13 Nov 2018

މޮޑެލްކުރަން ފާޒިލް ލަންޑަނަށް

ޔޫރަޕްގެ އެކި ގައުމުތަކުން 12 މޮޑެލްއަކާ އެކު ފާޒިލް މޮޑެލްކޮށް އޭގެ ތެރެއިން ބައެއް ފޮޓޯތައް މިހާރު ވަނީ ދައްކާލާފައި

ޔޫރަޕްގެ އެކި ގައުމުތަކުން 12 މޮޑެލްއަކާ އެކު ފާޒިލް މޮޑެލްކޮށް އޭގެ ތެރެއިން ބައެއް ފޮޓޯތައް މިހާރު ވަނީ ދައްކާލާފައި

By: Aishath Maaha

ދިވެހިން މޮޑެލްކުރުމާއި އިންސްޓަގްރާމުގެ ވާހަކަ ދައްކަންޏާ ފާޒިލް އިސްމާއީލްގެ ނަން އަންނާނެ އެވެ. އިންސްޓަގްރާމްގައި މިއަށްވުރެ އަޑުގަދަ މިއަށްވުރެ ގިނަ ފޮލޯވާސް ހޯދައިގެން އުޅޭ އެހެން ދިވެހި މޮޑެލް އެއް މަދުވާނެ އެވެ. މޮޑެލްކުރުމުގެ އެންމެ ކުރީގައި އުޅޭ ދިވެހިންގެ ތެރޭގައި ފާޒިލް ހިމެނޭނެ އެވެ. އެއީ ފިޓްނެސްގައި އަދި ސޯޝަލް މީޑިއާގައި އެންމެ މަޝްހޫރު އަދި އެންމެ މަގުބޫލު އެއް ސެލެބްރިޓީ އެވެ.

ނުވަދިހަ އެއް ހާސް ފޮލޯވަރުންނާއެކު އިންސްޓަގްރާމްގައި ފާޒިލް ރަސްކަން ކުރަމުން އަންނަ އިރު ރާއްޖޭން ބޭރުގެ މޮޑެލުންނާއެކު މޮޑެލް ކުރުމުގެ ފުރުސަތުތައް ވެސް އޭނާ އަންނަނީ ހޯދަމުންނެވެ. މި ފަހަރު ވެސް މިއުޅެނީ ބޭރުގެ މޮޑެލްއަކާ އެކު މޮޑެލް ކުރުމުގެ ފުރުސަތު ހޯދައިގެންނެވެ. އެންމެ މޮޑެލްއެއް ނޫނެވެ. ޔޫރަޕްގެ އެކި ގައުމުތަކުން 12 މޮޑެލުންނާއެކު ފޮޓޯ ޝޫޓުތަކެއް ޖެއްސި އެވެ.

އެ ޝޫޓުތަކުން ބައެއް ފޮޓޯތައް މިހާރު ފާޒިލް ވަނީ އިންސްޓަގްރާމަށް ލައިފަ އެވެ. އެއީ ލަންޑަނުގެ މޮޑެލް ޓްރިނިޓީ ވިލްސް އާ އެކު ނަގާފައިވާ ފޮޓޯތަކެކެވެ.

A post shared by F I T F A Z I L (@fitfazil) on

"އައިއެމްޖީ އިން ލިބުނު ފުރުސަތެއް އެއީ. އެ ޕްލެޓްފޯމްގައި ވޯކްކުރާ ކުދިންނާ އެކީގައި މޮޑެލްކުރީ. އަސްލު އެއީ ލަންޑަންގައި އޮތް ޝޫޓަކަށް ކޮލަބްރޭޓްކޮށް ވޯކްކޮށްލަން އެކޮޅަށް ގޮސް އެމީހުންނާއެކުގައި. ފާޒިލްގެ ޕްރޮފައިލް ފެނިފަ އެމީހުން ވެސް ބޭނުންވީ ފާޒިލްއާ އެކު ވޯކް ކޮށްލަން. ދެން ދިޔައީ. ގޮސްފަ ވަރަށް ބައިވަރު އެއްޗެހި ޖެއްސިން. ވަރަށް ބައިވަރު ސަޕްރައިޒް ވެސް ހުންނާނެ."

"އެންމެ ފުރަތަމަ އެކޮޅުގެ ފެޝަން މީޑިއާ ކޯޑިނޭޓަރުންތަކަކަށް ފެނިގެން އެމީހުން ޑީއެމް ކުރީ އެމީހުންގެ ޝޫޓަކަށް ކޮލަބޮރޭޓްކޮށްލަން އެމީހުންގެ މޮޑެލްއާ އެއްކޮށް. ރާއްޖޭގެ ފުރަތަމަ ކަންނޭނގެ އެއީ ބޭރު މޮޑެލް އާ އެކު އެކަހަލަ ޝޫޓެއް ކޮށްފަ އިން. ފާޒިލްގެ ޕާސަނަލް ފޮޓޯގްރާފަރު ވެސް ގޮވައިގެން."

އެ ދަތުރުގައި އެ ހުރިހާ މޮޑެލުންނާއެކު ފާޒިލްގެ ހުރިހާ ފޮޓޯއެއް ވެސް ނަގައިދިނީ ފާޒިލްގެ ޕާސަނަލް ފޮޓޯގްރާފަރު މުހައްމަދު އަލީ (އެލީޒް) އެވެ.

#fitfazil #portrait_ig #portrait_mood #portrait_page #portrait_perfection #portrait_planet #portrait_shot #portrait_shots #portrait_universe #portrait_vision #portraitphotography #portraitphotographyawards #portraitphotographys #portraits_ig #portraits_universe #portraitsession #portraitsfromtheworld #portraitshoot #portraitshot #portraitsmag #portraitsociety #portraitsociety #portraitsofficial #portraitsshots #portraitstream #portraitstudio #portraitstyles #portraitsvision #portraitsvisuals #portraiture #postthepeople

A post shared by F I T F A Z I L (@fitfazil) on

"ވަރަށް ސަޅި ވަރަށް ތަފާތު އެކްސްޕީރިއަންސެއް އެއީ. ވަރަށް ބައިވަރު އެއްޗެހި ދަސްވި."

ފާޒިލް ބުނީ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެ ޝޫޓުތަކުގެ ފޮޓޯތައް އިންސްޓަގްރާމް މެދުވެރިކޮށް ދައްކާލާނެ ކަމަށެވެ. އަދި މިހާތަނަށް ނުފެންނަ ތަފާތު ސްޓައިލްތަކުގެ ފޮޓޯތައް ފެންނާނެ ކަމަށް ބުންޏެވެ.

Popular