25 Nov 2020

އިންޑިއާގެ ތަރިންނަށް ރާއްޖެ މާ ރަނގަޅުވީ ކީއްވެ؟

މިދިޔަ އަހަރު 30 ވުރެ ގިނަ އިންޑިއާގެ ސެލެބްރިޓީން އައިސްފައިވޭ

މިދިޔަ އަހަރު 30 ވުރެ ގިނަ އިންޑިއާގެ ސެލެބްރިޓީން އައިސްފައިވޭ

By: Ifraz Ali

އިންޑިއާގެ ތަރިން މިހާރު މާ ގިނައިން ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނާތީ އިންޑިއާގެ ކޮމީޑިއަން ވީރް ދާސް އެކަމަށް ޖޯކު ޖެހި އެވެ. މި ވަގުތު ވެސް ފިލްމެއް ޝޫޓްކުރެވޭ ވަރަށް، ވަރަށް ގިނަ ތަރިން ރާއްޖޭގައި އެބަ ތިބި ކަމަށް ބުނެ އެވެ. ވީރްގެ އިތުރުން އިންޑިއާގެ ބައެއް މީހުންނާއި ނޫސްތަކުން ވެސް މިހާރު ކިޔަނީ "މޯލްޑިވްސް އިޒް ދި ނިއު މުމްބާއީ" ކަމަށެވެ. ނުވަތަ އިންޑިއާ ފިލްމު ސްޓާރުންގެ އާ ފިލްމު ސިޓީއަކަށް ރާއްޖެ ވެއްޖެ ކަމަށެވެ.

މިކަމަށް ސީދާ "ޖޯކު" ނުޖެހިޔަސް، ދިވެހިން ވެސް ރާއްޖެ އަންނަ ތަރިން އުޅޭނުޅޭ ބަލައި، އެ މީހުން ކުރާ ކަންކަމަށް ފާޑުކިޔައި، މިދުވަސްވަރު އެ ވާހަކަތައް ވަރަށް ގިނައިން ދައްކަ އެވެ. އިންޑިއާގެ ތަރިންގެ މެދުގައި ކުއްލިއަކަށް މިހާ މަގުބޫލު މަންޒިލަކަށް މިވީ ކީއްވެތޯ ސުވާލު ވެސް އުފައްދަ އެވެ.

މިހާތަނަށް 16 ވަރަކަށް ތަރިން އަތުވެއްޖެ

ކޮވިޑް-19 އާ ހެދި ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާއަށް ބޮޑު ހީނަރުކަމެއް ލިބުނު މި އަހަރުގެ މިހާތަނަށް، ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލުމަށާއި އެހެން ކަންކަމުގައި އައިސްފައިވާ އިންޑިއާ ތަރިންގެ އަދަދު ހޯދޭތޯ އަހަރެމެން މަސައްކަތް ކުރީމެވެ.

View this post on Instagram

A post shared by mon (@imouniroy)

ޖެނުއަރީ އިން ފެށިގެން މިއަދާ ހަމަ އަށް އިންޑިއާގެ 16 ތަރިއަކު ރާއްޖެ އައިކަން މީޑިއާ ރިޕޯޓްތަކުން އެނގެ އެވެ. މި ތަރިންގެ ދަތުރުތަކުގައި އެމީހުންގެ އާއިލާ މީހުންނާއި ލޯބިވެރިންނާއި އަދި ރައްޓެހިން ވެސް ބައިވެރިވެފަ އެވެ. އަދި މީޑިއާގައި ރިޕޯޓް ނުކުރާ އެތައް ބަޔަކު ވެސް އުޅޭނެ އެވެ. މިދިޔަ އަހަރު އިންޑިއާގެ 30 އަށް ވުރެ ގިނަ ސެލެބްރިޓީން ރާއްޖެ އައިކަން އެނގެން އެބަ އޮތެވެ.

ޗުއްޓީ ހޭދަކޮށްލަން ސިއްރުން އަންނަ ވަރަށް ގިނަ ތަރިން ވެސް އުޅޭތީ މި އަދަދު އިތުރުވުން އެކަށީގެންވެ އެވެ.

މިއަހަރު އެންމެ ފުރަތަމަ ރާއްޖެ އައި ކަމަށް ރިޕޯޓްކޮށްފައިވަނީ އިންޑިއާގެ ޓީވީ އެކްޓަރު ޕާލް ވީ ޕޫރީ އެވެ. އޭގެ ފަހުން، ފެބްރުއަރީގައި ބޮލީވުޑްގެ ސުޕަސްޓާރު، ސަންޖޭ ދަތު އޭނާގެ އާއިލާ ގޮވައިގެން ޗުއްޓީއަށް އައިސްފައިވެ އެވެ. ސަންޖޭ އާއި އޭނާގެ އަންހެނުން މާންޔަތާ ދަތާއި އެ ދެމަފިރިންގެ އެއްމާބަނޑު ދެ ކުދިން ޗުއްޓީ ހޭދަކުރި ރިސޯޓް ހާމަކޮށްފައެއް ވެސް ނުވެ އެވެ.

View this post on Instagram

A post shared by Tiger Shroff (@tigerjackieshroff)

ހަމަ ފެބްރުއަރީ މަހު، ޓީވީ އެކްޓްރެސް މޯނީ ރޯއީ ވެސް އަ އެވެ. މޯނީ ވަނީ ދެ ފަހަރެއްގެ މަތިން މިއަހަރު ރާއްޖެއަށް އައިސްފަ އެވެ. އެއީ ފެބްރުއަރީގެ ފަހުން، އިންޑިއާގެ ލޮކްޑައުން އުވާލުމާ އެކު، ސެޕްޓެމްބަރު މަހުގަ އެވެ. ފަހު ފަހަރު މޯނީ އާއި އޭނާގެ އެކުވެރިޔާ އަދި އެކްޓްރެސް މަންދީރާ ބޭދީއާ އެކު އެވެ. ޓީވީ އެކްޓަރު ގޯތަމް ރޯޑާއި އޭނާގެ އަންހެނުން ޕަންކުޅީ އަވަސްތީ ވެސް ރާއްޖެ އައީ ހަމަ އެ މަހު އެވެ.

View this post on Instagram

A post shared by Taapsee Pannu (@taapsee)

ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރެއިން މި އަހަރު ރާއްޖެއަށް އައީ ތާޕްސީ ޕަންނޫ، ވަރުން ދާވަން، ކެޓްރީނާ ކައިފް، ޓައިގާ ޝްރޮފް، ދިޝާ ޕަޓަނީ އަދި ރަކުލް ޕްރީތު ސިންގް އެވެ. ކެޓްރީނާ އައީ ފޮޓޯޝޫޓަކަށެވެ.

View this post on Instagram

A post shared by Katrina Kaif (@katrinakaif)

ސޮނާކްޝީ ސިންހު އައީ މި ހަފުތާގަ އެވެ. އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ގްރޭންޑް ޕާކް ކޮއްދިއްޕަރު ރިސޯޓުގަ އެވެ. އެ ރިސޯޓްގެ ބީޗުގައި ނަގާފައިވާ ބައެއް ފޮޓޯތައް ސޮނާކްޝީ ވަނީ ޕޯސްޓުކޮށްފަ އެވެ. މީގެ ކުރިން ވެސް އެކި ފަހަރު މަތިން ސޮނާކްޝީ ރާއްޖެއަށް އައިސްފައިވެ އެވެ. އޭނާ ބުނެފައި ވަނީ ރާއްޖެއަށް އާދެވުމަކީ "އަމިއްލަ ގެއަށް" އާދެވުން ކަހަލަ ކަމެކެވެ.

View this post on Instagram

A post shared by VarunDhawan (@varundvn)

މި ވަގުތު ރާއްޖޭގައި ތިބި ތަރިންގެ ތެރޭގައި ސޮނާކްޝީގެ އިތުރުން އެކްޓަރު ސާގިބް ސާލިމް، އެކްޓްރެސް ރަކުލް އަދި ޓީވީ އެކްޓަރު ދީރަޖް ދޫޕަރް ވެސް ހިމެނެ އެވެ.

އިންޑިއާގެ ޓޫރިސްޓުން ގިނަވުމާއި ތަރިންނާ ގުޅުމެއްވޭ؟

އިންޑިއާގައި ވަރަށް ހަލުވިކޮށް ކޮވިޑް-19 ފެތުރެމުންދާ ދުވަސްވަރެއްގައި އެ ގައުމުގެ ތަރިން ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަންނާތީ، ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ބައެއް މީހުންނާއި އާންމުން ވެސް ދަނީ ފާޑުކިޔަމުންނެވެ. އޭގެ ތެރެއިން އެކަކީ ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ނިކިލް ދިވޭދީ އެވެ. އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ ބަލިމަޑުކަމުގެ އިތުރުން އިޖްތިމާއީ ގޮތުން އެހާ މައްސަލަތައް ގިނަ ދުވަސްވަރެއްގައި ތަރިން އެކަމަށް އެއްވެސް ފަރުވާލެއް ނުދީ ޗުއްޓީ ހޭދަކުރުމެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ރާއްޖެ އަންނަ އިންޑިއާގެ ތަރިން އިތުރުވާ ހާއްސަ ސަބަބެއްވެ އެވެ. އެ ސަބަބެއް ކަމަށް ބެލެވެނީ މިދުވަސްވަރު ރާއްޖޭގެ ޓޫރިޒަމް ވަރަށް ބޮޑަށް އަޑިއަޅާލައިފައި އޮތުމުން، ރާއްޖެއަށް ޒިޔާރާތްކުރާ ޓޫރިސްޓުންގެ އަދަދު އިތުރުކޮށްދިނުމަށްޓަކައި އިންޑިއާގެ ތަރިން ބޭނުންކޮށްގެން ރާއްޖޭގެ ރިސޯޓްތަކުން ކުރިއަށް ގެންދާ ހާއްސަ ކެމްޕެއިނެވެ.

View this post on Instagram

A post shared by Rakul Singh (@rakulpreet)

އިންޑިއާގެ ތަރިން އައުމުން އެ ގައުމުގައި ރާއްޖެ ޕްރޮމޯޓްވާ ކަމަށް ބުނެފައިވެ އެވެ.

މި ވާހަކަތަކަށް ބާރުދޭ އެއް ސަބަބު ކަމަށް ބެލެވެނީ ޓޫރިޒަމް މިނިސްޓްރީ މި ހަފުތާގައި ނެރުނު ތަފާސްހިސާބުތަކެވެ. ޓޫރިޒަމް މިނިސްޓްރީގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާރު ރާއްޖެއަށް، ދެ ވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ އިންޑިއާ އިންނެވެ. މިދިޔަ ހަފުތާގައި އެކަނި ވެސް 2،031 ޓޫރިސްޓަކު ރާއްޖެ އައިސްފައިވެ އެވެ. އަދި ކޮވިޑާ ހެދި ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ހުޅުވިފަހުން 5،449 ޓޫރިސްޓަކު އައިސްފައިވެ އެވެ.

View this post on Instagram

A post shared by Dheeraj Dhoopar (@dheerajdhoopar)

އިންޑިއާގެ ޓޫރިސްޓުން އިތުރު ކުރުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ހަދާފައިވާ "ޓްރެވަލް ބަބުލް" ގެ ސަބަބުން ވެސް ޓޫރިސްޓުން އިތުރުވެ އެވެ. ޓްރެވަލް ބަބުލްގެ ދަށުން ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓުން އެނބުރި ގައުމަށް ގޮސް ކަރަންޓީނުވާކަށް ނުޖެހެ އެވެ.

އެހެން ގައުމުތަކުން އަންނަ ތަރިން މަދު؟

ޔޫރަޕާއި އެމެރިކާގެ ތަރިންނަށް ބަލާ ނަމަ، މިއަހަރު ރާއްޖެއަށް އައި ކަމަށް ރިޕޯޓްކޮށްފައި ވަނީ ވަރަށް މަދު ތަރިންނެވެ. މިދިޔަ އަހަރު އެ އަދަދު 15 އަށް ވުރެ ގިނަވި ނަމަވެސް، މިއަހަރުގެ މިހާތަނަށް އައި ކަމަށް އެނގެން އޮތީ ލަވަކިޔުންތެރިން ކަމަށްވާ މެޑޯނާ އާއި ޝަކީރާ އެކަންޏެވެ.

View this post on Instagram

A post shared by Shakira (@shakira)

ޗުއްޓީ ހޭދަކޮށްލުމަށް ސިއްރުން އަންނަ ވަރަށް ގިނަ ތަރިން ވެސް އުޅޭތީ އަސްލު އަދަދުތައް ތަފާތުވުން އެކަށީގެންވެ އެވެ. ޔޫރަޕުން އަންނަ ތަރިން މަދުވާ ސަބަބެއް ކަމަށް ބެލެވެނީ އަދިވެސް އެ ހިސާބުގެ ގިނަ ގައުމުތަކުގައި ބޯޑަރު ބަންދުކޮށްފައި އޮތުމާއި ކޮވިޑް ފެތުރުން މަޑު ނުޖެހުމެވެ.

ބޮލީވުޑް އިންޑިއާ ޗުއްޓީ ދުވަސްވަރު

Popular