7 Dec 2018

ޔާސްމީން: މޭކަޕާއި ރާޅުގެ ތެރެއިން ޖިމަށް

ޔާސްމީން: މޭކަޕާއި ރާޅުގެ ތެރެއިން ޖިމަށް

By: Aishath Maahaa

ކަސްރަތާއި ކުޅިވަރާއި ފިޓްނަސްގެ ތެރެއަށް އެންމެ ގިނަ މީހުން ގެންގޮސް އެއްލައިލަނީ ޅައިރުން ފެށިގެން މާބޮޑަށް ފަލަ ނުވަތަ ހުންނަން ޖެހޭ ވަރަށް ވުރެ ހިކިވެއްޖެ ނަމަ އެވެ. ނުވަތަ ބޮޑުވަމުން އަންނަ އާއިިލާގެ ތެރޭގައި ފިޓްނަސްގެ ފޯރި ގަދަ ނަމަ އެވެ. ސ. މަރަދޫފޭދޫއަށް އުފަން އާމިނަތު ޔާސްމިން އޮސްމަންއަގިކް، 17، އަށް ވީވެސް އެކަހަލަ ގޮތެކެވެ.

ފުރާވަރަށް އަރައިގެން އައިއިރު އޭނާ މާބޮޑަށް ފަލަވީ އެވެ. ފަލައޭ ކިޔާ ސްކޫލްތެރޭގައި އޭނައަށް ބުލީކުރީ އެވެ. ކިޔަވަމުންދިޔަ ސްކޫލް ބަދަލު ކުރަން ވެސް ޖެހުނީ އެވެ.

އޭގެ އިތުރުން އައްޑޫގައި އެންމެ ފުރަތަމަ ފަހަރަށް އަންހެނުން ޖިމަށް ދާން ފެށިއިރު އޭގެ ތެރޭގައި ޔާސްމީންގެ މަންމަ ހިމެނުން ވީ ޖިމަށް ގޮސް ބަރުދަނަށް ބަދަލު ގެންނަން ލިބުނު ވަރަށް ބޮޑު ހިތްވަރަކަށެވެ. އުމުރުން 15 އަހަރުގައި ޖިމަށް ދާން ފަށައި ބަރުދަނަށް ބަދަލު ގެނެސް، ކުރަމުންދިޔަ މަސައްކަތުން ޔާސްމީންގެ ޓްރެއިނަރު، ޕާސަނަލް ޓްރެއިނަރަކަށް ބޭނުންވާނެ ހުރިހާ މައުލޫމާތެއް ޔާސްމީނަށް ފޯރުކޮށްދީ އެހެން މީހުން ޓްރެއިން ކުރަން ހިތްވަރު ދިނެވެ.

ޖިމްގައި ކުރި ކަސްރަތުތަކާއި ޔާސްމީން ނެގި ޑައިޓުން 10 ދުވަސްތެރޭ 10 ކިލޯ އޭނާގެ ބަރުދަނުން ލުއިކޮށްލި އެވެ.

"ޖިމަށް ދިޔައިރު އުޅުނު ޓްރެއިނަރު ހީ ވޯންޓެޑް ޓު ޓްރާންސްފޯމް މީ ހީ ސޯ ދެޓް އިން މީ މޭބީ. އޭރު ނެގިން ޑައިޓެއް އެކަމަކު އެއީ ވަރަށް އަން ހެލްތީ ޑައިޓެއް. އެއްވެސް މީހަކަށް ރިކޮމެންޑެއް ވެސް ނުކުރާނަން."

ބަރުދަން ބޭނުންވި ވަރަށް ލުއިވި ނަމަވެސް އޯ ލެވެލް އިމްތިހާން ފެށެންދެން ގަވާއިދުން ޔާސްމީން ޖިމަށް ގޮސް ކަސްރަތުތައް ކުރި އެވެ.

ސްކޫލްގައި އުޅެމުން ޕާސަނަލް ޓްރެއިނަރަކަށް ޔާސްމީން އެންމެ ފުރަތަމަ މަސައްކަތްކުރީ އައްޑޫ ޔޫތު ޖިމްގަ އެވެ. އޭގެފަހުން އަހަރެއްހާ ދުވަސް ވާންދެން ބީފިޓް ޖިމްގައި މަސައްކަތް ކުރުމަށްފަހު ފިޓް ފޯ ލައިފްގައި ވެސް އެއް މަސް ދުވަހު މަސައްކަތްކުރި އެވެ.

"އެންމެ ފުރަތަމަ ޖިމަށް ޖޮއިންކޮށްފަ ތްރީ މަންތްސް ފަހުން ޔާސްމީންގެ ޓްރެއިނާ އާއެއްކޮށް ވޯކް ކުރީ. އިޓް ވޯޒް ނޮޓް ޕެއިޑް އެންޑް ވޯކެއް ގޮތަކަށް ވެސް ނޫން. އެކަމަކު ޕާޓް ޓައިމަށް ގޮސް ހެލްޕްވިން އާފްޓާ ފިއު މަންތްސް ހީ އޯޕެންޑް ހިޒް އޯން ޖިމް އެންޑް އައި ވޯކްޑް ދެއާ އެގްޒާމް ފެށެންދެން."

"އައި ހޭވް ނޯ ސެޓިފިކެޓް. ބަޓް އައި ހޭވް ވޯކްޑް އޭޒް އަ ޓްރެއިނާ ބިކޯޒް އައި ސްޓިލް ރިމެމްބާ ވަޓް މައި ކޯޗް ސެއިޑް. ކޯޗު ބުނީ އޭނަ ބަލަނީ ސެޓްފިކެޓަކަށް ނޫނޭ ހީ އިޒް ލުކިން ފޯ ޕެޝަން." ބިޒްނަސް މެނޭޖްމަންޓުން މިހާރު އައްޑޫގައި ހުރެ ހަދަމުންދާ އެޑްވާންސް ކޯސް ނިންމުމަށްފަހު ޕާސަނަލް ޓްރެއިނިން ކޯސް ސެޓިފައި ވާނެ ކަމަށް ޔާސްމީން ބުންޏެވެ.

ޖިމާއި ކަސްރަތާއި މި ކަންތަކުގެ ތެރެއިން ފަށައިގެން ގޮސް ޔާސްމީންގެ ޝައުގުވެރިކަން ހުއްޓިފައިވާ އަނެއް ދާއިރާއަކީ ރާޅާ އެޅުމެވެ. ފަހަރުގައި އެއީ ބައްޕަގެ ފަރާތުން ލިބިފައިވާ ހުނަރަކާއި ޝައުގުވެރި ކަމަކަށް ވެދާނެ އެވެ. ރީތިކޮށް ރާޅުނަގާ ކޮންމެ ދުވަހަކީ ޔާސްމީން އޭނާގެ ސާފް ބޯޑު ހިފައިގެން ރާޅާ އަޅަން ދާ ދުވަހެކެވެ.

"ބައްޕަ އަކީ ބޮސްނިއާ މީހެއް. ބައްޕަ މިކޮޅަށް އައިސް އުޅެނީ އެކި ރިސޯޓްތަކުގައި. ބައްޕަގެ ފަރާތުން އައި އެއްޗެއް [އެއީ]. އެކަމަކު ބައްޕަ ރާޅާއެއް ނާޅާނެ. ވިންޑް ސާފިން އާއި ކަޓަމަރާން ރައިޑިން އާ އެއްޗެހި ދުއްވާތީ އައި އޯލްސޯ ވޯންޓެޑް ޓު ޓްރައި. ޔާސްމީން ވެސް ސްނޯކްލިން އަށް ވެސް ދަން."

"2015ގަ ފުރަތަމަ ރާޅާ އަޅަން ފެށީ. އެކަމަކު އިންސްޓްރަކްޓަރަކަށްވީ މިދިޔަ އަހަރު. ބައްޕަގެ އޮސްޓްރޭލިއާ ފްރެންޑެއް އައިސް ހުރިއިރު ކުޑަކޮށް ޕެޑެލްކޮށްލައިފަ ބޯޑްގައި ބެލެންސްކޮށްލަން އޭނަ ބޯޑް ދިނީ. އެފަހަރު ދަމުން އޭނަ ދިޔައީ އޭނަގެ ބޯޑުތަކެއް ދީފައި. ޓޫ މަންތްސް ފަހުން އައިއިރު ގެނެސްދިން ޔާސްމީން އަށް އަމިއްލަ ބޯޑެއް."

އޭގެ ފަހުން ރާޅު އެދުރުން ހިންގި ރާޅާ އަޅަން ދަސްކޮށްދޭ ޕްރޮގްރާމެއްގައި ބައިވެރިވެ އަދި އިންސްޓްރަކްޓަ ކޯސް ފުރިހަމަކޮށް އިންސްޓްރަކްޓަރަކަށްވީ އެވެ.

ޖިމަށް ގޮސް މީހުން ޓްރެއިންކޮށްދީ ރާޅާ އަޅަން މޫދަށް އެރި އުޅުނަސް ޔާސްމީން އަކީ އަބަދުވެސް މޭކަޕްކޮށްގެން ހުންނަ އަދި މޭކަޕް ކޮށްދޭ ކުއްޖެކެވެ. ޕާޓީތަކަށާއި ހާއްސަ ހަފްލާތަކަށް މީހުންނަށް މޭކަޕްކޮށްދެ އެވެ. އެހެން ނަމަވެސް އައްޑޫއިން އެކަށީގެންވާ ފުރުސަތުތަކެއް ނުލިބޭ ކަމަށް ޔާސްމީން ބުންޏެވެ.

Popular