4 Dec 2019

By: Aishath Maaha

މޭކަޕް އާޓިސްޓުން އަބަދުވެސް ބޭނުންވާނީ އެ މީހުންގެ ހުނަރުން އެހެން މީހުން ވީހާވެސް ބޮޑަށް ނަލަހައްދައިދޭށެވެ. މޭކަޕް އާޓިސްޓު ނަދާ އާދަމް ޝަރީފްގެ އެންމެ ބޮޑު އަމާޒަކީ ވެސް އެއީ އެވެ. އޭގެ އިތުރުން ތަފާތު މަސައްކަތްތަކެއް ދައްކާލާށެވެ.

ނަދާގެ އިންސްޓަގްރާމުން ވެސް މިކަން ރަނގަޅަށް ފެންނާނެ އެވެ. މިއީ ނަދާގެ އިންސްޓަގްރާމުން ވަރަށް ތަފާތު ފަސް މަސައްކަތެވެ.

View this post on Instagram

A post shared by Makeup By Nanna (@nadhaadamshareef) on

މިއީ ރައްޓެއްސަކު ދިން ހިޔާލަކަށް ނަދާ ތައްޔާރުކޮށްފައިވާ ހެދުމެކެވެ. އެންމެ ފުރަތަމަ ބިއްލޫރި ބޭނުންކޮށްގެން ހަދަން ބޭނުންވި އެ ހެދުން ކަރުދާހަށް ބަދަލުކޮށްލީ އެވެ. މޭކަޕާއި ހެއާ ސްޓައިލް ނަދާ ކުރި އިރު ފޮޓޯ ނަގާފައިވަނީ އަހްމަދު ސުނީ އެވެ. ކަރުގަ އާއި އަތުގައި އަޅާފައި އޮތް އުޅާގަނޑު ވެސް ކަރުދާހުން ތައްޔާރުކުރީ ނަދާ އެވެ. މޮޑެލް އަކީ އަރަމުން އަންނަ އެކްޓްރެސް އިރުފާނާ އިބްރާހީމް އެވެ.

View this post on Instagram

A post shared by Makeup By Nanna (@nadhaadamshareef) on

މިއީ ލ. ގަމުގައި ކުރިއަށް ގެންގޮސްފައިވާ ޝޫޓެކެވެ. ނަދާ ބުނީ މިއީ ކިޔަވަމުންދާ ކޯހުގެ ޓްރިޕަކަށް ގަމަށް ގޮސް އެ ރަށުގެ ފޮޓޯގްރާފަރަކާއި މޮޑެލްއަކާ އެކު ކުރިއަށް ގެންދިޔަ ޝޫޓެއް ކަމަށެވެ. އަމިއްލަ އަށް މާމެއިޑް ހެދުމެއް ފަހައި ހެދުމުގައި ތަތްކުރާނެ ފިތުރޯނު ހޯދީ ނަދާ އެވެ. އެ ހެދުމުގައި 10 ކިލޯ ހުންނާނެ ކަމަށް ނަދާ ބުންޏެވެ.

"ރަށެއްގައި ކުރިއަށް ގެންދާތީ ބޭނުންވީ ވީހާވެސް ތަފާތުކޮށް އެއްޗެއް ހަދަން. އެހެންވެ އައި ހިޔާލެއް ފަތުން ހެދުން ހެދުމަކީ. ދެން މުޅި ރަށުގައި ދުއްވައިގެން ފިތުރޯނު ހޯދީ. ފަތިހު ފަތިހާ ގޮސް ފަތް ބިނދެގެން ކުރި މަސައްކަތެއް. ރައްޓެހިންގެ ވަރަށް ބޮޑު އެހީތެރިކަމާއެކު މި ހެދުން ނިންމާލެވުނީ،" ނަދާ ކިޔައިދިނެވެ.

ހެދުން ތައްޔާރުކޮށް ހެއާ ސްޓައިލާއި މޭކަޕަކީ ވެސް ނަދާ މަސައްކަތެވެ. އަތުގަ އާއި ކަރުގައި އަޅާފައިވާ ފަށް ފިތުރޯނުން ތައްޔާރު ކުރީ ވެސް ނަދާ އެވެ. މިއީ މަޝްހޫރު ފޮޓޯގްރާފަރު ސާލިހާ އާއި މޮޑެލް ލަޔާ އާ އެކުގައި ކޮށްފައިވާ ތަފާތު މަސައްކަތެކެވެ. ޝޫޓުގައި ބޭނުންކޮށްފައިވާ މަކާއޯ ވެސް އެއީ އެރަށުން ހޯދާފައިވާ މަކާއޯ އެކެވެ.

View this post on Instagram

A post shared by Makeup By Nanna (@nadhaadamshareef) on

މިއީ ޕިންޓްރެސްޓުން ފެނުނު ހެދުމަކުން އިންސްޕަޔާވެގެން ތައްޔާރުކޮށްފައިވާ ހެދުމެކެވެ. މޮޑެލް ޖުމާގެ ޓޮަޕަކާއެކު އެ ހެދުމުގެ ސްކާޓް ނަދާ ތައްޔާރުކުރީ އަމިއްލަ އަށެވެ. މި ސްކާޓް ހަދާފައިވަނީ ތިން ތާސްބައި ބޭނުންކޮށްގެންނެވެ. މޭކަޕާއި ހެއާ ސްޓައިލް ނަދާ ހަދާފައިވާއިރު މި ޝޫޓްގެ ފޮޓޯ ނަގާފައިވަނީ ސުނީ އެވެ.

View this post on Instagram

A post shared by Makeup By Nanna (@nadhaadamshareef) on

މި ފޮޓޯތަކަށް ބޭނުންކޮށްފައިވަނީ ވަލެވެ. ތަފާތު ގޮތަކަށް އާ މަސައްކަތެއް ދައްކާލަން މި ޝޫޓަށް ބޭނުންވާ ވާ ހޯދީ ބޭބެގެ އެހީތެރިކަމާއެކު ކަމަށް ނަދާ ބުންޏެވެ.

"ހިތަށް އެރީ އެކިކުލައިން މިކަހަލަ އެއްޗެއް ހެދީމަ ވަރަށް ރީތިވާނެ. މި އައިޑިއާ ސުނީއަށާއި ދޮންބެ އަށް ދިނީމާ އެ މީހުންގެ ހެލްޕް ވަރަށް ލިބުން. ބޭބެގެ އެހީތެރިކަމާއެކު ދެ ރޯލު ގެނެސް ނުވެސް ކަނޑައި ރޯލުގައި ބައިންދައިގެން އޮޅާފަ އެހެރީ. އަނބުރާ ގެންދަން ޖެހޭތީވެ،"

މި ޝޫޓުގެ ފޮޓޯތައް ވެސް ނަގައިފައި ވަނީ ސުނީ އެވެ. މޭކަޕް ކޮށްދިނީ ނަދާ އެވެ.

View this post on Instagram

A post shared by Makeup By Nanna (@nadhaadamshareef) on

މިއީ ޖަންގަލް ތީމެއް ގެނެސްދޭން ނަދާކޮށްފައިވާ މަސައްކަތެކެވެ. ރަސްރަނި ބަގީޗާގައި ހުންނަ ބޮއި ގަސްތަކުން އިންސްޕަޔާވެގެން ތައްޔާރުކޮށްފައިވާ މި ކޮންސެޕްޓަށް ބޭނުންވާ މޫތައް ހޯދީ ރަސްރަނި ބަގީޗާއިންނެވެ. މޮޑެލް އަކަށް ފިލްމީތަރި އައިމިނަތު ރިޝްފާ އަދި ފޮޓޯ ނަގާފައިވަނީ ސުނީ އެވެ.

މޭކަޕްކުރުން

Popular