16 Oct 2018

ޔާސީން: ބުޅާތަކުގެ އެންމެ ގާތް އެކުވެރިޔާ

ޔާސީން: ބުޅާތަކުގެ އެންމެ ގާތް އެކުވެރިޔާ

By: Aishath Maaha

އޮޅުކޮށްގެން ގޭގައި ބުޅާ ގެންގުޅުމަކީ މާކުރިން ފެށިގެން ވެސް ދިވެހިންގެ މެދުގައި ވެސް އޮންނަ ކަމެކެވެ. ބޮޑެތި މީހުންނާއި ކުޑަކުދިން ވެސް ޝައުގުވެރިވާ ކަމެކެވެ. އެ އެންމެންގެ ވެސް ހާއްސަ ކަމަކީ އޭތި ދެކެ އެ ވާ ލޯތްބެވެ. އަމިއްލަ ދަރިއެއް ފަދައިން ގެންގުޅޭތީ އެވެ.

ރާއްޖޭގައި ބުޅޭ ގެންގުޅޭ އެ ކޮމިއުނިޓީގައި އެތައް ހާސް މެންބަރުން ތިބިއިރު އެއިން ވެސް އެންމެ ހާއްސަ އެއް ނަމަކީ ޔާސީން އެވެ. ބުޅާ ގެންގުޅޭ އެހެން ގިނަ މީހުންނަށްވުރެ ޔާސީންގެ ވާހަކަ ތަފާތުވާތީ އެވެ.

ބުޅާ ގެންގުޅެން ބޭނުންވެ އެ ޝައުގުވެރިކަން އެހެން ގިނަ މީހުންނެކޭ އެއްގޮތަށް ވެސް ޔާސީންގެ ހިތު ތެރެއަށް ވެސް ވަދެފައިވަނީ އިއްޔެ މެންދުރެއް ނޫނެވެ. އެއަށްވުރެ މާކުރިން، ވަރަށް ހަގު އުމުރެއްގަ އެވެ. މައިންބަފައިން ގަބޫލުނުވުމުގެ ސަބަބުން ބުޅަލެއް ނުގެންގުޅުނު ނަމަވެސް ޒުވާން އުމުރަށް އެޅުނުއިރު ބުޅަލާ ބެހޭގޮތުން ގިނަ މައުލޫމާތު ވަނީ ޔާސީންގެ ސިކުނޑީގައި ރައްކާކޮށްފަ އެވެ.

އެހެންކަމުން މައިންބަފައިންނާ ވަކިން އަމިއްލައަށް ދިރިއުޅެން ފެށި ހިސާބުން އެންމެ ފުރަތަމަ ވެސް ޔާސީން ކުރި ކަމަކީ ބުޅަލެއް ގެންގުޅުމެވެ. ނަމަވެސް އެ ބުޅަލާ ވަކިވާން ޖެހުނީ އެވެ. ނަމަވެސް ޔާސީން އަނެއްކާ ވެސް ބުޅަލެއް ގެންގުޅެން ހުރީ ބޭނުންވެފަ އެވެ.

"ފަހުން ފޭސްބުކްގަ އައި ސޯ އަ ޕޯސްޓް. ޕޯސްޓްގެ ކުރިން ވެސް ފްރެންޑެއް ކެޓް އެއް އެޑޮޕްޓްކުރަންވެގެން އުޅުން އިރުގަ ޝީ ބޯޓް އިޓް ދޯ އަސްލު. ގަނެފަ ރަށަށް ނުގެންގޮސް އިން ދުވަސް ކޮޅު އައި ޓޫކް ކެއާ އޮފް އިޓް އޭތި އޭނަ އަށްވުރެ ބޮޑަށް ޔާސިން އަށް އެޓޭޗް ވެސް ވީ."

ޔާސީންގެ ބުޅަލެއް. --

ޔާސީންގެ ވާހަކަ އެންމެ ހާއްސަވާ ހިސާބަކީ މިއީ އެވެ. ގޭ ދޮރުމަތިން ފެނުނު ކުޑަކުޑަ ބުޅަލެއް ގެއަށް ގެންގޮސް ވަރަށް ވެސް ލޯބިން ބޮޑުކޮށް، އެޑޮޕްޝަނަށް ދޫކޮށްލީ އެވެ. އޭގެ ފަހުން މިއަދާ ހަމައަށް އެހީ ބޭނުންވެފައި މަގުމަތީގައި ތިބި އެތައް ބުޅަލެއް ގެންގޮސް އެއަށް ބޭނުންވާ ފަރުވާއެއް ހުރެއްޖެ ނަމަ ކޮށްދީފަ އެޑޮޕްޝަނަށް ދޫކޮށްލައިފި އެވެ. އެ އެއްޗެހި ވިއްކުމަކީ އޭނާ އެންމެ ދެކޮޅު އެއް ކަންތަކެވެ.

"ހުރިހާ އެއްޗެއްވެސް އެޑޮޕްޝަނަށް ދެނީ. ދުވަހަކުވެސް ނުހުންނާނެ ވިއްކާފައެއް. އިޓްސް ބިކޯޒް ވީ ޑޯންޓް އޯން ދެމް. ދޭ އާ ޕާޓް އޮފް ފެމިލީ. ހަމަ އޯން ކިޑް އެއްގޮތަށް ދެކެނީ. ވީ ޑޫނޮޓް ސެލް އަވަ ފެމިލީ މެމްބާސް. ހަމަ އެ އުސޫލުން ވީ ޑޯންޓް ސެލް އަވާ ކެޓްސް."

ފަންޑު ހޯދައިގެން، މަގުމަތީގައި އުޅުނު އެތައް ބުޅަލަކަށް ކާން ދިނެވެ. ހުޅުމާލެ އަދި ވިލިނގިލީގެ މަގުމަތީގައި އުޅުނު އެތައް ބުޅަލަކަށް އޭނާ ކާން ދިނެވެ.

"ފޭސްބުކްގަ އިންނާނެ ކެޓަލިކްސީނޯ. ކެޓަލިކްސް ޕޭޖްގަ ޖެރެނާ ޖޯންސް ނަމަކަށް ކިޔާ ކުއްޖަކު އިންނަނީ ޖަހާފަ ވީކެން ވޯކް އޮން އަ ޕްލޭސް ވެއާ ވީކޭން ސޭވް ކެޓްސް. ޝީ ޑިޑްންޓް ޑޫ އެނީތިންގް. ހަމަ އެކަނި އެގޮތަށް ޕޯސްޓެއް ކޮށްފަ އިނީ. މައި ފްރެންޑްސް އެންޑް ފެމިލީ ނޯ އައި ލައިކް ކެޓްސްކަން. ސޯ އެންމެން ސްޓާޓެޑް ޓެގިން މީ އޮން ދެޓް. ސޯ އައި ތޯޓް އެންމެން މިހާވަރުން ޓެގް ކުރަންޏާ އައި ވިލް ޑޫ ސަމްތިންގް އޭ."

އެހާ ހިސާބުން ފޭސްބުކްގައި ޕޯސްޓެއް ކޮށްލާފަ ޔާސީންއާ އެކު މަސައްކަތްކުރަން ބޭނުންވާ މީހުން ހޯދައިގެން ވައިބާ ގްރޫޕެއް ހަދައި އެ އެންމެންގެ ހިޔާލާ އެއްގޮތަށް މަސައްކަތް ފެށީ އެވެ. ނަމަވެސް ބޭނުންވި ވަރަށް ތާއީދު ނުލިބުމުން އެކަން ހުއްޓުނީ އެވެ.

ޔާސީން އޭނާގެ ބުޅަލާއެކު. --

އެހާ ހިސާބުން އެމްސީއާރް ނަމަކަށް ކިޔާ ފޭސްބުކް ޕޭޖެއް ހަދައިގެން ބުޅަލާ ބެހޭ މައުލޫމާތުތައް ހިމަނަން ފެށީ އެވެ. ގޭގައި ވެސް ދެވިދާނެ ބައެއް ފަރުވާތަކާއި އެހެން ގިނަ މައުލޫމާތުތައް އޭގައި ހިމެނުމުން އެންމެންގެ "ވެޓަކަށް" ޔާސީން ވީ އެވެ. މައުލޫމާތެއް ބޭނުންވެއްޖެ ކޮންމެ ފަހަރަކު ޔާސީން ވީ އެމީހުންގެ އެންމެ ގާތް އެކުވެރިޔާ އަށެވެ.

"އޭގެ ފަހުން ގުޅަން ވެސް ގުޅާ މީހުން ހެލްޕް ބޭނުންވެގެން. މިސާލަކަށް ކެޓް އަކަށް ގޮތެއްވެއްޖެއްޔާ ކިހިނެއްތޯ ހަދަން ވީ. އިންޓްރެސްޓް ހުންނާތީ އައި ހޭވް ލާންޓް އިޓް ކުރީ ބައިގަ ވެސް. ސޯ، މީހުންނަށް އެޑްވައިޒް ދީ އެކަހަލަ ކަންކަން ވެސް ކޮށްފަ ދޯ ހުންނާނީ. މިސާލަކަށް އޭއްޗަކަށް އިންޖަރީއެއް ވެއްޖެއްޔާ ކިހިނެއްތޯ ހަދާނީ. އެމީހުންގެ ހޯމޯނަލް ޗޭންޖެއް އައިއްސިއްޔާ ވަޓް ޑޫ ދޭ ޑޫ. އެ މީހުންގެ ބިހޭވިއަރަލް ޗޭންޖްތައް ވެސް އަނެންހެން އެކްސްޕްލެއިން ކޮށްދޭން އިނގޭނެދޯ ކޮންމެވެސް ވަރަކަށް."

މަގުމަތީގައި އުޅޭ ބުޅާތަކަށް ބޭނުންވާ ފަރުވާ އާއި ކާނާ ހޯދައިދޭން ޔާސީނަށް އެ ދުވަސްވަރު ފަންޑު ވެސް ލިބުނެވެ. އެކަން ވެސް ކާމިޔާބުކަމާ އެކު އޭނާ ކުރިއަށް ގެންދިޔަ އެވެ. އެހީއަށް ބޭނުންވެފަ ހުރި އެތައް ބުޅަލެއް ގެއަށް ގެންގޮސްގެން ގެންގުޅުމުގެ ތެރޭގައި ޔާސީނަށް ވެސް އޭގެ ނުރައްކަލާ ކުރިމަތިވި އެވެ. އޮޕަރޭޝަނެއްކޮށް އެތައް ދުވަހެއް ވާންދެން ހޮސްޕިޓަލުގައި ވެސް އޮންނަން ޖެހުނެވެ. ނަމަވެސް އެކަމަށް އޭނާގެ ހިތުގައި އޮތް ލޯތްބެއް ނުފޮހެވުނެވެ. މިހާރު ވެސް އުރީދޫގައި ވަޒީފާ އަދާކުރަމުން، އަމިއްލަ ޕެޓް ޝޮޕެއް ހިންގަމުން، އަމިއްލަ ގްރެފިކްސް އެހެނިހެން މަސައްކަތް ކުރަމުން ތިން ބުޅާ ގޭގައި ގެންގުޅެ އެވެ.

އެހީތެރިކަމަށް ބޭނުންވެފަ ތިބި އެތައް ބުޅަލެއް ގެންގުޅުނުއިރު ޔާސީނަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކަށް ވީ އެއް ދުވަސްވަރެއްގައި ފެތުރުނު ނުރައްކާތެރި ޕެރެސައިޓެކެވެ. އޭތި ބުޅަލުގެ ތެރެއަށް ވަންނަތާ ގާތްގަނޑަކަށް ތިން ދުވަސްތެރޭ ބުޅާ މަރުވެ އެވެ. އެންމެ ފުރަތަމަ މާބޮޑު މައުލޫމާތެއް ނެތުމުން އެތައް ބުޅަލެއް އެކަމުގައި މަރުވި އެވެ. ނަމަވެސް އެ ބައްޔާ ބެހޭ މައުލޫމާތު ހޯދައި އެތައް ބުޅެއް ސަލާމަތް ވެސް ކުރި އެވެ. އޭރު މާލޭގައި މަސައްކަތްކުރި ވެޓަކާ ބައްދަލުކޮށް އެތައް މައުލޫމާތެއް ވެސް އަމިއްލައަށް ޔާސީން ހޯދި އެވެ.

"އޭރު ކެޓަށް ކަމެއް ވެއްޖެޔާ ފޯމެއް ނަގާފަ ޓޫ ޑޭސް ވަރުވޭ. ވެޓް އަންނަ އިރު ކެޓަށް ވާނެ އެއްޗެއް ވެފަ އޮންނަނީ. ދެޓް ވޮޒްންޓް ރިލައިއޭބަލް،"

އެހެންވެ އޭނާ ފިޝަރީޒް މިނިސްޓްރީ އަށް ގޮސް ޑޮކްޓަރާ ބައްދަލުކުރީ އެވެ. ޖަވާބަކަށް ވީ ރެޖިސްޓާޑް ވެޓަކަށް ނުވާތީ ކުރެވޭނެ ކަމެއް ނެތް ކަމެވެ. އެކަމަކު ވެސް އަމިއްލަ ގޮތުން އެހީތެރިވާން ފެށި އެވެ.

"އޭޒް އަ ފްރެންޑް ޝީ ސްޓާޓެޑް މީޓިން މީ އެންޑް ގޭވް އެޑްވައިޒް. ސޯވޯޒް އޭބަލްޓު ސޭވް ސަމް އޮފް ދަ ކެޓްސް."

ޔާސީން ބުނީ ބުޅާ ގެންގުޅުމަކީ ހަމަ ކުދި ދަރިންތަކެއް ގެންގުޅުން ކަހަލަ ކަމެއް ކަމަށެވެ.

"ނިދާނީ ވެސް ކައިރީގަ. އެހެން އޮންނަ އިރު ހުރިހާ އެއްޗެއް އޮންނާނީ ކައިރީގަ. ކާގަޑީގަ ކައިރީގަ ހުންނާނީ ކާންވެސް. ބެސިކަލީ އެއްރޫމެއްގަ އުޅެނީ ވެސް. ހަމަ ވަކިން ކައްކާފަ ކާން ވެސް ދެނީ. މިސާލަކަށް ޕެކެޓް ފޫޑް އާއި ހޯމް މޭޑް ފުޑް އެއްތާކު ބަހައްޓައިފިއްޔާ ދޭ ޕްރިފަ ހޯމްމޭޑް ވަންސް. ވީ ވިލް ބީ މޭކިން ޗިކަން އެއްޗެހި ބޭނުންކޮށްގެން. ލޮނުކޮޅެއް އަޅާފަ ކައްކާލަ ދިނީމަ ދޭ ވިލް އީޓް ހަމަ އުފަލުން. އެންޑް އިޓް ވިލް މޭކް ދެމް ހެލްތިއާ. ފަލަ ވާނެ، ބިޔަ ވާނެ. ވަރުގަދަވާނެ."

އެހެން ނަމަވެސް ބުޅާ ގެންގުޅޭ ހުރިހާ އެންމެނަކީ ކިތަންމެ ލޯބިވިޔަސް ފަހަރުގައި ދިރިއުޅުމުގެ ކަންތައް ހުންނަ ގޮތުން ބުޅަލަށް އެހާ ވަގުތު ދެވޭނެ މީހުންނެއް ނޫނެވެ. އެހެންވެ އިތުރު ބައެއް ރައްޓެހިންނާއެކު ޔާސީން ޕާޓްނަޝިޕެއް ރަޖިސްޓްރީކޮށް ބުޅަލަށް ބޭނުންވާ ބައެއް ސަޕްލިމެންޓާއި ކާނާ ގެނެސްގެން ވަނީ ވިއްކަން ފަށައިފަ އެވެ. ކުރިން ގެންގުޅުނު ބުޅަލަށް ކީ ނަން "ސިލްވީ"ގެ ދަށުންނެވެ.

ޔާސީންގެ ބުޅަލެއް. --

އެ ވިޔަފާރި ކުރިއަށް ގެންދިޔަ ނަމަވެސް ބުޅަލަށް ހޯމް ރެމެޑީސް އަދި އެޑްވައިސްތައް ދޫކޮށްލަނީ މުޅިން ހިލެ އެވެ. އަލަށް ބުޅާ ގެންގުޅެން ފަށާ މީހުން ވެސް އެހީއަކަށް އެދިއްޖެ ނަމަ އެ ގެއަކަށް ގޮސްގެން ވެސް އެހީތެރިވެ އެވެ.

"އަލަށް ކެޓް ގެންގުޅޭ މީހުން ވެސް، ދޭ ވުޑް ކޯލް މީ އެންޑް އާސްކް މީ ކިހިނެއްހޭ ބާތު ކުރަނީ ވެސް ސޯ ގޭގެއަށް ގޮސް ހުންނާނެ ބާތު ކޮށްދީފަ ވެސް. ނިޔަފަތި ކަނޑައިދީ އެކަހަލަ ގްރޫމިން ކަންތައް ކޮށްދީފަ ވެސް."

ޔާސީންމެންގެ މިހާރުގެ އަމާޒަކީ ބުޅަލާ ބެހޭގޮތުން މީހުން ހޭލުންތެރިކުރުވާ މީހުން ދެކޭ ގޮތް ބަދަލުކުރަން އެންޖީއޯ އެއް ހެދުމެވެ. އެ މަސައްކަތް ވެސް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް އެބަ ގެންދެ އެވެ. އޭގެ އިތުރުން އަމިއްލަ ކުންފުނީގެ ދަށުން ބުޅަލާ ބެހޭ ކުރު ވީޑިއޯތައް ހަދަން ވެސް އަންނަނީ ވިސްނަމުންނެވެ. އަދި ވެޓެއް ގެނައުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

"ވެޓެއް ގެންނަން ވެގެން މިހާރު ވާހަކަ ދެކެވެމުން މިދަނީ. މި ޓީމާ ގުޅިގެން އެކަން ވޭތޯ ބަލަމުން މިދަނީ. ސާޖަރީޒް ހަދަން އެބަޖެހޭ. އެކަމަކު ވެޓަކަށްތާ އޮޕަރޭޓް ކުރެވޭނީ،" އޭނާ ކިޔައިދިނެވެ.

އެހެންވެ އަމިއްލައަށް ވެޓަކަށް ވުމުގެ ޝައުގުވެރިކަން ވެސް ޔާސީންގެ އެބަހުއްޓެވެ. ނަމަވެސް އޭރުން ޔާސީން މިހާރު އަދާކުރާ ރޯލު އަދާކުރާނެ އެހެން މީހަކު ނެތެވެ. އަދި ވެޓަކަށް ވާން އެތައް އަހަރެއް ވެސް ހޭދަވާނެ އެވެ. އެހެންވެ ޔާސީންގެ ވިސްނުން ހުރީ މިހާރު އެ ރޮނގުން ކިޔަވަމުންދާ ކުދިން ކިޔަވާ ނިމުމުން އެ ކުދިންނާ ގުޅިގެން މަސައްކަތް ކުރާށެވެ.

ޕެޓް

Popular