11 Jul 2020

By: Ifraz Ali

ޕާޓްނާޝިޕް ބިޒްނަސްއެއްގެ ދަށުން، ޓީވީ ޕްރެޒެންޓަރު އައިމިނަތު މައުރީނާއެކު ފެށި ސެލޫންގެ ވިޔަފާރި ދޫކޮށް، މަޝްހޫރު ހެއާ ސްޓައިލިސްޓް މުހައްމަދު މަމްދޫހް އަހްމަދު (މައިކް) އެންމެފަހުން ފެޝަން ޑިޒައިނަރު ރަޒީނާ ތައުފީގު (ރަޒީ) އާ ގުޅިއްޖެ އެވެ. މައިކްގެ އަމިއްލަ ބްރޭންޑް ނަމަށް ނިސްބަތްކޮށް، "މައިކްސް: ހެއާ އެންޑް ބިއުޓީ" ގެ ނަމުގައި ހުޅުމާލޭގައި ހުޅުވި އެ ސެލޫންގެ ނަން ވެސް މިހާރު ވަނީ ބަދަލުކޮށްފަ އެވެ.

މައިކް އިންސްޓަގްރާމް ސްޓޯރީއަށް ލީ ފޮޓޯއެއްގައި ޑިޒައިނާ ރަޒީއާ އެކު.

އެނގިފައިވާ ގޮތުގައި މައިކް އެ ސެލޫން ދޫކޮށްލިތާ މިހާރު ދެ މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އަދި އެ ވިޔަފާރީގެ އެއްބަސްވުން ރޫޅާލި މި "ބްރޭކަޕުގައި"، "މައިކް" ގެ ނަން ފޮޅާލުމަށް ފަހު މައުރީންގެ އެ ސެލޫނަށް މިހާރު ކިޔަނީ "ލުއާ" އެވެ.

ސެލޫން ދޫކޮށްލި ސީދާ ސަބަބެއް މައިކް ބުނެފައެއް ނުވެ އެވެ.

"މައިކް: ހެއާ އެންޑް ބިއުޓީ" ގެ ނަމުގައި ހިނގަމުން ދިޔަ ސެލޫންގެ ނަން މިހާރު ވަނީ "ލުއާ" އަށް ބަދަލުކޮށްފަ.

ޑިޒައިނާ ރަޒީއާ ގުޅުނުކަން އިއުލާންކުރުމަށް މައިކް ކޮށްފައިވާ އިންސްޓަގްރާމް ޕޯސްޓުގައި ބުނެފައި ވަނީ އޭނާގެ އަމިއްލަ ހުނަރު ކުރިއެރުވުމަށް މިދިޔަ އަހަރުތަކުގައި ވަރަށް މަސައްކަތް ކޮށްފައި ވާނެ ކަމަށެވެ. އަދި އޭނާގެ ކްލައިޓުންނަށް ފުރިހަމަ ހިދުމަތެއް ދިނުމަށް ވެސް ވަރަށް ބުރަކޮށް އުޅެފައި ވާނެ ކަމަށެވެ. އެކަން ކުރީ ވަރަށް ގިނަ ގޮންޖެހުންތަކާއި އަދި އަޑިގުނޑަންތަކާ އެކު ކަމަށެވެ.

View this post on Instagram

For years I worked hard to perfect skills and provide clients with the best services I could offer. Climbed mountains and hills amidst struggles. Branded myself MOHAMED MAMDHOOH AHMED as “MYKE” So thankful I have a loyal clientele. Mykx is no longer a salon—it is me myke, And I shall be starting over again. This is a humble message to let my clients know that I will be working at @designerrazy from 9th July 2020. Cant wait to go back into work again. Stay safe, everyone.

A post shared by Myke (@myke_official2020) on

ޑިޒައިނާ ރަޒީއާ ގުޅުނުކަން މައިކް އިއުލާންކުރި ޕޯސްޓް.

"މައިކްސް ސެލޫންއެއް މިހާރު ނެތް. މިހާރު މިހުރީ ހަމައެކަނި އަހަރެން. އަހަރެން އަނެއްކާ ވެސް އާ ފެށުމަކަށް މި ދަނީ،" މައިކްގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

މައިކްގެ އިންސްޓަގްރާމް ސްޓޯރީ ޕޯސްޓް.

"ދޯ" ގެ ދި ސެޝަން އަށް މީގެ ދެ އަހަރު ކުރިން މައިކް ދިން އިންޓަވިއު އަލުން ސޯޝަލް މީޑިއާގައި ހިއްސާކުރަމުން އޭނާ ބުނެފައި ވަނީ އޭނާގެ ހުނަރު ފުނޑުފުނޑު ނުކޮށްލެވޭނެ ކަމަށެވެ. އަދި އޭނާގެ ހުނަރު ފުނޑުފުނޑުކޮށްލަން މަސައްކަތް ކުރި ނަމަވެސް، ވަރަށް ގިނަ ބައެއްގެ ދިރިއުޅުމުގައި އޭނާ އަކީ މުހިންމު ހިއްސާއެއް ކަމަށާއި އެހެން ވީމަ، އޭނާ ނެތް ދުނިޔެއެއްގައި ވެސް މީހުން އޭނާ މަތިން ހަނދާންކުރާނެ ކަމަށެވެ.

މީގެ ކުރިން މައިކް ވަނީ ގްލެމްނަދާގެ ސެލޫން އާއި ރޮކް ޕޭޕާ ސިޒާސް ސެލޫންގައި ވެސް މަސައްކަތް ކޮށްފަ އެވެ.

ވަރަށް ގާތް ދެ އެކުވެރިންގެ ގޮތުގައި މަޝްހޫރުވެގެން ދިޔަ މައުރީން އާއި މައިކްއާ ދެމެދު ޖެހުނު މައްސަލައެއް އޭނާ ސީދާ ހާމަކޮށްފައިނުވިޔަސް ބުނެފައި ވަނީ އެ ކަންތައްގަނޑާ ގުޅިގެން ދެން ކުރިއަށް އަޅާނެ ފިޔަވަޅަކާ މެދު ވިސްނަމުން އަންނަ ކަމަށެވެ.

"ދޯ" އަށް އެނގިފައިވާ ގޮތުގައި، މި ދެ މީހުންގެ ދެމެދުގައި ޖެހިގެން އުޅެނީ "ވިޔަފާރީގެ މައްސަލަ" އެކެވެ. ނަމަވެސް ބަހެއް ހޯދަން ގުޅުމުން މައުރީން ބުނެފައި ވަނީ އޭނާގެ އެއްވެސް ބަހެއް ދޭން ބޭނުންނުވާ ކަމަށެވެ.

އާޓިސްޓް މޭކަޕްކުރުން

Popular