12 Jun 2018

ފެންފޮޅި ބަދަލުކޮށްލަމާ ހިނގާ!

ފެންފޮޅި ބަދަލުކޮށްލަމާ ހިނގާ!

By: Asiya Abdul Raheem (Dietician)

ފެންފޮޅިއަކީ ޒަމާނުއްސުރެ ރޯދަމަހަށް ޚާއްސަކޮށްގެން އަޅުގަނޑުމެން ކައި އުޅޭ އެއްޗެކެވެ. ފެންފޮޅި ފިހަނީ ހަނޑޫ ކަމީރު ކޮށްގެން ނުވަތަ ގޮދަންފުށުގެ ތެރެއަށް ބިހާއި ފެން އަޅައި ތަވައެއްމަތީ ތުނިކޮށް ފަތުރައި ފިހެގެނެވެ.

ފެންފޮޅި ޢާއްމުކޮށް ކައި އުޅެނީ ކިރާއި ނުވަތަ ދިވެހި މަސް ހަވާދުގައި ކައްކާފައި ހުންނަ ވަޅޯމަހު ރިހައާއި އެވެ. އަލުގަނޑުމެން އާއްމުކޮށް ފެންފޮޅި ތައްޔާރުކުރަނީ އާދައިގެ ގޮދަންފުށުގައި ނަމަވެސް މިހާރަކަށް އައިސް ބައެއް މީހުން އާޓާ ފުށުގައި ވެސް ފެންފޮޅި ތައްޔާރުކޮށް އުޅެއެވެ. ގިނަ ގައުމުތަކުގެ ޑައިޓަރީ ގައިޑްލައިންގައި މަޝްވަރާދެނީ ދުވާލެއްގައި ކާ ގޮވާމުގެ ބާވަތްތަކުގެ ދެބައިކޮށްފައި އެއްބައި ނަމަވެސް ހޯލްގްރޭންގެ ބާވަތްތަކަށް ބަދަލު ކުރުމަށެވެ. އާޓާ ފުށަކީ ގޮދަނުގެ ހޯލްގްރޭންއިން އުފައްދާ ފުށެވެ.

ހަކުރުބަލީގެ މީހުން، ލޭ މައްޗަށް ދާ މީހުން، ލޭގެ ކޮލެސްޓްރޯލް މައްޗަށްދާ މީހުންނަށް އާޓާފުށުން ފެންފޮޅި ފިހުން މާ ރަނގަޅުވާނެއެވެ. އެއީ އޭގައި ހިމެނޭ ފައިބަރގެ މިންވަރު ގިނަ ވީމަ ހަށިގަނޑަށް ހަކުރު ނަގާ ރޭޓް ދަށް ވުމުން ކުއްލިއަކަށް ލޭގެ ހަކުރު މަތިވިޔަނުދީ ބެހެއްޓޭނެއެވެ. އަދި ފައިބަރަކީ ލޭގެ ޕްރެޝަރު ދަށްކޮށްދިނުމާއި ކޮލެސްޓްރޯލް ދަށްކުރުމަށް އެހީވާ މާއްދާއެކެވެ.

Popular