19 Nov 2017

ހިތުގެ ޑޮކްޓަރަކަށް ވާން އުޅެނިކޮށް ލިބުނީ ދުނިޔޭގެ ހިތް

ރީތީގެ ރާނީގެ ތާޖު 17 އަހަރަށް ފަހު އިންޑިއާއަށް ހޯދައިދިން ޝީލާ ކިޔަވަނީ ހިތުގެ ޑޮކްޓަރަކަށް ވާށެވެ. އެކަމަކު މި ދަތުރުގައި އެހެން މަގަކުން ގޮސް އެރުނީ ރާނީންގެ ސްޓޭޖަށެވެ.

ރީތީގެ ރާނީގެ ތާޖު 17 އަހަރަށް ފަހު އިންޑިއާއަށް ހޯދައިދިން ޝީލާ ކިޔަވަނީ ހިތުގެ ޑޮކްޓަރަކަށް ވާށެވެ. އެކަމަކު މި ދަތުރުގައި އެހެން މަގަކުން ގޮސް އެރުނީ ރާނީންގެ ސްޓޭޖަށެވެ.

މިސް ވޯލްޑްގެ ތާޖު 17 އަހަރަށް ފަހު އިންޑިއާއަށް ހޯދައިދިން މަނޫޝީ ޝީލާ އަކީ މެޑިކަލް ސްޓޫޑެންޓެކެވެ. އޭނާގެ ހުރިހާ ވަގުތެއް ހުސްކޮށްގެން އުޅުނީ ހިތުގެ ޑޮކްޓަރަކަށް ވުމަށެވެ. އެކަމަކު އެންމެފަހުން އޭނާއަށް އެރުނު ސްޓޭޖަކުން އެންމެންގެ ހިތްތައް ފަތަހަވީ އެވެ. ބައެއް މީހުންގެ ހަލާކު ނުވާ ކަމެއް ވެސް ނޭނގެ އެވެ.

ޕްރިޔަންކާ ޗޯޕްޅާ މިސް ވޯލްޑްގެ ތާޖު އެޅި ފަހުން އިންޑިއާއަށް އެ އުފާ އަދި މި ލިބުނީ އެވެ. މެއި 14، 1997 ގައި އިންޑިއާގެ ހަރިޔާނާއަށް އުފަންވި ޝީލާ މިސް ވޯލްޑްގެ ރޭހަށް ނިކުތީ ފެމިނާ މިސް އިންޑިއާގައި 29 ބައިވެރިޔަކާ ވާދަކޮށް އެންމެންގެ ހިތް ހޯދައިގެންނެވެ.

ނިއު ދިއްލީގެ ސެއިންޓް ތޯމަސް ސްކޫލުން ކިޔެވުމަށް ފަހު ބާގަތު ޕޫލް ސިންގް ގަވަމަންޓް މެޑިކަލް ކޮލެޖުގައި މެޑިކަލް ޑިގްރީއަށް ކިޔަވަމުން އަންނަ ޝީލާ ބޭނުންވަނީ ހިތުގެ ޑޮކްޓަރަކަށް ވާށެވެ. އޭނާގެ ބައްޕަ އަކީ ސައިންސްވެރިއެކެވެ. މަންމަ އަކީ ނިއުރޯކެމިސްޓްރީގެ އެސޯސިއޭޓް ޕްރޮފެސަރެކެވެ.

އެންމެ ރީތިކަމުގެ ޝަރަކާ އެކު ދުނިޔެއަށް މަޝްހޫރުވި އިރު ވެސް ޝީލާ ވަނީ ކައިވެންޏަށް ތައްޔާރުވާން ފަށައިފަ އެވެ. އާއިލީ ރައްޓެއްސެއް ކަމަށްވާ އިޝާންތު ނައްޔާރާ އެންގޭޖް ވެފައިވާ ޝީލާ ދެން ކުރިއަށް ދާނެ ގޮތެއް އަދި ނޭނގެ އެވެ.

ކިޔެވުމަށް ގިނަ ވަގުތު ހޭދަކުރިޔަސް އޭނާ އަކީ ޕެރަގްލައިޑިން، ބަންގީ ޖަންޕިން، ސްނޯކެލިން އަދި ސްކޫބާ ޑައިވިން އަށް ލޯބިކުރާ މީހެކެވެ. އިންޑިއާގެ ސަގާފީ ނެށުންތަކަށް ފައި ހަމަކުރަން އޭނާ ވަނީ ދަސްކޮށްފަ އެވެ. ހުސް ވަގުތުގައި ކުރެހުމަކީ ވެސް ކޮށް އުޅޭ ކަމެކެވެ.

ރީތީގެ ރާނީއަކަށް ވުމުގެ ކުރިން ވެސް ހޭލުންތެރިކަން އިތުރު ކުރުމުގެ ކެމްޕޭނުތައް ޝީލާ ވަނީ ހިންގައިފަ އެވެ. މައްސަރު ކަންތަކާ މެދު ދެކޭ ބޯދާ ގޮތާއި އެކަމާ ގުޅިގެން ސާފުތާހިރުކަމުގެ ގޮތުން ކުރަންޖެހޭ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރަން ވިއްސަކަށް އަވަށަށް ގޮސް 5000 އަށް ވުރެ ގިނަ އަންހެނުންނަށް ޝީލާ ވަނީ މައުލޫމާތު ދީފަ އެވެ.

މިސް ވޯލްޑްގެ ތާޖަކީ ޝީލާގެ ވާހަކަތަކުގެ ފެށުމަކަށް ނޫނީ ނުވާނެ އެވެ. އަދި އިވޭ އަޑުތައް ގިނަވާނެކަމާ މެދު ސުވާލެއް ނެތެވެ.

އިންޑިއާ

Popular