17 Sep 2018

ޒަކިއްޓެއަށް ސަޅި ގޮތް

ޒަކިއްޓެ ލަވަކިޔަމުން ގޮސް ފިލްމު ވެސް ކުޅެން ވެސް ފެށީ އެވެ. އެކަމަކު މި މަޖާ ހުނަރުވެރިޔާ މިފަހަރު ކިޔައިދޭނީ ކަމުދާ ސްޓައިލްގެ ވާހަކަ އެވެ.

ޒަކިއްޓެ ލަވަކިޔަމުން ގޮސް ފިލްމު ވެސް ކުޅެން ވެސް ފެށީ އެވެ. އެކަމަކު މި މަޖާ ހުނަރުވެރިޔާ މިފަހަރު ކިޔައިދޭނީ ކަމުދާ ސްޓައިލްގެ ވާހަކަ އެވެ.

By: Aishath Maaha

ހަސަން އިރުފާން (ޒަކިއްޓެ)ގެ ލަވަކިޔުމުގެ ހުނަރާއި މީހުން ހެއްވާލުމުގައި އޭނާގެ ކުޅަދާނަ ވާހަކަ އެންމެނަށް ވެސް އެނގެ އެވެ. މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަނުން ތައާރަފްވެގެން އައިސް މިހާރު ފިލްމީ ދާއިރާއަށް ވެސް ޒަކިއްޓެ ވަނީ ނުކުމެފަ އެވެ. އަންނަ ޑިސެމްބަރު މަހު ޒަކިއްޓެގެ ފިލްމެއް ފެންނާނެ އެވެ.

ނަމަވެސް އެވާހަކަތައް ބާއްވާފައި ޒަކިއްޓެ މި ކިޔައިދެނީ އޭނައަށް އެންމެ ކަމުދާ ސްޓައިލްގެ ވާހަކަ އެވެ.

ޒަކިއްޓެ މިހާރު ތިއުޅެނީ ރިލޭޝަންޝިޕެއްގައިތަ؟

"ރިލޭޝަންޝިޕެއްގައި މިއުޅެނީ. ވަރަށް ރީތިވި ކުއްޖެއް އެއީ،"

ވަޅިރީތީ ތޫނިއްޔާއޭ އަނބި ރީތީ ހެވިއްޔާއޭ ބުނާ މުސްކުޅި ބަހާ އެއްބަސްވެވޭތަ ނުވަތަ އަނބި ވެސް ރީތީ ތޫނުވިވަރަކަށްތަ؟

"އާނ. ވަރަށް ބޮޑަށް އެއްބަސްވާ ވާހަކައެއް އެއީ."

ފުރަތަމަ ނަޒަރުން ރީތިވި އަންހެން ކުއްޖެއްގެ ވާހަކަ ކިޔައިދީބަލަ.

"ޒަކިއްޓެ ބެސްޓްފްރެންޑާއެކީގައި އޭނަގެ ރައްޓެއްސެއްގެ ގެއަށް ދިޔައިރު އެ އަންހެން ކުއްޖާ އިނީ މޭޒުމަތީގައި އިށީނދެލައިގެން. ހަމަ ވަރަށް ރީތި ކުއްޖެއް. ދެން އެ ދުވަހު އެކުއްޖާއަކާ ވާހަކައެއް ނުދައްކަން."

އަންހެން ކުއްޖަކަށް ހިތްކިޔާއިރު ރީތިކަމަށް ދޭނީ ކިތައް ޕަސެންޓްތަ؟

"ގާތްގަނޑަކަށް 50 ޕަސަންޓު އެއީ. ރީތިކަމުގައި 50 ޕަސަންޓު. އަނެއް 50 ޕަސަންޓު އެއީ އެތެރޭގެ ރީތިކަން."

ބޮލުގައި ކޮން ކުލައެއް ޖެއްސީމަތަ އެންމެ ކަމުދަނީ އަންހެން ކުދިން؟

"ރަތް ކުލައިގެ ޝޭޑެއް ވަރަށް ރީތި. ދެން ނޫކުލަ ވެސް."

ދިވެހި އިންސްޓަގްރާމް މޮޑެލުންގެ ތެރެއިން އެންމެ ހޮޓީ ކާކުތަ؟

"ހަނާން. ހަނާންއާ ދިމާވި އެއް ފަހަރު. ޕާސަނަލިޓީ ވެސް ވަރަށް ސަޅި. ވަރަށް ޑައުންޓުއާތު."

ކުޑައިރުގެ އެންމެ ބޮޑު ސެލެބްރިޓީ ކްރަޝް އަކީ ކޮބައިތަ؟

"އަދިވެސް އެންމެބޮޑު ސެލެބްރިޓީ ކްރަޝްއަކީ ރާފިޔަތު ރަމީޒާ. އެވަރެއް ނާންނާނެ."

އަންހެން ކުއްޖާ ރަނގަޅީ އަނގަގަދަވި ވަރެއްތަ؟

"ކޮންމެސް ވަރަކަށް އަނގަގަދަ ވާން ޖެހޭނެ. ސައިލެންޓު ވިޔަސް ހަމަ ވަރަށް ހިތްހަމަ ޖެހޭ. ސައިލެންޓުވީމަ ޖެހޭނެ ވަރަށް ސައިލެންޓުވާން. އަނގަގަދަ ވެއްޖެޔާ އަނގަގަދަވާން."

ބިޓަށް ހަދިޔާދީ ސަޕްރައިޒްދީ ވަރަށް ބޮޑަށް ސްޕެންޑްކުރަންތަ؟

"ދެޓް ޑިޕެންޑްސް އަސްލު. ސްޕެންޑްކުރަން ހަމަ އަތުގައި ހުރިއްޔާ."

ރިޗް ލަގްޒޫރިއަސް ލައިފްސްޓައިލްއެއްގައި އުޅޭ އަންހެން ކުދިންނަށް ހިތްކިޔާތަ؟

"ކުއްޖާ ރީތިއްޔާ އެންޑް ޒަކިއްޓެ ސިންގަލް ވިއްޔާ ހިތްކިޔާފާނެ ވަކި ރިޗް ލަގްޒޫރިއަސް ވީމައެއް ނޫން."

ބިޓަކަށް އުޅޭ އަންހެން ކުއްޖާގެ ފިރިހެން ބެސްޓް ފްރެންޑުން ތިބުމަކީ ކަޑަކަމެއްތަ؟

"އެއީ އޭނަގެ އަމިއްލަ ކަމެއް. ޒަކިއްޓެގެ ވެސް ހުންނަނީ އަންހެން ބެސްޓްފްރެންޑެއް. އޭނަ ދުވަހަކު ވެސް ނުބެހޭނެ އެކަމަކާއެއް. އެއީ ކަޑަކަމެއް ނޫން. އޭތި ކަޑަވާނީ ބައުންޑަރީ ކްރޮސްކުރާ ހިސާބުން."

Popular