26 May 2020

By: Ifraz Ali

ހުނަރުން ފުރިގެންވާ ތަފާތު އެތައް މަސައްކަތެއް ފެންނަ ފޭސްބުކްގެ ޕަބްލިކް ގްރޫޕް، "ކަރަންޓީން އާޓްޕޯސްޓިން" ގެ ތެރެއިން މިފަހަރު އަހަރެމެންގެ ލޮލުގައި އަޅައިގަތީ، އަހަރެމެން ކުޑައިރުއްސުރެ ބަލަމުން އަންނަ ކުރީގެ ޑިޒްނީ ކާޓޫންތަކުން ފެންނަ ޕްރިންސެސްތަކެވެ. އެކަމަކު ކުރިން ފެންނަ ގޮތާއި މުޅީން ތަފާތުކޮށެވެ. މި ޕްރިންސެސްތައް ތިބީ ދިވެހި ހެދުމުގަ އެވެ.

މިއީ "ޑިސްޓާބްޑް އައިސްކްރީމް" ގެ ގޮތުގައި އިންސްޓަގްރާމްގެ މީހުން ދަންނަ، އަހްމަދު ހާދިފްގެ މަސައްކަތެކެވެ.

ސްނޯ ވައިޓް ދިވެހި ލިބާހުގައި ފައްޓަރުބައެއް އަޅައިގެން

View this post on Instagram

A post shared by disturbed ice-cream (@disturbed_ice_cream) on

ޕްރިންސެސް ޖޭޒްމީން ރަތް ލިބާހުގައި ފައްޓަރުބައެއް އަޅައިގެން

View this post on Instagram

A post shared by disturbed ice-cream (@disturbed_ice_cream) on

ޕްރިންސެސް އޮރޯރާ ދިގުހެދުމުގައި

View this post on Instagram

A post shared by disturbed ice-cream (@disturbed_ice_cream) on

ޕްރިންސެސް މުލާން ހެދުންބުރިއެއްގައި

View this post on Instagram

A post shared by disturbed ice-cream (@disturbed_ice_cream) on

މި ގޮތަށް ޑިޒްނީ ޕްރިންސެސްތަކުގެ ހެދުން "ދިވެހި ކޮށްލަން" ހާދިފްއަށް ހިޔާލު ލިބުނީ ބޭރުގެ ބައެއް އާޓިސްޓުން ވެސް މި ގޮތަށް އެކި ކަހަލަ ހެދުންތަކުގައި އެޓިޑްތައްކުރާތަން ފެނިގެންނެވެ. އަދި އޭނާގެ މި އާޓްވޯކްތަކަށް ވަރަށް ގިނަ ދިވެހިންގެ ތައުރީފު ވަނީ ލިބިފަ އެވެ.

"ފުރަތަމަ އެކަތި ހެދީ މަޖަލަކަށް، އެކަމަކު ވަރަށް ގިނަ މީހުނަށް އެ ކަމުދިޔައީމަ އިތުރަށް ހަދަން ފެށީ،" ހޮބީއެއްގެ ގޮތުގައި ޑިޖިޓަލް އާޓްވޯކްތައް ހަދަމުން އަންނަ ހާދިފް ބުނީ އަދިވެސް އިތުރު ޕްރިންސެސްތައް ހަމަ މި ގޮތަށް އެޑިޓްކުރަން އޭނާ ވިސްނާ ކަމަށެވެ.

ޑިޒްނީ

Popular