތާ މަސައްކަތްކުރާއިރު. "

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް: އަމާނީ | ވޯޑްރޯބް: ޗެޕްސް

އެމްއެމްޕީއާރްސީން އަސޫ ގެންގޮސް ފަތުރުވެރިކަމުގެ ދުނިޔެއަށް ތައާރަފްކޮށް ދިން ނަމަވެސް އަސޫގެ ހިތް އޭގެ މާކުރިން ވެސް އޮތީ އެ ދާއިރާއަށް ހުސްވެފަ އެވެ. ސްކޫލްގައި، އުފަން ރަށް ފުވައްމުލަކުގައި އުޅުނުއިރު ވެސް އޭނާގެ ބޭބެމެން އެ ދާއިރާގައި މަސައްކަތްކޮށް އެވާހަކަތައް އަޑުއިވޭތީ އަސޫގެ ޝައުގުވެރިކަން އެ ދިމާލަށް ދަމައިގަތީ އެވެ. އަނބުރާ އެހެން ދިމާލަކަށް ޝައުގުވެރިކަން ނުގެންދެވޭނެ މިންވަރަކަށެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް: އަމާނީ | ވޯޑްރޯބް: ޗެޕްސް

"އަސްލު އެންޖީއޯއެއްގައި އުޅުން ފަސޭހައެއް ނޫން. ވަރަށް ބިޒީ. އެކަމަކު އައިމް ވެރީ ޕެޝަނޭޓް އެންޑް ކޮމިޓެޓެޑް ޓުވާޑްސް ވަޓް އައިއެމް ޑުއިން. އެހެންވެ އަސޫއަށް މިތާ މިއުޅެވެނީ. ފުރަތަމަ ވަދެގެން 2،3 މަންތްސްގައި ވަރަށް ފޫހިވި. ނުހުރޭ ކުރާނެ ކަމެއް. ފަހުން އެ އޮޕޮޗުނިޓީސްތަކާއި އެއްޗެހި ފެންނަން ފެށީމަ އަމިއްލައަށް އޮޕޮޗުނިޓީސް ކްރިއޭޓްކޮށްގެން މީހުންނަށް ފައިދާވާނެ އިންޑަސްޓްރީއަށް ވެސް ފައިދާވާނެ ކަންތައްތައް ކުރަން އަސޫއަށް ވިސްނެންފެށީ. މިހާރު ހުންނަނީ ކަންތައްތައް ގިނަވެގެން މީހާއަށް ނުކުރެވޭ ހިސާބަށް ގޮސްފައި. އެހާވެސް ކަންތައްތައް ގިނަ މިހާރު،" ދުވާލާއި ރޭގަނޑުގެ ބޮޑުބައެއް މަސައްކަތުގައި ހޭދަވާގޮތް ކިޔައިދެމުން އަސޫ ބުންޏެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް: އަމާނީ | ވޯޑްރޯބް: ޗެޕްސް

"އަމިއްލަ ކަންތައްތަކަށް އޮނެސްޓްލީ ބުނަންޏާ ވަރަށް ނުލިބޭ ވަގުތު. މިހާރު އަސޫގެ ރައްޓެހިން ވެސް ތިބޭނީ އިންޑަސްޓްރީގައި. ފެއާތަކަށް ވެސް ދަތުރުކުރާއިރު އެމީހުންނާ ދިމާވާނެ އެމީހުންނާ އެކީގައި ހޭންގްއައުޓް ކުރެވޭނެ. މިކަހަލަ ކޮންމެ ދިމާލަކަށް ދިޔަޔަސް ރައްޓެހިން ފެނޭ. ބިކޯޒް ދޭ އޯލް ކަމް ޓު ޓޫރިޒަމް އިންޑަސްޓްރީ. ދެން ފެމެލީއާ އެކު ސްޕެންޑްކުރަން ވަރަށް ޓައިމް ނުލިބޭ."

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް: އަމާނީ | ވޯޑްރޯބް: ޗެޕްސް

ޓޫރިޒަމަށް މިހާ ޝައުގުވެރިކަން ހުރި ނަމަވެސް ރިސޯޓަކަށް ގޮސް އެތަނުގައި ހުރެގެން މަސައްކަތް ކުރާކަށް އަސޫގެ ޝައުގުވެރިކަމެއް ނެތެވެ. އެ މާހައުލު އަސޫއަށް ކަމުދަނީ ހަމަޖެހިލައި ޗުއްޓީއެއް ހަދާލާށެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް: އަމާނީ | ވޯޑްރޯބް: ޗެޕްސް

"ތަންކޮޅެއް ކުރިން ޓްރައިކުރިން ރިސޯޓެއްގައި ވޯކްކުރަން. އެހެން ނަމަވެސް އަސޫއަށް ކަމަކުނުދިޔަ. މާ ޕީސްފުލް އީ. މަސައްކަތްކުރަންޏާ އިންޓަރެކްޝަން އިންނަންޖެހޭ. ޑެސްކް ޖޮބެއް އެހާ ކަމަކުނުދޭ."

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް: އަމާނީ | ވޯޑްރޯބް: ޗެޕްސް

މަޓާޓޯގައި އަމިއްލައަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހުމުގެ ސަބަބުން މާކެޓިން، ފައިނޭންސް، އެކައުންޓިން އަދި ޕްރެޒެންޓިން ވެސް ވީ އަސޫ ފަރިތަ ކަންކަމަށެވެ. މަޓާޓޯގެ އެވޯޑް އެޑިޝަން އެއް ހުށަހަޅައިދިން ފަހުން ޕްރެޒެންޓްކުރަން ގިނަ ފުރުސަތުތަކެއް ވެސް އަސޫއަށް ލިބުނެވެ. އެހެން ނަމަވެސް އެންމެ އެކަށީގެންވާ ވަގުތު ދީގެން އެކަން ނުކުރެވޭނެތީ ކުރަން ބޭނުންނުވީ ކަމަށް އަސޫ ބުންޏެވެ.

ފެޝަން

Popular