19 Jul 2021

By: Ahmed Jaishan

ވީޓީވީގައި މަސައްކަތްކުރަނިކޮށް ޝަރަފުއްދީން (ޝަރަފު) އަބްދުﷲ އަށް، އެކްޓިންގެ ދާއިރާ އަށް ވަނުމަށް ލިބުނީ ހީކުރި ކަހަލަ ގޮތަކަށް ނޫނެވެ. އެތައް އަހަރެއް ޝަރަފު ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދުމަށް ފުރުސަތު ލިބި އެ ހުވަފެނުގައި ކުލަޖެއްސުމަށް މިހާރު އެ ހުރީ އަރުކުރި އޮޅާލައިގެންނެވެ.

އުމުރުން 29 އަހަރުގެ ޝަރަފު އެންމެ ކުޑައިރުން ފެށިގެން ވެސް އެކްޓިން އަށް ޝައުގުވެރިވެ އެވެ. ޝަރަފް ބުނި ގޮތުގައި ކޮންމެވެސް ދުވަހަކު އެކަން ވާނެ ކަމުގެ އުންމީދު ކުރި އެގެ.

"އެންމެކުރިން ރަށުގައި އުޅުނު އިރު ވެސް ފޯނުންނާއި އެހެން ގޮތްގޮތުން އެކި ކަހަލަ ވީޑިއޯތައް ރިކޯޑުކޮށް އެކްޓުކޮށް އުޅުނިން. މިއީ ވަރަށް ކުރާ ހިތްވާ ކަމެއް،" ރ. މީދޫ އަށް އުފަން ޝަރަފު ބުންޏެވެ.

އެކްޓަރަކަށް ވާން ފުރުސަތު ލިބުނީ ވީޓީވީގެ ޑްރާމާއެއްގައި އޮފީސް ތެރެއިންނެވެ. އަދި އެ ޑްރާމާގެ ތެރެއިން ޝަރަފު ބޭނުންވި މިސްރާބަށް ދަތުރުކުރުމުގެ ފުރަތަމަ ފެހި ސިގުނަލް ދައްކާލި އެވެ.

ފިލްމު އިންޑަސްޓްރީއަށް އާ އެހެން ނަމަވެސް ފެންވަރު މިހާރު ވެސް ދައްކާލާފައިވާ އައި ފިލްމްސްގެ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) އަށް ޝަރަފުގެ ހުނަރުގެ ވާހަކަ އަޑުއިވުނީ އެވެ. އޭރު އިއްލެ މަސައްކަތް ކުރަމުން އައީ އޭނާގެ ފުރަތަމަ ފިލްމު "ބަވަތި"ގެ މަސައްކަތެވެ. އަދި ދެވަނަ ފިލްމެއް އުފެއްދުމަށް ވިސްނި އިރު އެ ފިލްމަށް ޝަރަފު ހަމަޖެއްސުމަށް ފުރުސަތު ލުބުނީ ސީދާ އިއްލެގެ ފަރާތުންނެވެ.

"އިއްލެ ކުރިން ވީޓީވީގައި މަސައްކަތް ކޮށްފައިވާތީ އެނގުނީ. ދެން ބުނި ފިލްމަކުން ފުރުސަތު ބޭނުންހޭ،" ޝަރަފު ކިޔައިދިނެވެ.

View this post on Instagram

A post shared by Sharaf Abdulla (@sarappey)

އެހާ ބޮޑު ފުރުސަތެއް ލިބުމުން އެ ފުރުސަތާ މެދު ރަނގަޅަށް ވިސްނުމަށްފަހު އިއްލެގެ ދެވަނަ ފިލްމު "ނީނާ"ގެ ލީޑް ރޯލަށް އެއްބަސްވި އެވެ. އެހާ ހިސާބުން ޝަރަފަށް ފިލްމު އިންޑަސްޓްރީއަށް ވަދެވުނީ އެވެ. އެއްވެސް ވަރަކަށް އެގޮތަށް ކަންތައް ވެދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެ އެވެ.

ނީނާ އަށްފަހު ޑާކްރެއިންގެ ކުރިއަށް އޮތް ފިލްމު "ބަޅިނދު"ގެ ރޯލަކުން ވެސް އޭނާ އަށް ވަނީ ފުރުސަތު ލިބިފަ އެވެ. އިތުރު އެންތޯލޮޖީ ސީރީޒްއެއްގައި ވެސް ޝަރަފު ބައިވެރިވެފައިވާއިރު އެ އުފެއްދުންތަކުން ވަރަށް އަވަހަށް އޭނާ އާންމުންނަށް ފެންނާނެ ކަމުގެ އުއްމީދު ޝަރަފު ކުރެ އެވެ.

View this post on Instagram

A post shared by Sharaf Abdulla (@sarappey)

އަދިވެސް ބޮޑެތި އުއްމީދުތަކެއް!

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޝަރަފުގެ ހުވަފެނުގައި ކުލަޖެހެންފަށާފައިވާ ކަމުގެ މަންޒަރު ފެނިފައިވާއިރު ކުރިއަށް އޮތް ތަނުގައި ވެސް އޭނާ ކުރާ ބޮޑެތި އުއްމީދުތަކެއް އެބަހުއްޓެވެ.

ޝަރަފު ބުނި ގޮތުގައި ކުރިއަށް އޮތް ތަނުގައި އެންމެ ބޮޑަށް ބޭނުންވަނީ ފިލްމު ޑައިރެކްޝަނަށް ދާށެވެ. މިހާރު ވެސް ފިލްމު ޑައިރެކްޝަނުގެ މަސައްކަތް ކުރަން އިއްލެގެ ފަރާތުން ފުރުސަތު ލިބޭ ކަމަށް ޝަރަފު ބުންޏެވެ.

"އެކަމު ޑައިރެކްޝަނަށް ދިޔުމުގެ ކުރިން އެކްޓިން އިން ބައިވަރު އެއްޗެހި އަދި ދަސްކުރަން އެބަހުރި. އެއަށްފަހު އެހާ ހިސާބަށް ދެވޭނީ އަދި. އެންމެ ފިލްމެއް ކުޅެލާފައި ޑައިރެކްޓަރަކަށް ވެވޭނެ ކަމަކަށް ގަބޫލެއް ނުކުރަން،" ޝަރަފު ބުންޏެވެ.

ޝަރަފުގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ އިރު އެ ހުރިހާ ކަމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އެގޮތުން އެކްޓިންގެ މަސައްކަތް ކުރަމުން އަންނަނީ ފުލްޓައިމް ވަޒީފާއެއްގައި ވެސް މަސައްކަތް ކުރަމުންނެވެ.

View this post on Instagram

A post shared by Sharaf Abdulla (@sarappey)

އޭނާ ބުނިގޮތުގައި ފިލްމު ކުޅުމަށް މަސައްކަތް ކުރަނީ ވަޒީފާގައި އުޅުމަށް ފަހު ލިބޭ ހުސްވަގުތު ތަކުގަ އެވެ. ފިލްމު އިންޑަސްޓްރީ އަކީ ރާއްޖޭގައި އެންމެ ސަސްޓެއިނަބަލް ދާއިރާއަށް ނުވާތީ ފިލްމު ކުޅެވޭނީ ވަޒީފާއަށް ދަމުން ކަމަށް އޭނާ ބުންޏެވެ.

ފުރަތަމަ ފިލްމު "ނީނާ"ގެ ގިނަ މަންޒަރުތައް ނަގާފައިވަނީ ލ. އަތޮޅުގަ އެވެ. އެއާ ގުޅިގެން އެ ފިލްމުގެ ޝޫޓިންގެ މަސައްކަތް ކުރުމަށް ދިޔައީ ވަޒީފާގެ ޗުއްޓީ ދުވަސްވަރުގައި ކަމަށް އޭނާ ފާހަގަކުރި އެވެ.

އެކްޓިން ކުރުމުގެ މަސައްކަތް ރާވާފައިވާނީ ވަޒީފާގެ ޝެޑިއުލްގައި އޮންނަ ގޮތަށް އެއަށް ބަލައިގެން ކަމަށް ޝަރަފު ބުންޏެވެ.

View this post on Instagram

A post shared by Sharaf Abdulla (@sarappey)

އެގޮތަށް ކަންތައް އޮތް ނަމަވެސް ޝަރަފު ދެ ކަންތައް ކުރަމުން އޭނާގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތް ފަސޭހަކޮށްދިނުމަށް ޑައިރެކްޓަރުން، ހާއްސަކޮށް އިއްލެގެ ބޮޑު އެހީތެރިކަމެއް ލިބެ އެވެ. އެގޮތުން ޝޫޓިން ވަގުތުތައް ކަނޑައަޅާއިރު ޝަރަފުގެ ވަޒީފާއަށް ބުރޫ ނާރާ ގޮތަށް ޝެޑިއުލް ހެދުމަށް އިއްލެ ބޮޑު އިސްކަމެއް ދެ އެވެ.

ޝަރަފު އެ ކުރަމުންދާ ހުރިހާ މަސައްކަތެއްގެ ފަހަތުގައި އާއިލާ އާއި އެކުވެރިންގެ ވެސް ބޮޑު އެއްބާރުލުމާއި އެހީތެރިކަން އޮންނަ ކަމަށް ބުނެ އެމީހުންނަށް ޝުކުރު އަދާކޮށްފައި ވެއެވެ.

އެކްޓްކުރުން

Popular