21 Oct 2019

By: Ifraz Ali

ރީތިވުމާއި ރީތިކޮށްދިނުމުގެ އުކުޅާއި ވިޔަފާރީގެ ތެރެއިން ފާތިމަތު ނަދާ ނުވަތަ ގްލެމް ނަދާ އަކީ މިހާރު މަޝްހޫރު ނަމެކެވެ. މިފަހަރު އަހަރެމެން މި ބެލީ، ކޮންމެ ދުވަހަކު ނަދާ އޭނާގެ އިންސްޓަގްރާމުގައި ޕޯސްޓްކުރާ ސްޓައިލިޝް ލުކްތަކުގެ ތެރެއިން ރީތި ފަހެއް ހޮވާލެވޭތޯ އެވެ. ރީތި ފަހެއް ހޮވީ މި އަހަރު ތެރޭގައި އޭނާ ކޮށްފައި ހުރި ޕޯސްޓުތަކުންނެވެ.

View this post on Instagram

A post shared by NADA (@glamnada) on

މިއީ ބެރީ ކަލާސްގެ އެކި ޝޭޑްސްތައް ހުރި ތަފާތު އަދި ހިތްގައިމު ލުކް އެކެވެ. އާދައިގެ ގަމީހެއް މޮޑާންކޮށްލާފައި ވަރަށް ރީތިގޮތަކަށް ބޭނުންކޮށްފަ އެވެ.

View this post on Instagram

Suit up and Show up !

A post shared by NADA (@glamnada) on

މިއީ ކޮންމެ ދުވަހަކު ބަލައިލަން ލިބޭނެ ސޫޓެއް ނޫނެވެ. ވަރަށް ގާލީ އަދި މިހާރުގެ ޓްރެންޑާ އެއްގޮތަށް ފުޅާ ތިރިއެއް ލާފައި ހުރި ސޫޓެކެވެ.

View this post on Instagram

A post shared by NADA (@glamnada) on

ގޯލްޑް އެންޑް ވައިޓްގެ މި ލުކްއާ ބެހޭގޮތުން ނަދާ ކެޕްޝަންގައި ލިޔެފައި ވަނީ މަސައްކަތުގައި އުޅޭއިރު އެންމެ ލާ ހިތްވަނީ ކްލީން ސްލީކް ލުކެއް ލިބޭ އައުޓްފިޓެއް ކަމަށެވެ. އަދި މި ލުކް އިތުރަށް ފުރިހަމަކޮށްލުމަށް އޭނާގެ އަތުގައި ގާޔާސް އާކް ވުޑް އަތްދަބަހެއް ވެސް އެބަ އޮތެވެ.

View this post on Instagram

A post shared by NADA (@glamnada) on

ޔެލޯ ސޫޓްސްއަކީ ވަރަށް މީހުން ނުލާ ކުލައެކެވެ. އެކަމަކު ނަދާގެ މި ލުކް އޭނާއާ ވަރަށް ގުޅެ އެވެ. ހާއްސަކޮށް މި ސޫޓްއާއެކު ކަޅު ކުލައިގެ އެކްސްސެސޮރީސް ބޭނުންކޮށްފައި ހުރުމުން މި ލުކް ވަރަށް ފުރިހަމަ އެވެ.

View this post on Instagram

A post shared by NADA (@glamnada) on

މީގެ ކެޕްޝަންގައި ބުނާ ގޮތަށް ނިއޯންއަކީ މިހާރުގެ ކަޅު ކުލަ އެވެ. މިގޮތަށް ފްލޮރިޒެންޓް ކުލައެއްގެ ލުކެއް ކޮންމެ ކޮންމެ މީހަކަށް އެންމެ ފުރިހަމަށް ނުގެނެވި ދާނެ އެވެ. ނަދާގެ މި އައުޓްފިޓް ވަރަށް ސިމްޕަލްވެފައި ރީއްޗެވެ.

ފެޝަން

Popular