23 Sep 2020

"ހައްވަން ކޭކްސް" އިން އެތިކޮޅެއް!

ކައިވެންޏެއްކޮށް، ހައްވަންއަށް ކުއްޖަކު ލިބުނީ ވެސް މި މަސައްކަތް ކުރަމުން އަންނަނިކޮށް. މިހާރު އުމުރުން ފަސް އަހަރުގެ ފިރިހެން ދަރިފުޅުގެ ހުރިހާ ކަމެއް ކުރަމުން، އާއިލާއަށް ވަގުތު ހުސްކުރަނީ ވެސް، ކޭކު އެޅުމުގެ ކަންކަން މަޑުޖައްސާނުލައި، ހަމަ ކުރިއަށް ގެންދަމުން.

ކައިވެންޏެއްކޮށް، ހައްވަންއަށް ކުއްޖަކު ލިބުނީ ވެސް މި މަސައްކަތް ކުރަމުން އަންނަނިކޮށް. މިހާރު އުމުރުން ފަސް އަހަރުގެ ފިރިހެން ދަރިފުޅުގެ ހުރިހާ ކަމެއް ކުރަމުން، އާއިލާއަށް ވަގުތު ހުސްކުރަނީ ވެސް، ކޭކު އެޅުމުގެ ކަންކަން މަޑުޖައްސާނުލައި، ހަމަ ކުރިއަށް ގެންދަމުން.

By: Ifraz Ali

ކޭކު އަޅާ މަޝްހޫރު މީހުންގެ ތަފާތު މަސައްކަތްތައް ޓީވީ ޕްރޮގުރާމްތަކުން ފެނި، ހަމަ އެގޮތަށް، އެ މަސައްކަތް ކުރަން ހައްވާ ސޫޒަން، 30، ވަރަށް ޝައުގުވެރިވި އެވެ. ހައްވަގެ އާއިލާގެ މީހުން އޭނާއަށް ލޯބިން ކިޔައި އުޅޭ ނަން ކަމަށްވާ، "ހައްވަން" ބޭނުންކޮށްގެން ކޭކު އެޅުމުގެ ކުޑަ ވިޔަފާރީއެއް ފެށީ މީގެ ހަތް އަހަރެއްހާ ދުވަސް ކުރިންނެވެ. މާލެއަށް އުފަން ހައްވަން އަށް، އޭރު ޓީވީން ފެނުނު ކަހަލަ، މަޝްހޫރު ކޭކު އެޅުންތެރިއަކަށް އޭނާއަށް ވެވިއްޖެއޭ ވެސް މިހާރު ބުނެވިދާނެ އެވެ؛ އެއީ އޭނާގެ "ހައްވަން ކޭކްސް" އަކީ މިހާރު ދިވެހި ކޭކް ބޭކާސްގެ ތެރޭގައި އެންމެ ހިނގާ އެއް ނަމަށް ވީމަ އެވެ.

މި ކިޔައިދެނީ ހައްވަން ވަރަށް ކުޑަކޮށް ފެށި ވިޔަފާރި ކާމިޔާބުކުރި ގޮތެވެ.

View this post on Instagram

A post shared by hawwancakes (@hawwancakes) on

ހައްވަން އަށް ކޭކު އަޅަން ދަސްކުރަން، އެންމެ ފުރަތަމަ ލިބުނު ފުރުސަތަކީ ނަޝީ ކޭކްސް އިން 2012 ވަނަ އަހަރު ހިންގި، ބޭސިކް ބޭކިން ކޯހެކެވެ. އެއީ ހައްވަންގެ ފިރިމީހާ، ކައިވެނީގެ ކުރިން، ހަދިޔާއެއްގެ ގޮތުގައި އޭނާއަށް އަށް ހޯދައިދިން ފުރުސަތެކެވެ. އަދި އެ ކޯސް ފުރިހަމަކުރުމަށް ފަހު، ދެން މުޅިން ވެސް، ބޭކިންއާ ގުޅޭ އެކި ކަންކަން ދަސްކުރީ އަމިއްލަ އަށެވެ.

ހައްވާ ސޫޒަން (ހައްވަން): މިހާރު ކޭކު އަޅާތާ ހަތް އަހަރު ވެއްޖެ.
View this post on Instagram

A post shared by hawwancakes (@hawwancakes) on

ފުރަތަމަ ފެށީ އާއިލާ އާއި ރައްޓެހިންނަށް ކޭކު އަޅައިދޭށެވެ. އެކަމަކު، މިހާ ގިނަ ބައެއް ލޯބި ލިބިދާނެއޭ، އޭރު އޭނާ ކުޑަކޮށް ވެސް ހިތަކަށް ނާރުވަ އެވެ.

"އެންމެ ރަނގަޅަށް ކުރެވޭ އެއް ކަމެއް ކަމަށް ހީކުރެވެނީ، އޭރުން ފެށިގެން މި ހިސާބަށް އައިރު ވެސް، އެއް ކޮންސިސްޓެންސީއެއްގައި، އަބަދު ވެސް އެއް ލެވެލްއެއްގައި، ޓޭސްޓާ އެއްޗެއް އެއްވަރެއްގައި ހިފެހެއްޓޭތޯ މަސައްކަތްކުރުން،" ކާމިޔާބުކަމާ އެކު މިހާ ހިސާބަށް އާދެވުމުގެ އެންމެ ބޮޑު ސިއްރަކީ އެއީ ކަމަށް ވެދާނޭ ހައްވަން ގަބޫލުކުރެ އެވެ.

ހައްވާ ސޫޒަން (ހައްވަން) އެންމެ ފުރަތަމަ އެޅި ކޭކް.
View this post on Instagram

A post shared by hawwancakes (@hawwancakes) on

"އެންމެ އިސްކަން ދެނީ ކޭކުގެ ރަހަ މީރުކޮށްފައި، އެ ކޭކު ޕްރެޒެންޓުކޮށްދޭ ގޮތް ވީހާ ވެސް ރީތިކުރަން،" ފުރަތަމަ ފެށިއިރު މިއީ ވަރަށް ޗެލެންޖިން ކަންކަން ކަމަށާއި، ނަމަވެސް، މިކަމުގައި ގިނަ ދުވަސްވަމުން ދިޔަ ވަރަކަށް ތަފާތު ތަޖުރިބާތައް ކުރެވި، ފަހުގެ މަސައްކަތްތަކުން ވެސް ވަރަށް ރަނގަޅު ނަތީޖާތައް ފެންނަ އެބަހުރި ކަމަށް ހައްވަން ބުންޏެވެ.

އެންމެ ކުރިން ގިނައިން އަޅައި އުޅުނީ ފޮންޑެންޓް ކޭކުތަކެވެ. އެއީ އޭރު ގިނަ ބަޔަކަށް ފޮންޑެންޓް ކޭކު ކަމުދާތީ ވެސް މެ އެވެ.

View this post on Instagram

A post shared by hawwancakes (@hawwancakes) on

View this post on Instagram

A post shared by hawwancakes (@hawwancakes) on

"އެކަމަކު ފޮންޑެންޓް ވެސް ވީ ވަރަށް ބޮޑު ޗެލެންޖަކަށް. ކޮނޑުގައި ކުޑަ ތަދެއް ހުންނާތި، ފޮންޑެންޓް ކަހަލަ އެއްޗަކާ ކުޅެން ގިނަ ވަގުތު އިންނަ ޖެހުނީމަ ވަރަށް އުނދަގޫވޭ،" އެކަމަކު ވެސް ވީވަރަކުން، ވަރަށް ހިތަވްރުކޮށްފައި، އޭރު އެކަން ކުރަމުންދިޔަ ކަމަށް ބުންޏެވެ.

ހައްވަން ކައިވެންޏެއްކޮށް، ކުއްޖަކު ލިބުނީ ވެސް މި މަސައްކަތް ކުރަމުން އަންނަނި ކޮށެވެ. އަދި މިހާރު އުމުރުން ފަސް އަހަރުގެ އެ ފިރިހެން ދަރިފުޅުގެ ހުރިހާ ކަމެއް ކުރަމުން އަދި އާއިލާއަށް ވަގުތު ހުސްކުރަނީ ވެސް، ކޭކު އެޅުމުގެ ކަންކަން މަޑުޖައްސާނުލައި، ހަމަ ކުރިއަށް ގެންދަމުންނެވެ.

ހައްވާ ސޫޒަން (ހައްވަ) އޭނާގެ ފިރިހެން ދަރިފުޅު އުރާލައިގެން ސްޓޯލްއެއްގައި.
View this post on Instagram

A post shared by hawwancakes (@hawwancakes) on

"މަންމަ، ބައްޕަ، ހަސްބަންޑް، ތިއްތަ، އަސްލު އެ މީހުން އެދޭ ހިތްވަރުން މިކަން މި ކުރެވެނީ،" ހައްވަން ބުންޏެވެ.

ކޮނޑަށް އެވާ ދަތުގެ ސަބަބުން ފޮންޑެންޓް ނޫން އެހެން އެއްޗެއް ބޭނުންކޮށްގެން، ހަމަ އެ ކަހަލަ ގޮތަކަށް ކޭކު އެޅޭނެ ގޮތެއް ހޯދަން ހައްވަން ފެށި އެވެ. ތަފާތު އެއްޗެހި ތަޖުރިބާކުރަމުން ގޮސް، އޭނާގެ ޝައުގުވެރިކަން އަތުލީ ބަޓާ ކްރީމް އެވެ. އަދި ހައްވަން ދެކޭ ގޮތުގައި މިހާރު ފޮންޑެންޓަށް ވުރެ ވެސް މާ ރީތިކޮށް، ބަޓަ ކްރީމުން ކޭކު ޑިޒައިންކުރެވެ އެވެ.

View this post on Instagram

A post shared by hawwancakes (@hawwancakes) on

View this post on Instagram

A post shared by hawwancakes (@hawwancakes) on

"ކުރިން ޓްރެންޑެއްގެ ގޮތުގައި ފޮންޑެންޓް ކޭކު އޮތަސް، މިހާރު ހީވަނީ ގިނަ މީހުނަށް ކަމުދަނީ ބަޓަ ކްރީމް ކަންނޭނގެ. އެހެންވެ ބަދަލުކޮށްލަން ވިސްނީ،" އެކަމަކު މިހާރު ވެސް މަދުމަދުން، އެއްކޮށް ހުއްޓާނުލާ، ފޮންޑެންޓް ކޭކުތައް އަޅާ ކަމަށް ހައްވަން ބުންޏެވެ.

"ބަޓާ ކްރީމް ވެސް ޗެލެންޖިން ވެދާނެ. ފޮންޑެންޓުން ތަންކޮޅެއް ފަސޭހައިން ގެނެވޭ ޝޭޕްތައް ބަޓާ ކްރީމްގައި ފަސޭހަ ނުވެދާނެ. އެކަމަކު އެ ޗެލެންޖަށް ވެސް ކުރިމަތިލައިގެން، މީގެން ވެސް ހަމަ ވާނެއޭ ވިސްނާފައި ކޮންމެ ދުވަހަކު ކޭކު އަޅަން ފަށަނީ،" އެކަން ކާމިޔާބުވާކަން ފާހަގަކުރަމުން އޭނާ ބުންޏެވެ.

View this post on Instagram

A post shared by hawwancakes (@hawwancakes) on

View this post on Instagram

A post shared by hawwancakes (@hawwancakes) on

ހައްވަން އެންމެ ގިނަ އަޅަނީ، އަދި އޭނާއަށް އެންމެ ކަމުދަނީ ވެސް ފްލޯރަލް ކޭކްތަކެވެ. ހައްވަންގެ އިންސްޓަގްރާމް ބަލަމުންދާއިރު ތަފާތު ވައްތަރުގެ، ވަރަށް ގިނަ، ރީތި ފްލޯރަލް ޑިޒައިންގެ ކޭކުތައް ފެންނަން އެބަހުއްޓެވެ.

އެންމެ ފަހުން ކުރެވުނު، އެންމެ ހިތްހަމަޖެހޭ މަސައްކަތްތަކުން ހައްވަން ފާހަގަކުރީ ކައިވެނި ޕާޓީއަކަށް، ބްރައިޑެއް ބޭނުންވެގެން އަޅައިދިން ގަދީމީ ސްޓައިލްގެ ކޭކެވެ. މި ކޭކުގައި ހުރީ އިހު ޒަމާނުގައި ހިރިގަލުން ކަނޑާ ނަގައިގެން ކުރާ ކަހަލަ ޑިޒައިނެއް ކޮށްފަ އެވެ. އަދި މިހާރު ގޭގޭގައި ގަސް ހެއްދުމަށް އުފެދިފައި އޮތް ހާއްސަ ފޯރިއާ އެކު، ސަކިއުލެންޓް ސްޓައިލަށް ވަރަށް ގިނަ މީހުން ކޭކު އަޅައިދޭން ބުނެ އެވެ. ހައްވަން ވެސް ވަނީ ވަރަށް ފަހުން ތަފާތު ވައްތަރުގެ ސަކިއުލެންޓް ކޭކުތަކެއް ޑިޒައިންކޮށްދީފަ އެވެ.

އުފަން ދުވަސްތަކަށާއި ކައިވެނި ޕާޓީތަކަށް އަދިވެސް ހާއްސަ މުނާސަބަތުތަކަށް ތަފާތު ކޭކުތައް ހައްވަން އަޅައިދެ އެވެ.

View this post on Instagram

A post shared by hawwancakes (@hawwancakes) on

View this post on Instagram

A post shared by hawwancakes (@hawwancakes) on

ކޭކު އެޅުމުގެ އިތުރުން އާޓް އެންޑް ކްރާފްޓް އަދި ތަފާތު އެއްޗެހި ބޭކް ކުރުމަށް ވެސް ހައްވަން ވަރަށް ޝައުގުވެރިވެ އެވެ. އަދި މީގެ ތެރެއިން ބޭކިން ވީހާ ވެސް ބޮޑަށް ކުރިއަށް އޮތް ތަނުގައި ތަޖުރިބާކުރަން އޭނާ ހުރީ ވަރަށް ބޭނުންވެފަ އެވެ.

"އަމިއްލަ އަށް ގަބޫލުކުރެވެނީ މިހާރު މީހުންނަށް އެބަ ރިކޮކްނައިޒްވެއޭ ހަވަންގެ މަސައްކަތްތައް. އެއީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ދެކެނީ،" ކޭކަށް ބަލައިފައި މިއީ ހައްވަންގެ މަސައްކަތެއް ކަން މީހުނަށް އެނގުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަށް ކަމަށް ބުންޏެވެ.

މިއީ ހައްވަން ކޭކްސްގެ ވާހަކައިން ކުޑަ "އެތިކޮޅެ"ކެވެ.

ކޭކް ޑެކޮރޭޝަން

Popular