22 Apr 2019

ޑިޒައިނަރަކަށް ވާން ޝާޒިފްގެ ވާހަކަ މުހިންމު

ޑިޒައިނަރަކަށް ވާން ޝާޒިފްގެ ވާހަކަ މުހިންމު

By: Aishath Maaha

މިއީ އުމުރުން 25 އަހަރުގެ ހުސެން ޝާޒިފް އާދަމް އެވެ. ކޮންމެވެސް ދުވަހަކު ޑިޒައިނަރަކަށް ވާނަމޭ އޭނާގެ ހިތުގައި އަބަދުވެސް އޮތެވެ. އެހެންވެ ސާނަވީ ތައުލީމަށް މަޖީދިއްޔާ ސްކޫލަށް ދިޔައިރު އެޑޯބީގެ ސޮފްޓުވެއާތައް ކޮމްޕިއުޓަރަށް އަޅައި އޭގެ ތެރެއަށް ވަދެގެން ދިޔަ އެވެ. ނަމަވެސް ސްކޫލް ނިންމާލާފައި ނުކުތް އިރު ވެސް ޑިޒައިނިންގެ ތެރެއަށް ވަންނާނީ ފުލް ޓައިމްކޮށް ކަމެއް ނުވަތަ ހުސްވަގުތުތަކުގައި ކަމެއް ނުނިންމުނެވެ.

އެހެންވެ ދުވަސްކޮޅެއް ވާންދެން ކްލިިނިކަލް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރި އެވެ. ކެމެރާ ހިފައިގެން ނުކުމެ ފޮޓޯ އާއި ވީޑިއޯކުރަން ވެސް އުޅުނެވެ. ކެލިގްރަފީގައި ވެސް އުޅުނެވެ. އެކަމަކު އަނެއްކާ ވެސް ޝައުގުވެރިކަން ގޮސް ޑިޒައިނިންގެ ތެރެއަށް ވަދެ އެ ނޫން ކަމެއް ނުކުރާން ނިންމީ އެވެ. އައިޖީއެމްއެޗްގެ ސްޓާފް ނައިޓެއްގެ ބްރޭންޑިން އެންޑް ޕްރޮޑަކްޓް ޑިޒައިންތަކެއް ހެދުމަށް ފަހު ކޮންމެވެސް ދުވަހަކުން ފުލްޓައިމް ޑިޒައިނަރަކަށް ވާން އޭނާ ނިންމީ އެވެ. އެކަމާގުޅޭ ރިސާޗުތަކާއި ފޮތްތައް ކިޔައި ދަސްކޮށް މަޑުމަޑުން ޑިޒައިން ޕްރެކްޓިސްކުރަން ފެށީ އެވެ.

ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން މަޑުމަޑުން ޑިޒައިނިންގެ ތެރެއަށް ވަދެ މިދިޔަ އަހަރު އިތުރު ބަޔަކާއެކު "އެންކްރިއާ"ގެ ނަމުގައި ކުންފުންޏެއް ހަދައިގެން މިހާރު ޝާޒިފަކީ ފުލްޓައިމް ޑިޒައިނަރެކެވެ. ނަމަވެސް މިދިޔަ ދުވަސްތަކުގައި އަމިއްލަ މީހާގެ މަސައްކަތް އެހެން މީހުންގެ މަސައްކަތާއި ކޮމްޕެއާ ކުރެވި ޑީމޯޓިވޭޓުވި ދުވަސްތައް ވެސް ދިޔަ އެވެ. އެކަމަކު 2017 ވަނަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން "އެބްސްޓްރެކްޓް: ދި އާޓް އޮފް ޑިޒައިން އަށް ފަހު އެ ނޫން ކަމެއް ކުރާން ޝާޒިފަށް ޝައުގުވެރިއެއް ނުވެވުނެވެ.

ޝާޒިފްގެ އަމިއްލަ މަސައްކަތެއް. ---

1. މި ދުވަސްވަރު ކޮން މަސައްކަތެއްގަިއ ތިއުޅެނީ؟

"މި ދުވަސްކޮޅު މިއުޅެނީ އެންކްރިއާގެ ދަށުން މައިގަނޑު ދެ ޕްރޮޖެކްޓެއްގައި. އެއީ ޑިޖިޓަލް ޕްލެޓްފޯމެއްގެ ބްރޭންޑް ޑިވެލޮޕްމަންޓް އަދި ފުޓުބޯޅަ ކުލަބެއްގެ ޖާޒީ ޑިޒައިން ކުރުމުގަ."

2. ކޯއްޗެއް އެންމެ ގިނައިން ޑިޒައިން ކުރަނީ؟ މި ދާއިރާގައި ޝާޒިފް ކުރާ މަސައްކަތްތައް ނުވަތަ ހަދާ އެއްޗެހި ކިޔާލަ ދީބަލަ

"ބްރޭންޑިން އެންޑް ވިޝުއަލް އައިޑެންޓިޓީ، ލޯގޯ ޑިޒައިން، ޕްރޮޑަކްޓް ޑިޒައިން އަދި އިލަސްޓްރޭޝަންސް ވެސް ކުރެވިފަ ހުންނާނެ. އެކަމަކު މީގެތެރެއިން އެންމެ ޝައުގުވެރިކަމާއެކު ކުރެވެނީ ބްރޭންޑިން އެންޑް ވިޝުއަލް އައިޑެންޓިޓީ ޑިޒައިނިން އަދި ޕްރޮޑަކްޓް ޑިޒައިން."

ޝާޒިފްގެ ކެލިގްރަފީ މަސައްކަތެއް. --

3. ފްރީލާންސް ޑިޒައިނަރަކުން އަމިއްލަ ބިޒްނަސްއަކާ ހަމައަށް އައި ގޮތް ކިޔާލަ ދީބަލަ!

"ހަތަރު އަހަރު ފްރީލާންސްކޮށް މަސައްކަތްކުރިން. ދެހާސް ސާދަ އިން މިދިޔަ އަހަރާ ހަމައަށް ފްރީލާންސްކޮށް އުޅުނިން މަޑުމަޑުން. އެކަމަކު ޝާޒިފަށް ފާހަގަކުރެވުނީ ޑިޒައިންތައް ގިނަ ފަހަރަށް ބޭނުންކޮށްފަ ހުރީ އެންމެ ރަނގަޅަށް ނޫންކަން. އެއީ ޑިޒައިން ޑިޒައިން ބޭނުންކުރުމުގަ ރަނގަޅު ސްޓްރެޓެޖީއެއް ނުގެންގުޅޭތީކަން. އެންކްރިއާ އުފެދިގެން އައީ އެ ސަބަބަށްޓަކާ. ސްޓްރެޓެޖިކްކޮށް ބްރޭންޑް ޑިވެލޮޕްމަންޓް އެންޑް ޑިޒައިން މަސައްކަތް ކުރުމަށް."

4. ޝާޒިފްގެ ވޯކް ސެޓަޕް އިންނަ ގޮތް ކުރުގޮތަކަށް ކިޔާލަދީބަލަ!

"ޝާޒިފް އާންމުކޮށް މަސައްކަތްކުރަނީ އައިމެކް އަދި އައިޕެޑް ޕްރޯގަ. އައިމެކް ކައިރީގައި ވޯކްކުރާއިރު އަބަދުވެސް ބޭނުންވަނީ ވަރަށް ކްލީންކޮށް ޑެސްކު ހުންނަން. އެކަމަކު ގިނަފަހަރަށް އިންސްޕަޔާ ނުވެގެން ރިސާޗުކުރަން އުޅޭނީ ކޮފީޝޮޕެއްގައި."

ޝާޒިފް ލޯގޯއެއް ޑިޒައިންކުރުމުގެ ޕްރޮސެސްގައި. --

5. ޑިޒައިނެއްގެ މަސައްކަތްކުރާއިރު މުޅި އެ ކްރިއޭޓިވް ޕްރޮސެސް ފެށޭ ގޮތާއި ކުރިއަށް ގެންދާ ގޮތް، ނިންމާ ގޮތް ކިޔައިދީބަލަ؟

"ކޮންމެ ކްރިއޭޓިވް ޕްރޮޖެކްޓެއް ވެސް ފެށޭނީ ރިސާޗުން. ޑިޒައިނާއެއްގެ އެންމެ ބޮޑު ރޯލަކީ އުފައްދާ ކޮންމެ ކްރިއޭޓިވް ވޯކަކީ ކްލައިންޓްގެ ބިޒްނަސްއަށް އެޕްރޮޕްރިއޭޓް ވޯކަކަށްވުން. ރިސާޗްކުރުމަށްފަހު އިންސްޕިރޭޝަން ހޯދާ ދެން ފެށޭނީ ސްކެޗިން / ޕްރޮޓޯޓައިޕިން ޕްރޮސެސް. މިއީ އެންމެ ގިނަ ވަގުތު ހޭދަވާ އެއް ސްޓެޕް ޕްރޮސެސްގަ. އެއަށްފަހު ދެން އިންނާނީ އެ ކުރެހި އެއްޗެއް ޕޮލިޝްކޮށް ރިފައިންކުރުން."

6. ޝާޒިފްގެ އަމިއްލަ ގްރެފިކްސްތަކުން ދޭން ބޭނުންވާ މެސެޖަކީ ކޮބާ؟

"މަސައްކަތްކުރަނީ ކުރާ ކޮންމެ ވޯކެއްގެ ޕާޕޯސް އާ އެޕްރޮޕްރިއޭޓް ޑިޒައިނެއް އުފައްދާ އަދި މަސައްކަތް ކޮށްދެވޭ ފަރާތް ވެސް ހިތްހަމަޖެހޭ ވޯކެއް ދިނުން. ފުރިހަމަކުރާ ކޮންމެ ޕްރޮޖެކްޓަކީ ވެސް ތަފާތު މެސެޖެއް އޭގެން ދެވޭ އެއްޗެއް."

Addu Nature Park Logo Contest (Winning Design) This logo is being used within Addu Nature Park (located in the south of Maldives) 🇲🇻🕊🌴🌿 #shazifdesigns #shazifadam

A post shared by Shazif Adam (@designsbyshazif) on

7. އަމިއްލަ ތަޖުރިބާއިން އެހެން ޑިޒައިނަރަކަށް ދޭން ބޭނުންވާ ދެ ތިން ޓިޕެއް ކިޔައިދީބަލަ؟

"އަބަދުވެސް މަސައްކަތް ކުރުމުގައި އިންސްޕިރޭޝަންތަކެއް ގެންގުޅެ މައިލްސްޓޯންތަކެއް ކްރިއޭޓްކުރަން ވާނެ. އެންމެ ބޮޑު ޓިޕަކީ އެހެން މީހުންގެ މަސައްކަތް ބެލުމަށްފަހު އަމިއްލަ ވޯކު އެއާ ކޮމްޕެއާ ނުކުރުން. ކޮންމެ މީހަކު ވެސް ޑިވެލޮޕްވެ ކުރިއަރާނީ ތަފާތު ޕޭސްއެއްގައި. އެކަމަކު ނެވާ ގިވްއަޕް."

8. އަމިއްލަ މީހާގެ ޓެލެންޓް އިތުރަށް ކުރިއަރުވައި ދަސްކުރަން ކުރަނީ ކޮން ކަމެއް؟

"ޝާޒިފްއަކީ ކުރީގަ މާގިނައިން ފޮތްކިޔައި އުޅޭ މީހެއް ނޫން. އެކަމަކު އެންމެ ބޮޑު ކުރިއެރުންތައް ފެންނަންފެށީ ރަނގަޅު ޑިޒައިން ފޮތްތައް ކިޔައި އޭގަ ބުނާ އެއްޗެއް އެޕްލައިކުރަން ފެށުމުން."

9. ޑިޒައިނަރެއްގެ ގޮތުގައި މިހާތަނަށް ކުރެވުނު މަސައްކަތްތަކަށް ފަސްއެނބުރި ބަލައިލާއިރު ކީކޭތަ ހިތަށް އަރަނީ؟

"ކުރީގައި ކުރެވުނު ގިނަ މަސައްކަތްތައް ބަލާފަ އަބަދުވެސް ހިތަށް އަރާ މިހާރު މިއިނގޭ ކަންކަން އޭރު އެނގުނު ނަމަ އެ މަސައްކަތްތައް ހާދަ ފުރިހަމަކުރެވުނީސް އޭ، މިހާރު މިހުރި ހިސާބަށް އާދެވޭނެ ކަމަކަށް ހިތަކަށް ނާރާ. އެކަމަކު ޝުކުރުވެރިވަން މިހިސާބަށް އާދެވުނީތީ ވެސް."

ޝާޒިފް ތައްޔާރުކޮށްފައިވާ ސްނެޕްޗެޓް ފިލްޓާއެއް. --

10. މި ދާއިރާގައި ޝާޒިފްގެ އެންމެ ބޮޑު އިންސްޕިރޭޝަނަކީ ކޮބާ؟

"ލޯކަލް އިންސްޕިރޭޝަންސްއަކީ އަބޯ ޝަފީއު، ލަހޫ (ލަހުސްޓްރޭޝަން) އަދި އިމްމި. ބޭރުގެ ވެސް ވަރަށް ގިނަ އިންސްޕިރޭޝަންސް އެބަތިބި."

11. މި ދާއިރާއިން ދެން އެންމެ ހާސިލްކުރަން ބޭނުންވަނީ ކޮންކަމެއް؟

"ބޭނުންވަނީ ކުންފުނީގެ ކޯފައުންޑާސް އާއެކުގައި ވަރަށް ވަރުގަދަ ސްޓްރެޓެޖިކް ބްރޭންޑް ޑިވެލޮޕްމަންޓް އަދި ކޮންސަލްޓެންސީ އޭޖެންސީއެއް ގާއިމްކުރަން. ރާއްޖެ އަދި އިންޓަނޭޝަނަލީ އެކްސެޕްޓްކުރާ އެޖެންސީއަކަށްވާން. އަދި ގިނަ ވޯކްޝޮޕްތަކުގައި ބައިވެރިވެ އަދިވެސް ކުރިއެރެން އޮތް އެންމެހާ މަގުތައް ހޯދާ ކުރިއަރަން މަސައްކަތްކުރުން."

ޑިޒައިންކުރުން އާޓިސްޓް

Popular