11 Jun 2018

މަށަށް އެންމެ ސަޅީ: ރަޒީގެ 11 ސިއްރު

މަށަށް އެންމެ ސަޅީ: ރަޒީގެ 11 ސިއްރު

By: Nurah Rasheed

މި ހަފުތާގެ "މަށަށް އެންމެ ސަޅީ" ސެގްމަންޓުގައި މި ގެނެސްދެނީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ފެޝަން ޑިޒައިނަރު ރަޒީނާ ތައުފީގެވެ. "ރަޒީ ކަލެކްޝަން"ގެ ނަމުގައި އަހަރެމެންނަށް ފެންނަ ހެދުންތަކުގެ ފަހަތުގައިވާ ހުނަރުވެރިއަކީ މިއީ އެވެ. ފަހަކަށް އައިސް ރަޒީގެ އެންމެ ރީތި މަސަތްކަތްތައް ފެންނަނީ ފިލްމީ ތަރި އައްޒަގެ ހެދުންތަކުންނެވެ.

އެހެންކަމުން ރަޒީގެ އެންމެ ފޭވަރިޓް ސްޓައިލްތަކާއި އޭނާގެ ލައިފްސްޓައިލްގެ ވާހަކަތައް އަޑުއަހާލަމާ ހިނގާށެވެ.

1- ޕަފިއުމް

"ގޫޑް ގާލް. އެއީ އަބަދުވެސް އެންމެ ގިނައިން ޖެހޭ އެއްޗަކީ. ފުޅި ހުންނަ ގޮތުން ކަންނޭނގެ ވަރަށް ފަސޭހަ ޖަހާލަން. އޭތި ފޭވަރިޓަކީ. އޭގެ ދެތިން ވައްތަރެއް ވެސް ނުކުމެއްޖެ ދޯ. އެ ހުރިހާ ވައްތަރެއް ވެސް ގެންގުޅެން."

2- ލިޕްސްޓިކް

މެކް އެއްޗެހި ގެންގުޅެނީ. ނޯޓް ވެސް ހުންނާނެ. އެކަމު މެކް ލިޕްސްޓިކްތައް އެންމެ ރަނގަޅީ. ރެޑް ކުލަ ހާއްސަކޮށް. ރެޑްގެ ވެސް ޑާކް ރެޑް ގިނައިން ޖައްސަނީ ހަފްލާތަކަށް ވެސް ޑާކް ރެޑް އާންމުކޮށް ޖައްސަނީ. ދުވާލުގަޑީގަ ރަޒީ ވަރަށް ލިޕްސްޓިކް ނުޖައްސަން. ޖެއްސިޔަސް ޑަލް ކުލައެއް ޖައްސަނީ. ސްކިންއާ ގުޅޭ ގޮތަށް."

3- ބޮޑީބަޓާ / ބޮޑީ ލޯޝަން

"ބޮޑީ ބަޓާއެއް ޔޫސް އެއް ނުކުރަން. ދެން ލޯޝަނަކަށް ޑަވް ލޯޝަން ގެންގުޅެނީ. އެއީ ވަރަށް ލޯންގް ލާސްޓިން އެއްޗެއް. ވަރަށް ބޯކޮށް ހުންނާނީ ލީމަ ވަރަށް ފަސޭހަ ކޮށް. ލޯޝަން ލާފަކަން އެނގޭނެ ހަމަ ބަލާލީމަވެސް ރީތިކޮށް ހުންނާނީ ވަރަށް އޮމާންކޮށް. އެންމެ ކުރީއްސުރެއް ވެސް އެ ބޭނުންކުރަނީ."

4- ހޭންޑް ބޭގްސް

"ޗާލްސް އެންޑް ކީތު ގިނަވާނީ. އެހެން ބްރޭންޑުތައް ވެސް އުޅޭނެ. އާންމުކޮށް ރަޒީގެން ގުޅެނީ ދެތިން ބޮޑު ބޭގް. އެކަމު ހަފުލާއަކަށް ދާން ވެއްޖެއްޔާމުން ސްމޯލް ބޭގް އެއް ގެންގުޅެނީ. އެހާ ބޭގް ވެގެނެއް ނޫޅެން. ގެންގުޅޭ ބޭގް ކޮންމެވެސް ވަރަކަށް ބާ ވީމަ ބަދަލު ކުރަނީ. އޮންލައިންކޮށް ގަންނަ އިރު ދެތިން ބޭގް ގަނެފަ ބަހައްޓަނީ. މާލެއިނެއް ނުލިބޭނު. އުޅޭނެ ދެތިން ހަތަރު ކުލައެއް އެކަމު. އާންމުކޮށް ސްކިން ކުލަޔާ ބެލެކާ ވައިޓާ ރަޒީޔަށް ގުޅެނީ."

5- ޝޭމްޕޫ އެންޑް ކޮންޑިޝަނާ

"ގާނިއޭ އެއްޗެހި ބޭނުންކުރަނީ. ރަޒީޔާ ގުޅެނީ މި ބްރޭންޑު. މިއެއް ބަދަލެއް ނުކުރަން. އެހެންނުނީ ވަރަށް އިސްތަށިގަނޑުގަ ގޮށް ޖެހޭ."

6- ކޮފީ / މިލްކްޝޭކް

"މިލްކްޝޭކް ބަނާނާ މިލްޝޭކް ވަރަށް މީރު. ކޮފީ އަބަދުވެސް ނެސްކެފޭ މިލްކު ބޮނީ ހަމަ. ކޮފީއެއް ނުބޯ ދުވަހެއް ވަރަށް މަދުވާނެ. ދެކޮފީ ވަރު އާންމުކޮށް ބޮވޭ ދުވާލަކު. ރަޒީގެ ފޭވަރިޓަކީ މިހާރު ރެޑްވެލްވެޓް ލާޓޭ އެކަމު. މެރާކީގެ ރެޑްވެލްވެޓް ލާޓޭ. މެންދުރު ފަހުން ކޮންމެ ދުވަހަކުވެސް މެރާކީ އަށް އޭގެ ތައްޓެއް ބޯލަން ދަން."

7- އައިސްކްރީމް / ޗޮކްލެޓް

"ޗޮކްލެޓް ރަޒީ އަށް އަސްލު ވަރަށް ނުބައި. އައިސް ކްރީމް ވެސް އެހާ ވަރަށް ކައެއް ނޫޅެން. ފޮނި އެއްޗެހި އެހާ މީރެއް ނޫން. އެއީ ޑައިޓަށް ބަލާތީއެއް ނޫން. އެއީ ހަމަ ނަސީބު. އެކަމު ބަޔަކާ އެކީ ގޮސް އެންމެން ދެން އައިސްކްރީމް ކާއިރުގަ ނަގަން ސްޓޯބެރީ ފްލޭވާ."

8- ޑްރެސް ކަލާސް

"އާންމުކޮށް ލަނީ ބްލެކް. އެއީ ބްލެކް ލީމަ ހިކިހެން ހީވާތީ. މުޅިން ވެސް އެވޯޑު ހަފުލާތަކުގަ ވެސް ބޭނުންކޮށްފަ ހުންނާނީ ޑާކް ޕާޕަލް ނުނީ ހަމަ ބްލެކް. ދުވާލު ގަޑީގަ ބޭރުތެރޭ އުޅޭ އިރު އެކަމު ބަލަނީ ކޮޓަން ވައިޓް ލެވޭތޯ ޓީޝާޓު އެއްޗެހި. ހުދުކުލަ ހަަމ ގިނައިން."

9- ސަންގްލާސް

"ގިނައިން އެޅެނީ ގުޗީ. ތަންކޮޅެއް ލޯ ބޮޑުކޮށް އިންނާތީ ހިރަފުސް ނުވަންނަ ގޮތަށް. އަބަދު ސައިކަލުގަ އުޅޭތީ. މިިހާރުވެސް މި އައިނު ބާވެގެން އެބަ ބަލަން އެކަހަލަ އައިނެއް ލިބޭތޯ. އައިނުތައް އުޅޭނެ ބައިވަރު. ގިނަފަހަރު އެޅެނީ އެންމެ އައިނެއް. ގާތްގަނޑަކަށް ސިކްސް ވަރަކަށް އައިނު އުޅޭނެ."

10- ބްރޭންޑަޑް / ރީތި

"ރީތި ވެއްޖެއްޔާ އޯކޭ. އެކަމު އަސްލު ގިނަ ފަހަރަށް ބްރޭންޑަޑް އެއްޗެހި ރަނގަޅީ. އާދައިގެ އެއްޗެހި ގަތީމަ ދެތިން ދުވަސް ނުވެ ހަލާކު ވަނީ ގިނަ ފަހަރަށް. އެގޮތައް ބަލާފަ ބްރޭންޑަޑް އެއްޗެހި ގިނައިން ގަންނަނީ."

ފްރާންސްގެ ގައުމީ ދުވަސް ފާހަގަކުރުމަށް އައިފުލް ޓަވަރު ކައިރީގައި ހަވާ އަރުވަނީ. -- ފޮޓޯ: އޭއެފްޕީ

11- ހޮލިޑޭ ޑެސްޓިނޭޝަން

"ދާހިތްވާ ތަނަކީ ޕެރިސް. އައިފުލް ޓަވަ ބަލާލަން ދާހިތްވަނީ. ދެން އިޓަލީގެ ވެނިސް އަށް. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ދެވޭތޯ އެބަ ބަލަން. ދަރި ސްކޫލް ދުވަސްކޮޅާ ދިމާވާތީ ނުދެވެނީ. ދެން އިޔާ އެންޑުގަ ރަޒީ ހިންގާ ކޯސްތައް ވެސް އޮވޭ. ބަލާނަން ދެވޭތޯ. ދެވަނަ ފަހަރަށް އެންމެ ދާން ބެނުމީ ސިންގަޕޫރަށް. މެރީނާބޭގެ ޕޫލް އަށް އެރިލާ ހިތުން. އެ ޕޫލް ވަރަށް ބޮޑު ވެފަ ވަރަށް ސަޅި."

ފެޝަން

Popular