22 Jan 2018

މަންވާގެ ފުން މާނަ: ކޮޓަން ކޭންޑީ ސްކްރީމްސް

މިއީ އުމުރުންް އެންމެ 21 އަހަރުގެ އައިޝަތު މަންވާ ފެޝަންގެ ދާއިރާ އަށް ވަން ގޮތާއި އޭނާގެ ކުރިމަގު ކުރަހާލާ ގޮތެވެ. އެންމެ މަގުބޫލު އެއް ފެޝަން ޑިޒައިނަރުގެ ހަޔާތުގެ ތެރެއަށް ފީނާލަމާ ހިނގާށެވެ!

މިއީ އުމުރުންް އެންމެ 21 އަހަރުގެ އައިޝަތު މަންވާ ފެޝަންގެ ދާއިރާ އަށް ވަން ގޮތާއި އޭނާގެ ކުރިމަގު ކުރަހާލާ ގޮތެވެ. އެންމެ މަގުބޫލު އެއް ފެޝަން ޑިޒައިނަރުގެ ހަޔާތުގެ ތެރެއަށް ފީނާލަމާ ހިނގާށެވެ!

By: Nurah Rasheed

އެސްފިޔަ ޖަހާލާހާ އަވަހަށް ސްޓައިލްތައް ބަދަލުވަމުންދާ ދުނިޔެއެއްގައި އެ ބަދަލުތަކާ އެއް ހަމައެއްގައި ހިފެހެއްޓުމަށް މިކަމުގެ ތެރެއަށް ވަރަށް ބޮޑަށް ވަންނަން ޖެހެ އެވެ. މި ހުރިހާ ކަމެއްގެ ތެރެއިން ފުރޭނިގެން އަންނަ އެންމެ މަގުބޫލު އެއް ފެޝަން ޑިޒައިނަރުގެ ހަޔާތުގެ ތެރެއަށް ފީނާލަމާ ހިނގާށެވެ! ޝައުގުވެރި ކަންތައްތަކެއް ފެނިގެން ހިނގައިދާނެ އެވެ. މިއީ އުމުރުންް އެންމެ 21 އަހަރުގެ އައިޝަތު މަންވާ މި ދާއިރާ އަށް ވަން ގޮތާއި އޭނާގެ ކުރިމަގު ކުރަހާލާ ގޮތެވެ.

މި ދާއިރާ އަށް އޭނާގެ ޝައުގުވެރިކަން އުފެދުނީ އިއްޔެއަކު މިއަދަކު ނޫނެވެ. އޭގެ މާ ކުރިންނެވެ. އޭނާ ބުނާ ގޮތުން އެންމެ ކުޑައިރުއްސުރެ ވެސް މި ދާއިރާ އަށް އޭނާގެ ޝައުގުވެރިކަން ހުއްޓެވެ.

"ކުޑަ އިރުއްސުރެއް އެކި ސްޓައިލްތަކަށް ލޯބި ޖެހި އާދަޔާ ހިލާފު ޝައުގުވެރިކަމެއް އުފެދުނު. އާއިލާގެ ތެރޭގައި ހެދުން ފަހާ، ކުޑައިރު ލެއްވި ހެދުންތަކަށް ވެސް ވަކި ހިސާބަކުން ފާޑުކިޔަން ފަށައިފިން،" އޭނާ ބުންޏެވެ. "އަމިއްލަ ސްޓައިލްއަކީ ކޮބައިކަން އޭރު ވެސް ހިތް ބުނަމުންދޭ. ބޭރު ގައުމުގެ އެކި ޑިޒަައިނަރުންގެ ކަންތައްތައް ހޯދައި ބަލާ. ކޭ ޕޮޕް ފެޝަނަށް ލޯބި ޖެހެން ފެށުނު. ބައެއްފަހަރު ސްކޫލްގައި ކިޔަވަން ގެންގުޅުން ފޮތްތަކުގެ ފަހަތުގައި އަމިއްލަ ސްޓައިލަށް ކުރަހާފައި ހުރި ތަން ފެނުނީމަ ޓީޗަރުން މައްސަލަ ޖައްސާ ވެސް ހެދި. އޭރު ވެސް އެނގިއްޖެ ފެޝަނަށް ޖެހިފައި ހުރި ކަންް. އެހެންވެ، އެ އޮތްް ލޯތްބެއްގެ ބޮޑުކަމުން މިކަމެއް ނުހުއްޓުނު."

އޯ ލެވެލް އަށް ކިޔަވާ ނިންމުމަށް ފަހު އޭނާގެ އަސްލު މަސައްކަތުގައި އަތުކުރި އޮޅާލި އެވެ. އެކި މީހުންނަށް މޭކަޕްކޮށްދީ ހެދުން ޑިޒައިންކޮށްދޭން ފެށި އެވެ. އަދި އިތުރަށް ފައިސާ ހޯދުމުގެ ގޮތުން އެކި ކަހަލަ ވަޒީފާތަކަށް ދާން ފެށި އެވެ. އެންމެ ފުރަތަމަ، ކެޕިޓަލް ރޭޑިއޯގައި ޑީޖޭގެ މައިކްގައި އޭނާ ހިފި އެވެ.

"ދެން ކިޔަވަން އިންޑިއާ އަށް ދިޔައީ."

އިންޑިޔާ އަށް ދިއުމަކީ އޭނާގެ ވަރަށް ބޮޑު ނަސީބެވެ. ހަގީގަތުގައި އޭނާގެ ހުރި ހުނަރާއި ކުރާ ހިތްވފައި ހުރި ކަމެއްގެ ތެރެއަށް އިތުރު މައުލޫމާތުތައް އޮހެން ފެށި އެވެ. އަމިއްލަ ސްޓައިލަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށީ މި ހިސާބުންނެވެ. ބުރުގާ އަޅައިގެން ވެސް އެންމެ ފަހުގެ ޓޮޕް ޓްރެންޑްތަކުގައި ވިދާ ބަބުޅާލެވޭނެކަން ގަބޫލުކޮށް، ކައިރީގައި ބަލަން ތިބި ބަޔަކަށް އެކަން އޭނާ ސާބިތުކޮށްދޭން ފެށި އެވެ. ޑިޕްލޮމާއިން ކޮމްޕިއުޓާ ސްޓަޑީސް އެންޑް ޕްރޮގްރާމިން އާއި ފެޝަން އިލަސްޓްރޭޝަންސް އިން ލެވެލް ތިނެއްގެ ކޯހެއް އޭނާ އިންޑިޔާގައި ނިންމި އެވެ.

"އަލުން އެނބުރި މާލެ އަންނަންޖެހި މެރާކީ އިން ބަރިސްޓާއެއްގެ ޓްރެއިނިން އަށް ފަހު ސިވިލް ކޮފީ ސޮސައިޓީގައި ވެސް މަސަތްކަތް ކުރިން. ދެން ހުސްވަގުތުތަކުގައި ވެސް މި މަސައްކަތް ކުރަން ފެށީ،" އޭނާ ބުންޏެވެ.

ފެޝަންގެ ދާއިރާއިން އިތުރަށް ކިޔެވުމަށް އޭނާ އަނެއްކާ ވެސް ރާއްޖެ އިން ބޭރަށް ދިޔަ އެވެ. މިފަހަރު ސްރީލަންކާ އަށެވެ. އޭނާ މިހާރު ވެސް އަންނަނީ ލަންކާގެ އޭއޯޑީގައި ފެޝަން މާކެޓިން ޑިގްރީ ޕްރޮގްރާމްއިން ތައުލީމު ހާސިލް ކުރަމުންނެވެ.

"ކިޔަވަން ފެށިއިރު އެއްވެސް ސޮފްޓްވެއާ އަކާ ކުޅޭކަށް ނޭނގެ. މިހާރު ފޮޓޯޝޮޕުން ފެޝަން މެގަޒިން އެއްޗެހި ޑިޒައިންކޮށް އަދި ކެޑް ސޮފްޓުވެއާއިން ވެސް މަސައްކަތް ކުރަން. ލަންކާގައި ބައެއް ޑިޒައިނަރުންނާ އެކު މިހާރު ވެސް މިދަނީ ބައެއް މަސަތްކަތްތައް ކުރަމުން. އަދި މި އަހަރު މާސިޑިޒް ބެންޒް ފެޝަން ވީކްގައި ވެސް މަސައްކަތް ކުރިން. މިހާރު މަސައްކަތް މިކުރަނީ ޕެރެޑައިސް ރޯޑް ކިޔާ ލަންކާގެ ކުންފުންޏަކަށް،" މަންވާ ބުންޏެވެ.

މަންވާގެ ޑިޒައިން ޕްރޮސެސް ފަށަނީ ކޮންމެވެސް ކަހަލަ ހިޔާލަކުންނެވެ. އެއަށްފަހު ސަބްޖެކްޓާ ގުޅޭ ފޮޓޯ ހޯދައިގެން މޫޑްބޯޑެއް ހަދައެވެ. ބައެއް ފަހަރު ފެންނަ އެެއްޗަކުން އަމިއްލަ އަށް ފޮޓޯ ނަގައިގެން ވެސް މޫޑް ބޯޑަށް ލައެވެ. އެއަށް ފަހު ޑިޒައިންގެ ކުލަ އަދި ޕްރިންޓް ޑިވެލޮޕް ކުރެ އެވެ. އެއްކޮށްފައިވާ ހިޔާލުތަކަށް ބިނާކޮށް ފައިނަލް ކަލެކްޝަންގެ ހެދުންތައް ޑިޒައިންކޮށް ޑިވެލޮޕް ކުރެއެވެ. މަންވާ ދެކޭގޮތުގައި ރަނގަޅު ރިސާޗެއް ހެދުމަކީ މި ހުރިހާ ކަމެއްގެ ތެރޭގައި ހިމަނަންޖެހޭ ވަރަށް މުހިންމު ކަމެކެވެ. ޓްރެންޑުތައް އަވަސް އަވަހަށް ބަދަލުވާ ދުނިޔެއެއްގައި އަޕްޑޭޓަޑް ރިސާޗެއް ހެދުމުން ވާ ފައިދާތައް މާ ބޮޑެވެ.

ސްރީލަންކާގައި ތައުލީމު ހާސިލްކުރަމުން، ޕެރެޑައިސް ރޯޑްގައި މަސައްކަތް ކުރަމުން އަދި އިތުރު ކަމެއް ވެސް މަންވާ ކުރެއެވެ. އޭނާގެ އިންސްޓަގްރާމް ފީޑް ބަލާލުމުން މި ކަން ވަރަށް ބޮޑަށް އެނގިގެންދާނެ އެވެ. ރީތި އޮރިޖިނަލް ކޮންސެޕްޓްތަކުގެ ހެދުމާއި ސްޓައިލިންއާ އެކު މަންވާ މޮޑެލް ކޮށްފައި ހުންނަ ފޮޓޯތަކެވެ. އޭނާގެ އިންސްޓަގްރާމަކީ ފެޝަން ބްލޮގެކެވެ. ކްރިއޭޓިވް އިންސްޕިރޭޝަންތަކުން އުތުރި އަރާފައިވާ ހިތްގައިމު ފޮޓޯތަކެކެވެ. ޕްރޮފެޝަނަލީ ބްލޮގް ކުރަމުން ނުދާ ނަމަވެސް، މިއީ ކުރިއަށް އޮތް ދުވަސްތަކުގައި ޓްރެންޑް ސެޓު ކުރާނެ އެކަކެވެ. މީ 'ކޮޓަން ކޭންޑީ ސްކްރީމްސް' އެވެ.

ފެޝަން

Popular