15 Jan 2019

ސާނިޔާ މޮޑެލް ކުރަމުން ލަވަ ކިޔަނީ

ސާނިޔާ ހާއްސައީ މޮޑެލްކުރުމަށެވެ. އެކަމަކު ލަވަ ކިޔުމަކީ ވެސް އޭނާ ދޫކޮށްލަން ބޭނުންވާ ކަމެއް ނޫނެވެ.

ސާނިޔާ ހާއްސައީ މޮޑެލްކުރުމަށެވެ. އެކަމަކު ލަވަ ކިޔުމަކީ ވެސް އޭނާ ދޫކޮށްލަން ބޭނުންވާ ކަމެއް ނޫނެވެ.

By: Shamila Ibrahim

އުމުރުން 17 އަހަރުގެ ސާނިޔާ އަހްމަދު މޮޑެލްކުރަން ފެށިތާ އަދި މާގިނަ ދުވަހެއް ނުވެ އެވެ. އެކަމަކު މި ވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވެސް އޭނާ ހޯދި ކުރިއެރުން ރަނގަޅެވެ. އެއަށް ވުރެ ހާއްސައީ، މޮޑެލްކުރުމުގައި އުޅެމުން ގޮސް ބަރިސްތާ މޯލްޑިވްސްގެ އޯޕަން މައިކް ޝޯގައި ޕާފޯމްކޮށް ލަވަކިޔުމުގެ ހުނަރު ހުރިކަން ވެސް ހާމަކޮށްލުމުންނެވެ.

ފިލްމީ ތަރި އަދި ފެޝަން ޑިޒައިނަރު އިސްމާއިލް ޖުމައިހް (ޖުމާ) އަށް ބޮޑުބޭބެ ކިޔާ، އަދި ކުޅަދާނަ ލަވަކިޔުންތެރިޔާ އަހުމަދު އިބްރާހިމް (އައްމަޑޭ) އާ ދެބެންގެ ދެ ދަރި ސާނިޔާ ލަވަ ކިޔުމުގައި ފާހަގަވެފައި ނެތަސް އޭނާ ވަނީ މިދިޔަ އަހަރު އޮތް މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަނުގައި ބައިވެރިވިއެވެ. އެކަމަކު މުބާރާތުން ކުރިއަށް ދެވޭ ގޮތް ނުވެ، ވަކިވާން ޖެހުނީއެވެ.

ފޮޓޯ: ސައިފް އެމްވީ

އެކަމަކު ބޭބެ އައްމަޑޭ އާއި އާއިލާގެ ފަރާތުން ލިބެމުންދިޔަ ސަޕޯޓާއެކު، ލަވަ ކިޔުން ހުއްޓާލާކަށް ބޭނުމެއް ނުވިއެވެ. މި އަހަރު އައިޑޮލް ބޭއްވިޔަސް، އޮޑިޝަނަށް ދާން ތައްޔާރެވެ. "ބްރައިޑް މޯލްޑިވްސް" ގައި ލިބުނު ފުރުސަތެއްގައި މޮޑެލްކުރި ހިސާބުން ޝޫޓްތައް ލިބި މޮޑެލްކުރުމުގައި ފަރިތަ މޫނަކަށްވި ސާނިޔާގެ ވާހަކަ ހުރީ ކިހިނެއްހެއްޔެވެ؟

ފޮޓޯ: ޖެރީ ގްރަފީ

1. ބަރިސްތާ މޯލްޑިވްސްގެ އޯޕަން މައިކް ޝޯއެއްގައި ޕާފޯމްކުރިތަން ފެނުނު. މޮޑެލް ކުރުމާ އެއްވަރަށް ލަވަ ކިޔައި ވެސް އުޅެންތަ؟

"ލައްބަ. ބަރިސްތާއަށް އެރިން. އެ ފުރުސަތު ލިބުނީ ފްރެންޑެއްގެ (ޝަލަބީ) ފަރާތުން. އަދި އެއް ޝޯގަ ޕާފޯމް ކުރީ. ކުރިން ދުވަހު މި އެރީ ލައިވް އަކަށް އަލަށް. އިންނާނެ އެކަމް ބީޓޮލޮޖީގެ ('މީ އީދު ލަވައެއް ނޫން' ނަމަކަށް ކިޔާ) ވީޑިއޯ ރެޕް ލަވައެއް ކުޅެފަ ކުރިން."

ސާނިޔާ ބަރިސްތާގައި ޕާފޯމް ކުރަނީ. މިއީ ލައިވް އިވެންޓެއްގައި އޭނާ ޕާފޯމް ކުރި ފުރަތަމަ ފަހަރު. ފޮޓޯ: މާއިސް

2. ލަވަ ކިޔުމަށް ތިހާ ޝައުގުވެރިކަން ހުރިއިރު، ބޮޑަށް މޮޑެލިންގެ ދާއިރާއިން މި ފެނުނީ ކީއްވެ؟

"އެއީ ފުރުސަތު އަދި ލިބިފަ ވަނީ މޮޑެލިންއިން. ވަރަށް ފަހުން ލަވަ ކިޔަން މި ފެށީ. އަބަދުވެސް ގޭގަ ކިޔައި އުޅެނީ. އެހާ ސެލްފް ކޮންފިޑެންސެއް ނެތް، އެކަމަކު މިހާރު އެހާ ވަރަށް އަންނާތީ ޗާންސް ލިބުނީމަ މި އަރަނީ ލަވަ ކިޔަން. ދެން ކުޑައިރުއްސުރެ ވެސް ވަރަށް ކުރާ ހިތްވާ ކަމެއް މި. އެކަމަކު ދެ ކަންތައްވެސް (މޮޑެލް ކުރުމާ ލަވަ ކިޔުން)ވެސް އެއްވަރަށް ކުރާ ހިތްވޭ"

View this post on Instagram

Ye! Its a messy wig👅💫 💄 @shafy.mua 📸 @stillshotsmv

A post shared by Saaniya (@saniya_ahmed1099) on

3. އިސްތަށިގަނޑު އެކި ފަހަރު އެކި ކުލަ ޖައްސާފަ އެކި ވަރަށް ކޮށާލާފަ ހުންނަތަން ފެންނަނީ. މި ގޮތަށް ބަދަލުތައް މި ގެންނަނީ ކީއްވެ؟

"އެއީ ދެން ޗޭންޖެއް ގެންނަން ބޭނުންވަނީ. ހަމަ ވަންސް އިން އަ ވައިލް އެއް ބުރު އެއް ކުލަ ޖައްސާލާފަ އަނެއް ބުރު ކުރުކޮށްލާފަ، އެ ގޮތަށް (ޗޭންޖެއް ގެނެސްގެން) ބޭނުންވަނީ ގެންގުޅެން.

ސެލޫން އަކަށް ގޮސް އިސްތަށިގަނޑު ކޮށާލައި ނޫނީ ކުލަ ޖައްސާލަނީ. އަމިއްލަ އަކަށް ނުކުރަން ހަލާކު ވެދާނެތީ. އިންސްޓަގްރާމުން ވިޔަސް ރީތި އިސްތަށިގަނޑެއް ފެނިއްޖެއްޔާ ހަމަ ކޮށާ ހިތްވަނީ (އެ ގޮތަކަށް)، ރީތިކަމުން ގުޅޭނެ ކަމަށް ނިންމާފަ"

ފޮޓޯ: އެނިގްމާ މެހް | މޭކަޕް: އިއްޔަ އެމްވީ

4. މިހާތަނަށް ޖެއްސުނު އެންމެ ތަފާތު ނުވަތަ ފާހަގަކޮށްލެވޭ ޝޫޓަކީ ކޮބާ؟

"އަދި އެ ޝޫޓްގެ ފޮޓޯތަކެއް ނުނިކުމޭ. އެއީ މަސްރާހްއާ އެކީ ޖެއްސި ޝޫޓެއް. އެއީ އަދި ޖެއްސުނު އެންމެ ތަފާތު ޝޫޓް. މިހާރު ހުރި ޝޫޓް ތަކުގެ ތެރެއިން އަނެއްހެން ތަފާތު ޝޫޓެއް ނީންނާނެ. ދެން ޝަފީއާ އެއްކޮށް އިންނާނެ (ޝޫޓެއް) ކޮށްފަ، ގްރޭ ވިގެއް ޖަހާފަ."

ފޮޓޯ: ސިޓްލް ޝޮޓް އެމްވީ | މޭކަޕް: ޝަފީ

5. ފޮޓޯ ޝޫޓެއް ލިބޭ ހިސާބުން ޓައިމް މެނޭޖް ކުރާ ގޮތް ކިޔައިދީބަލަ؟

"އެމީހުން ކައިރި ޓައިމް އަހާލާފަ، އެ ދުވަހަށް ކޮންމެވެސް ގޮތަކުން ހަމަ ފްރީ ވެފަ، ދެން ރެޑީވާން އަހާލަނީ. ހެދުމަށް ކިހިނެއްތޯ ހަދަނީ، މޭކަޕަށް ކާކުތޯ ހުންނަނީ.

ޓަައިމް ނުވެގެން އެއްވެސް ޝޫޓެއް ދޫކޮށްލާފަ އެއް ނީންނާނެ، ހަމަ އަމިއްލައަށް އެ ގަޑިއަކަށް ފްރީ ވަން"

6. މޮޑެލިން އަކީ ރާއްޖޭގަ އެހާ ބަލަައިގަންނަ ދާއިރާއެއް ނޫން ކަންނޭނގެ. ސާނިޔާ ދެކޭ ގޮތުގަ އެއީ ކީއްވެ؟ މޮޑެލް ކުރާ ކުދިންނަށް ފާޑުކިޔާ މީހުންނަށް ބުނެލާނީ ކީކޭ؟

"މޮޑެލިން އަކީ ވެސް އަސްލު މީހުން ކުރާ ހިތުން ކުރާ ކަމެއް ދޯ. އެކަކަށް ވެސް ޖަޖެއް ނުކުރެވޭނެ. މީހުން ކިޔާ އެއްޗިއްސަށް ބަލައިގެންނެއް ކުރިއަކަށް ނުދެވޭނެ މި ދާއިރާއަކުން

ފާޑު ކިޔާ މީހަކަށް އަނެއްހެން ނެތް އެއްޗެކޭ ބުނާކަށް، އެއީ އެމީހުން ބުނާ އެއްޗެއް އެމީހުން ބުނާނެތާ. ސާނިޔާ މެންނަށް ކުރެވޭނެ ކަމެއް ނީންނާނެ. އެމީހުންގެ އަނގަޔަކު ނުހިފެހެއްޓޭނެ."

View this post on Instagram

~Life is ours, we live it our way~🥀💞 📸 @maazphotography 🌹 💄 @makeupbymidhu 🌹

A post shared by Saaniya (@saniya_ahmed1099) on

7. މޮޑެލް ކޮށްގެން ލިބޭ ފާޑުކިޔުންތަކަށް ކުރިމަތި ލަނީ ކިހިނެއް؟

"އަނެއްހެން ނެގަޓިވް އެއްޗެއް އަންނަނީ ވަރަށް މަދުން. ފެމިލީ ވެސް، ފްރެންޑްސް ވެސް އެންމެންވެސް ވަރަށް ސަޕޯޓް ދޭ ކަމެއް.

ނެގަޓިވް ކޮމެންޓްސް އަކަށް ރިޕްލައި އެއް ނުކުރަން، އަޅާނުލާ ބަހައްޓަނީ. ޕޮސިޓިވް ވެއްޖެއްޔާ ހަމަ ތެންކިޔޫ އޭ ބުނެލަން.

8. ލަވަ ކިޔުމާ މޮޑެލިންގެ ތެރެއިން ކޮންމެވެސް އެއް ކަމެއް ޗޫސް ކުރަންޏާ، ކޮންކަމެއް ޗޫސް ކުރާނީ؟

"ސިންގިން. ލަވަ ކިޔުން އެއީ އަބަދުވެސް ވަރަށް ކުރާ ހިތްވާ ކަމެއް."

މޭކަޕް: މޭކަޕް ބައި މިދޫ | ފޮޓޯ: މާޒް ފޮޓޯގްރަފީ

9. ފޮޓޯ ޝޫޓްތަކަށް ލިބޭ ހުރިހާ ފުރުސަތުތަކެއްގެ ބޭނުން ކުރަންތަ؟

"ނޫން، ހުރިހާ ޝޫޓެއްގައެއް ބޭނުމެއް ނުކުރަން. ބައެއް ޝޫޓްތަކަށް ދަނީ. އެ ދުވަހު ހަމަ ބުނެލާއިރަށް އެ ޝޫޓަކަށް ނުދެވިދާނެ. މާ ވަގުތު ކުޑަތަންކޮށްފަ ބުނީމަ ނުދެވެނީ ގިނަ ފަހަރު. ތަންކޮޅެއް އަވަހަށް ބުނަން ޖެހޭނީ."

View this post on Instagram

~i look way too dark but whatever i still love the picture~🥀 💄 @nada__salon 📷 @funkografik

A post shared by Saaniya (@saniya_ahmed1099) on

10. މޮޑެލް ކުރަން ބޭނުންވެފަ ހުރި ކުއްޖަކަށް ބުނެލާނީ ކީކޭ؟

"ކުރިއަށް ދާށޭ، ދެވޭނެއޭ ބޭނުމިއްޔާ، ކުރާ ހިތުން ހުރިއްޔާ. މީހުން ކިޔާ އެއްޗިއްސަށް އަޅާނުލާށޭ. ސާނިޔާގެ ސަޕޯޓް ލިބޭނެ ހުރިހާ ކުދިންނަށްވެސް."

Popular