8 Mar 2019

ޝަރާ، ކުޑަކުޑަ ސްޓިކާއަކުން ބޮޑު މެސެޖެއް

By: Shamila Ibrahim

ކުރެހުމުގެ ހުނަރުވެރިން ގިނަ އެވެ. އޭގެ ތެރެއިން އެއްބަޔަކީ ކުދި ސްޓިކާގެ ގޮތުގައި މަންޒަރުތައް ސިފަކޮށްދޭ މީހުންނެވެ. އުމުރުން 25 އަހަރުގެ މަރިޔަމް ޝަރާ ހުސެއިން ނުވަތަ ފެޓްސޮރެން އަކީ ރާއްޖޭގައި މިކަމަށް ހާއްސަ ނަމެކެވެ.

ކުރެހުމުގެ ހުނަރުވެރިންތަކެއް އުފެދިފައިވާ އާއިލާއަކަށް ނިސްބަތްވާ ޝަރާ ކުޑައިރު ވެސް ވަނީ ކުރެހުމަށް ހާއްސަ ޝައުގުވެރިކަމެއް އުފެދިފަ އެވެ. ފޫހިފިލުވާލަން ވެސް، ހާސްވެލުމުން ބޯ ހަމަ ޖައްސާލުމަށް ވެސް ފަތިހެއް މެންދަމެއް ނެތި އޭނާ ކުރަމުން އައި މަސައްކަތަކީ މިއެވެ.

ކުޑައިރު ވެސް ޝަރާ ކާމިޔާބީތައް ފާހަގަކޮށްލެވެއެވެ. އެގޮތުން ރާއްޖެ ތަމްސީލްކުރާ އިންޓަނޭޝަނަލް ބައެއް މުބާރާތްތަކުގައި ވެސް ބައިވެރިވެ، އޭނާގެ ކުރެހުމުގެ ހުނަރުން އެފަދަ ބައެއް މުބާރާތްތަކުގެ އުމުރު ފުރައިގެ ބައިން ވެސް ފަޚުރުވެރި ބައެއް ވަނަތައް ހޯދާފައިވެއެވެ.

View this post on Instagram

#sketchdump

A post shared by Shara (@fettsoren) on

އެންމެ ފުރަތަމަ ފެންކުލައިން ފެށި މަސައްކަތް އޭގެފަހުން ޕޯޓްރެއިޓްސް އަށް ބަދަލުކޮށް، މިހާރު ފުޅާ ދާއިރާއެއްގައި އެކި ވައްތަރުގެ ސްޓިކާތައް ޝަރާ އަންނަނީ ތައްޔާރުކުރަމުންނެވެ. އެންމެ ހާއްސައީ ވެސް ތާނަ ފޮންޓު ބޭނުންކޮށްގެން މަޖާ ގޮތަކަށް އޭނާ ދޭން ބޭނުންވާ މެސެޖް އެ ސްޓިކާގެ ޒަރިއްޔާއިން ފޯރުކޮށްދޭތީ އެވެ.

ވަޒީފާ އަދާކުރަމުން ހޮބީއެއްގެ ގޮތުގައި ޝަރާ ސްޓިކާ ހަދަމުން އަންނައިރު، އޭނާގެ ބިޒީ ޝެޑިއުލާ އެކުގައި ވެސް އާޓަށް ނުހަނު ބޮޑު އިސްކަމެއް ދެ އެވެ.

"ދަ ފެޓްސޮރެން ޝޮޕް"ގެ ނަމުގައި އިންސްޓަގްރާމްގައި އެކައުންޓެއް ހަދައިގެން އޮންލައިންކޮށް ވެސް ޝަރާ ސްޓިކާ ވިއްކަ އެވެ.

View this post on Instagram

Commissioned sticker done @thefettsorenshop It's was a bit hard to not shade much cause I wanted it to look very block color-ish and I'm so used to shading. It was fun to draw for a really nice person and there's nothing better than having a cool customer. #illustration #allmight #bokunoheroacademia

A post shared by Shara (@fettsoren) on

ޝަރާ ބުނީ ރާއްޖޭގައި ސްޓިކާސް ފަދަ ކްރިއޭޓިވް އެއްޗެހި ހެދުމަކީ ކްރިއޭޓިވިޓީ އަށް ބަލައިފިއްޔާ، އެ ރޮނގުން ވަރަށް ގިނަ ޕޮސިބިލިޓީސް ހުރިކަން މީހުންނަށް އިހްސާސް ކުރެވޭނެ ކަމެއް ކަމަށެވެ.

ކިޔައިދީބަލަ ޝަރާގެ ސްޓައިލް އޭޒް އޭން އާޓިސްޓް؟

ޝަރާގެ ސްޓައިލަކީ ވައިބްރޭންޓް، ފަން އަދި ކުއެކީ އާޓް މީޓްސް ލޯކަލް. ކޮންމެވެސް ގޮތަކަށް އަބަދުވެސް މަޖާކޮށް ތާނަ އިންކޯޕްރޭޓް ކުރެވޭތޯ ބަލަން.

އާޓިސްޓަކަށް ވާން ނިންމި ހިސާބަކީ ކޮބާ؟

އާޓިސްޓަކަށް ވާން ބޭނުން އެންމެ ފުރަތަމަ ކުރަހަން ފެށި އިރު ވެސް. ހާއްސަކޮށް ފެމިލީއަކީ އާޓިސްޓިކް ބެކްރައުންޑެއްގެ ފެމިލީއަކަށް ވާތީ އަބަދުވެސް އިންސްޕަޔާ ވޭ އާޓިސްޓަކަށް ވާން.

ރާއްޖޭގައި އާޓިސްޓުންނަށް މި ދާއިރާއިން ފުރުސަތު އެބައޮތް ކަމަށް ގަބޫލު ކުރަންތަ؟ އަދި މިއީ ރިސްކީ ކަމެއްތަ؟

މިހާރު ރާއްޖޭގަ އެބައޮތް ވަރަށް ފުރުސަތު އާޓިސްޓުންނަށް. ކުރިއާ އަޅާ ބަލާއިރު އާޓިސްޓުންގެ މަސައްކަތްތައް އެކިއެކި ކޮމާޝަލް ދާއިރާތަކުން ވެސް ފެންނަމުން ދަނީ. މަސައްކަތް ކުރަން ކެރިގެން ކުރިއަށްދާން ނިންމާ ކޮންމެ މީހަކަށް މިއީ ބޮޑު ރިސްކެއް ނޫން.

View this post on Instagram

Commissioned work @thefettsorenshop Thanks Hajja for letting me draw this cool gal. Coolness definitely runs in those sisters 😁 #portraitdrawing #illustration #artistsoninstagram

A post shared by Shara (@fettsoren) on

މި ދާއިރާ ފަށައިގަތްއިރު ގެންގުޅުނު ސްޓައިލް ބަދަލުވެ އަމިއްލަ ސްޓައިލެއް އުފެދިގެން އައި ގޮތް ކިޔައިދީބަލަ؟

ކުޑައިރު ބޮޑަށް ޓްރައި ކުރީ ވޯޓާ ކަލާސް އެންޑް އެކްރެލިކްސް. އޭރު ސީރިއަސްކޮށް އެއްޗެއް ކުރަހާނަމަ ކުރެހޭނީ ސްޓިލް ލައިފް އެންޑް ޕޯޓްރެއިޓްސް. އެކަމަކު އަބަދުވެސް ކާޓޫން ކުރަހަން ޑޫޑްލްސް ގޮތަށް. ބޮޑުވެގެން އައިއިރު ބޮޑަށް ކާޓޫންސް އެންޑް އަމިއްލަ ކެރެކްޓާސް ކުރަހަމުން ގޮސް ލިބުނު ފޯނަކަށް އެޕްސް އަޅައިގެން ޑިޖިޓަލީ އާޓް ކުރަހަން ފެށި ހިސާބުން މިހާރުގެ ސްޓައިލް އައިސް މިހުރީ.

އާޓްވޯކެއްގައި މަސައްކަތްކުރާއިރު މުޅި އެ ކްރިއޭޓިވް ޕްރޮސެސް ކުރިއަށް ގެންދާގޮތް ކިޔައިދީބަލަ؟

އާންމުކޮށް އަމިއްލަ އެއްޗެއް ކުރަހަންޏާ ހަމަ އައިޑިއާ އެއް އަންނަ ހިސާބުން ފޯނުގަ ސްކެޗް ކޮށްލަނީ. ދެން ވަގުތު ލިބުނީމަ އޭތި ޕްރޮޑިއުސް ކުރަނީ. ކޮމިޝަން ވޯކްއެއް ނަމަ ކްލިއެންޓް ބޭނުންވާ ހުރިހާ އައިޑިއާއެއް އިންކޯޕަރޭޓް، އަދި އަމިއްލަ އަށް އެހެން އާޓިސްޓްސްގެ ސިމިލާ ވޯކް ބަލާ ޑްރާފްޓެއް ކްރިއޭޓް ކުރަނީ. ދެން ކްލިއެންޓް އޯކޭ ދިނީމަ ވޯކް ޕްރޮޑިއުސް ކުރަނީ.

ތިމަންނަ މިއަދު ކުރަހާނީ މިވެނި އެއްޗެކޭ، ދެން ކުރަހާނީ މިއޭ. އެގޮތަށް ނިންމަނީ ކިހިނެއް؟

އަމިއްލަ އައިޑިޔާސް ނަމަ އެ ދުވަހަކު ކުރަހާ ހިތްވާ އެއްޗެއް ކުރަހަނީ. ކްލަޔަންޓް ވޯކެއް ވެއްޖެއްޔާ ކޮންމެ ދުވަހަކު ވެސް ޓައިމް ސްޕެންޑް ކުރަން. ކޮމިޝަންސް ލިބުނު އޯޑަރަށް އެއްޗެހި ނިންމަނީ ކުރިން ލިބުނު އެތި ފުރަތަމަ އެގޮތަށް ފަހަރަކު އެއްޗެއް ލިސްޓެއް ހަދައިގެން ނިންމަނީ.

View this post on Instagram

Commission work @thefettsorenshop for one of the nicest customer I've had @amaanysaeed 😀 #illustration #iamoneinamillion #maldivesgirlguides #artistsoninstagram

A post shared by Shara (@fettsoren) on

ޝަރާ ތި ގެންގުޅޭ މީޑިއަމްއަށް ހިތް ޖެހުނު ގޮތާއި އެމީޑިއަމް އަކީ ތިމަންނަގެ ޓެލެންޓަށް އެންމެ ރަނގަޅު މީޑިއަމްކަން ދެނެގަނެވުނު ގޮތަކީ ކޮބާ؟

ޑިޖިޓަލީ ކުރަހަނީ ފޯނުން. ފޯނު ގެންގުޅެން ފަސޭހަ ވުމާ. ބޭނުން އިރަކު ކުރެހޭތީއާ، އިތުރު ރެފެރެންސް ނޫނީ އިންސްޕިރޭޝަން މެޓީރިއަލްސް ހޯދަން ފަސޭހަ ކަމުން ހިތް ޖެހުނީ. އަދި ބޭނުންވާ ގޮތަކަށް ބަދަލުތައް ގެންނަން ފަސޭހަ ވެފަ ފްލެކްސިބަލް ކަމުން ހިތް ޖެހުނީ.

ޓްރެޑިޝަނަލް ގޮތަށް، ނުވަތަ އަތުން ކުރެހުމާއި ޑިޖިޓަލް އާޓްގެ ތެރެއިން ކޮން ޝަރާ ގިނައިން ބޭނުން ކުރަނީ ކޮން މީޑިއަމެއް؟

އައިޑިއާސް ސްކެޗް ކުރަން އަބަދުވެސް ޔޫސް ކުރެވެނީ ޕެންސިލް ސްކެޗިން. އެއީ ފްލެކްސިބަލްކޮށް ބޭނުންވާ އައިޑިއާއެއް ޕޭޕާއަށް ޓްރާންސްލޭޓް ކުރެވޭތީ. އާޓްވޯކް ޕްރޮޑިއުސް ކުރަންޏާ ކުރަނީ މުޅިންވެސް ޑިޖިޓަލީ. އެއީ ބޭނުންވާ ކަލާއެއް ޔޫސް ކުރެވި، ފޯނުން ކުރަހާތީ ވަކި ތަނެއްގަ މަޑު ނުކޮށް އޮން ދަ މޫވް ގަ އުޅެވޭތީ.

ޝަރާގެ އަމިއްލަ އާޓު މެދުވެރިކޮށް ދޭން ބޭނުންވާ މެސެޖަކީ ކޮބާ؟

އާޓް ނުޖެހޭ ވަކި ގޮތަކަށް ވަކި ލެވެލްއަކަށް ހުންނާކަށް. އާޓްއަކީ އެ މީހެއްގެ އަމިއްލަ ސެލްފް އެކްސްޕްރެސް ކުރަން އިންނަ ޓޫލް އެކޭ. އިޓް ޑަޒަންޓް ހޭވް ޓު ފިޓް އިންޓު ސޮސައިޓީސް ޑެފިނީޝަން އޮފް ލޯކަލް އާޓް. ސޯ ޑޯންޓް ބީ އެފްރައިޑް ޓު އެކްސްޕްލޯ ޔުއާ އާޓް ސްޓައިލް އެންްޑް ކޮންސްޓޭންޓްލީ ޝެއާ އީވެން ޔުއާ އައިޑީސް ވިތު ދަ ލޯކަލް ކޮމިއުނިޓީ.

View this post on Instagram

My take on @sam_.shz 's #samdrawthisinyourstyle challenge. Wanted to capture the bliss of her recent trip pictures she has been teasing us with. I love how flowy it turned out. Also yay me I finished 2 #drawthisinyourstyle challenges and a commission in one day.

A post shared by Shara (@fettsoren) on

މިހާތަނަށް އެހެން އާޓިސްޓެއްގެ ފަރާތުން ލިބުނު އެންމެ ސަޅި ޓިޕަކީ ކޮބައިތަ؟

ޑިޖިޓަލް އާޓިސްޓަކަށް ވީތީ ގިނައިން ލިބޭ ޓިޕްސްއަކީ ޔޫސް ކުރެވިދާނެ ނިއު އެޕްސް އޯ ސޮފްޓްވެއާސް. އެންމެ ހަނދާންވާ ޓިޕް އަކީ ކޮމާޝަލް ޔޫސްއަށް އާޓްވޯކް ޕްރޮޑިއުސް ކުރާނަމަ މިންގަނޑުތައް.

އަމިއްލަ ތަޖުރިބާއިން އެހެން އާޓިސްޓަކަށް ދޭން ބޭނުންވާ ދެ ތިން ޓިޕްސްއެއް ކިޔައިދީބަލަ؟

* އަބަދުވެސް ކީޕް ކްރިއޭޓިން އެންޑް އެކްސްޕްލޯރިން. އޭރަށް އަމިއްލަ ޔުނިކް އާޓް ސްޓައިލެއް އުފެއްދުމަށް ވަރަށް އީޒީ ވާނެ.

* ލޯކަލް އާޓް ކޮމިއުނިޓީ ތެރެއިން ފްރެންޑްސް މޭކް ކުރަންވާނެ. ސަޕޯޓް ހުރިހާ ލޯކަލް އާޓިސްޓްސް. ހަމައެކަނި ޕޮޕިއުލާ އާޓިސްޓެއް ޗޫސްކޮށް އެހެން އާޓިސްޓުންގެ ވޯކްސް ބާކީ ނުކުރާތި. ޔޫ ވިލް ނެވާ ނޯ ވިޗް ނިއު އާޓިސްޓް ނިއު އާޓިސްޓްސް ޔޫ ވިލް އިންސްޕަޔާ ޓު މޫވް ފޯވާޑް.

* ކުރާ މަސައްކަތް ދެރައޭ ހިތަށް އަރާފަ ޝެއާ ނުކޮށް ނުހުންނާތި. ދެއާ އިޒް ނޯ ރައިޓް އެންޑް ރޯންގް ވޭ އޭޒް އަ ބިގިނާ. ޝެއާ ކުރީމަ ވަރަށް ރަނގަޅު ފީޑްބެކް ލިބޭނެ ލޯކަލް އާޓިސްޓްސްގެ ފަރާތުން.

ބަރޯސާވެވޭ ކަހަލަ އާމްދަނީއެއް ހޯދަން ބަލާއިރު ރާއްޖޭގައި އާޓިސްޓުންނަށް އެ ފުރުސަތު އޮތް ކަމަށް ޝަރާ ގަބޫލު ކުރަންތަ؟ ނުވަތަ އޮންލައިންކޮށް ވޮޔަސް ހުރި ފުރުސަތުތަކީ ކޮބާ؟

ގަބޫލު ކުރަން. ކޮމާޝަލް ދާއިރާތަކުން ލޯކަލް އާޓިސްޓްސްގެ ވޯކްސް ޔޫސް ކުރާތަން ދުވަހުން ދުވަހަށް ފެންނަމުންދަނީ. އަދި ހަމަ ވެބްސައިޓްސް ތަކުންވެސް އިންކަމް ހޯދާ އާޓިސްޓުންވެސް އުޅޭ. އަޅުގަނޑުވެސް ފެށީ އިންސްޓަގްރާމްގައި އޮންލައިން ސްޓިކާ ޝޮޕްއެއް އޯޕެން ކޮށްގެން. އަދި މި އެކައުންޓް މެދުވެރިކޮށް ދަނީ ބައިވަރު އެހެން އޮފާސް ލިބެމުން.

ޝަރާގެ ސްޓިކާއެއް ނުވަތަ އާޓްވޯކެއްގެ އަގު ލިބޭ ވަގުތު ހިތަށް އަރަނީ ކީކޭ؟

ހިތަށް އަރާ ޝަރާގެ އާޓް އާ ދޭތެރޭ ހިތްހަމަޖެހިގެން ޝަރާގެ އާޓްވޯކް އެއް ބޭނުންވެގެންނޭ މި ސްޕެންޑް މި ކުރީ. އެހެން ހިތަށް އަރައިފަ ވަރަށް ހިތްހަމަ ޖެހުން ލިބޭ. ގަންނަ ކޮންމެ ޕީސް އަކީ ލިބޭ ސަޕޯޓްއެއް ކަމަށް ދެކެވެނީ.

ކިހިނެއް އެފަދަ މީހުންނާއި ފާޑުކިޔުމާ ކުރިމަތިލަނީ؟

ލިބޭ ފާޑު ކިޔުމަކީ އިންޕްރޫވްމެންޓަށް ލިބޭ އިތުރު ޖާގައެއް ކަމަށް ބަލައިގެން އެކަހަލަ ކޮމެންޓްސް ޕޮޒިޓިވްކޮށް ނެގޭތޯ މަސައްކަތް ކުރަނީ.

މިހާތަނަށް މީހެއްގެ ފަރާތުން ލިބުނު އެންމެ ރަނގަޅު ފާޑުކިޔުމަކީ ކޮބާ؟ އަދި އޭގެ ސަބަބުން ލިބުނު ކުރިއެރުމެއް ފާހަގަކުރެވުނުތަ؟

ޝަރާގެ އާޓް ވޯކްސް ބަލާބަލާ ފޫއްސެއް ނުވެޔޭ، ވަރަށް މަޖާ ވެޔޭ، ކީޕް އިޓް އަޕްއޭ، މިކަހަލަ ކޮންމެ ކޮމެންޓެއް ލިބުނަސް ވަރަށް ހިތްވަރު ލިބޭ. ހާއްސަކޮށް މަޖާ އެއްޗެއް ކުރަހައިފިއްޔާ މީހުންގެ ތަރުހީބު ލިބޭ.

އަމިއްލަ މީހާގެ ޓެލެންޓް އިތުރަށް ކުރިއަރުވައި ދަސްކުރަން ޝަރާ އަމިއްލަ އަށް ކުރާ ކަންތައްތަކަކީ ކޮބާ؟

އަބަދުވެސް ޕްރެކްޓިސް ކުރުން. ލިބޭ ކޮންމެ ވަގުތަކު ވެސް ނޫނީ ބުރަ ވީމަ ސްޓްރެސް ފިލުވާލަން ވެސް ކުރަހަނީ. ކުރަހާ ކޮންމެ ކުރެހުމަކީ ހަމަ އިންޕްރޫވްމެންޓެއް. ޔޫޓިއުބް އާޓިސްޓްސް ވަރަށް ފޮލޯ ކުރަން.

އެކި ވައްތަރުތަކުގެ ސްޓިކާ ހުންނައިރު، ވަރަށް އާދައިގެ ގޮތަކަށް އިންނަ ސްޓިކާއެއް ވަރަށް އަގުބޮޑުކޮށް ވިކިދާނެ. އެ ވަނީ ކީއްކަން، އެކަން ނޭނގޭ މީހަކަށް ކިޔައިދީބަލަ؟

ޝަރާ ދެކެނީ އެހެން އެވަނީ އަސްލު އެ އާޓިސްޓް ކުރެހި ކުރެހުމެއްގެ މާނަ އެ މީހަކަށް ދޭހަ ނުވާތީ. ނޫނީ އޭނަ އެޔާ ރިލޭޓް ނުކުރާތިއްޔޭ އެ އާޓްވޯކެއްގެ ވޯތު އަންޑަސްޓޭންޑް ނުވަނީ. އެކި މީހުންނަށް އާޓް ޓްރާންސްލޭޓް ކުރެވޭނީ އެކިގޮތް ގޮތަށް ދޯ. ކިތަންމެ ފުން މާނައެއްގެ ކުރެހުމެއް ވަރަށް ސިންޕަލް ވެސް ވެދާނެ ދޯ.

View this post on Instagram

Wanted to make a compilation of everyone who participated at #fettsorensdrawthisinyourstyle challenge! Artists are tagged, follow these amazing human beans 😃🖤

A post shared by Shara (@fettsoren) on

ރާއްޖޭގައި އާޓިސްޓަކަށްވެ މަސައްކަތްކުރާއިރު ހުރި ގޮންޖެހުންތައް އަދި ބަދަލުވާން ބޭނުންވާ ކަންކަމަކީ ކޮބާ؟

އެއްބައި ފަހަރު ޑިޖިޓަލް އާޓަކީ ވަރަށް ފަސޭހަ ކަމާއެކީ އަދި ޓްރެޑިޝަނަލް އާޓާ އަޅާކިޔާ ޑިޖިޓަލް އާޓިސްޓުންގެ ވޯކްސް ދައްކޮށްލާ ތަން ފެނޭ. ޑިޖިޓަލް އާޓަކީ ވެސް ހަމަ ޓައިމް އެއަށް ދީގެން ހުނަރުގެ ބޭނުން ކޮށްގެން ޕްރޮޑިއުސް ކުރާ ވޯކްސް ކަން ގިނަބަޔަކު ދެކެން ބޭނުންވޭ.

އާޓިސްޓެއްގެ ގޮތުގައި ދެން ކޮންކަމެއްތަ ހާސިލުކުރަން ބޭނުންވަނީ؟

މިހާރު ވެސް އާޓްވޯކް ޔޫސްކޮށްގެން ޕްރޮޑިއުސްކުރަނީ ގިނައިން ސްޓިކާސް. ދެން ބޭނުންވަނީ އެހެން ކަހަލަ އައިޓަމްސް ކްރިއޭޓްކޮށް ތައާރަފް ކުރަން. އަދި ގިނަ އާޓް ކޮލަބޮރޭޝަންސްގައި ބައިވެރިވާން ވެސް އުންމީދު ކުރަން.

Popular