13 Feb 2018

"މޭސީސް"އިން ބުރުގާ އަޅާ މީހުންނަށް ހާއްސަ ކަލެކްޝަނެއް

ބުރުގާ އަޅާ މީހުންނަށް ހާއްސަ ކަލެކްޝަނެއް "މޭސީސް" އިން މި މަހުގެ 15 އިން ފެށިގެން ލިބެން ހުންނާނެ

ބުރުގާ އަޅާ މީހުންނަށް ހާއްސަ ކަލެކްޝަނެއް "މޭސީސް" އިން މި މަހުގެ 15 އިން ފެށިގެން ލިބެން ހުންނާނެ

By: Nurah Rasheed

އެމެރިކާގެ މަޝްހޫރު ޑިޕާޓްމަންޓް ސްޓޯރު މޭސީސްގެ ފިހާރައިންނާއި އެތަނުން އޮންލައިންކޮށް ހިންގާ ވިޔަފާރިތަކުން، ބުރުގާ އެޅި މީހުންނަށް ހާއްސަ ހެދުންތަކެއް ވިއްކަން ތައްޔާރުވެއްޖެ އެވެ. ބުރުގާ އަޅާ މީހުންނަށް ހާއްސަކޮށް މި މަހުގެ 15 އިން ފެށިގެން ހާއްސަ ހެދުންތައް ލިބޭނެ އެވެ. މިއީ ބުރުގާ އަޅާ މީހުންނަށް ހާއްސަކޮށް މޭސީސް އިން ހިންގާ މިފަދަ ފުރަތަމަ ޕްރޮމޯޝަނެވެ.

މި ހެދުންތަކަކީ "ވެރޮނާ ކަލެކްޝަން"ގެ ރެޑީ ޓު ވެއާ ހެދުންތަކެކެވެ. އޭގެތެރޭގައި ހެދުމާއި ޓޮޕާއި ކާޑިގަން އާއި ހަރުވާޅާއި ބުރުގާގެ އެކި ކަހަަލަ ފޮތި އެކި ކުލަތަކުން ލިބެން ހުންނާނެ އެވެ.

ވެރޮނާ ކަލެކްޝަނަކީ ހަމައެކަނި ހެދުން ބްރޭންޑެއް ނޫނެވެ. މިއީ އަންހެނުންނަށް އެމީހުންގެ އަމިއްލަ އައިޑެންޓިޓީއެއް އުފައްދައިދީ، އަމިއްލަ މީހާ ހިތްހަމަޖެހޭ ގޮތަށް ހެދުން އެޅޭނެ ކަހަލަ ފެޝަންތައް ލިބެން ހުންނަ ޕްލެޓްފޯމެެކެވެ.

ލިސާގެ ހެދުންތައް ޑިޒައިންކުރަން އިންސްޕިރޭޝަން ހޯދަނީ "މޮޑެސްޓް" ހެދުންތަކަށް އޮންނަ ލޯބީގެ ބޮޑުކަމުންނެވެ. އޭނާ ފުރަތަމަ ޑިޒައިންކުރަން ފެށީ އެކި ކަހަލަ އަތްކުރި ލާފައި ހުންނަ ކާޑިގަންސް އާއި މެކްސީ ސްޓައިލްގެ ހެދުމާއި އަމިއްލަޔަށް ޑައި ކޮށްފައި ހުންނަ ހިޖާބެވެ. ކޮންމެ ހަފުލާއަކަށް ކޮންމެ ވަގުތެއްގައި ވެސް ލައިގެން އުޅެވޭނެ ކަހަލަ ރީތި "އެލެގަންޓް" ހެދުންތަކެކެވެ.

މި ބުރުގާ ހެދުން ކަލެކްޝަނަކީ މޭސީސް ޑިޕާޓްމަންޓް ފިހާރައިގެ ޕްރޮގުރާމެއްގެ ދަށުން ޑިޒައިން ކުރެވިފައިވާ ހެދުންތަކެކެވެ.

"މި ޕްރޮގުރާމުގެ މަގްސަދަކީ ކުދި ވިޔަފާރިތަކާއި ވިޔަފާރިކުރާ އަންހެނުން ކުރިއެރުވުމަށް މަސަތްކަތްކޮށް ކުރިއަށް ހުރި ދުވަސްތަކުގައި މި ވިޔަފާރިތަކަކީ އަހަރެމެންގެ ރީޓެއިލް ޕާޓްނަރުންގެ ގޮތުގައި ފެންނާނެ ބައެއް ކަމަށް ހެދުން،" މޭސީސްގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ޝޯން އައުޓްލާ އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

ބުރުގާ އާއި ބުުރުގާ އަޅާ މީހުންނާއި އެމީހުންނަށް ހާއްސަކޮށް ޑިޒައިންކޮށްފައިވާ ހެދުންތައް މިހާރު އަންނަނީ ދުނިޔޭގެ މަޝްހޫރު އެކި ބްރޭންޑުތަކުން ފެންނަމުންނެވެ. އޭގެ ތެރޭގައި ލޮރިއަލް، ނައިކީ، އޮލިމްޕިކްސްގަޔާއި އަދި ވޯގް އަރަބިއާގެ ކަވަރުގައި ވެސް އިސްތިހާރުވެއްޖެ އެވެ.

ފެޝަން

Popular