18 Mar 2021

ގްރެމީގެ ރެޑްކާޕެޓުން ފެނުނު ތަފާތު ހެދުންތައް

ގްރެމީގެ ރެޑްކާޕެޓުން ފެނުނު ތަފާތު ހެދުންތައް

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ގްރެމީ އެވޯޑްސް ހަފްލާގެ ރެޑްކާޕެޓް ހެދުންތަކުން އެންމެ ކަމުދިޔަ ސްޓައިލްތަކަށް ބަލައިލަން ހިނގާށެވެ. މި ފަހަރު ވެސް ހެދުން އެޅުމުގައި އެކަކު އަނެކަކަށް ދުލެއް ނުކުރެއެވެ.

"ގޮތު" ސްޓައިލެއް

އެހެން ހުރިހާ ފަހަރުތަކެކޭ ހިލާފަށް މި އަހަރުގެ އެންމެ މޮޅު ރޮކް ޕާފޯމަންސްތަކަށް ނޮމިނޭޓުވެފައި ވަނީ އަންހެނުންނެވެ. އޭގެ ތެރޭގައި ބްރިޓެނީ ހޮވާޑް އަދި ފީީބީ ބްރިޖާސް ހިމެނޭ އިރު މި ދެމީހުންވެސް ހެދުން އަޅާފާވަނީ ގޮތިކް ސްޓައިލަކަށެވެ. ފީބީ ބްރިޖާސް މީގެ ކުރިން ވެސް ވަނީ އިންސާނެއްގެ ކަށިގަނޑު ދައްކައިދޭ ކަހަލަ ހެދުމެއް އަޅައިފަ އެވެ. ނަމަވެސް މިފަހަރުގެ ތޮމް ބްރައުންގެ މި ޑިޒައިނަކީ ފީބީއަށް މާކުރިންވެސް ފެނި އަޅައިގެންފައިވާ ހެދުމެއްކަން ފާހަގަކުރިއެވެ.

ސަޅި ސޫޓުތަކެއް

ބީޓީއެސް ބޭންޑުގެ ހުރިހާ މެންބަރުން ތިބީ ތަފާތު އަދި އެ މީހަކަށް ހާއްސަ ގޮތަކަށް ހުރި ސޫޓެއް ލައިގެންނެވެ. އެކަަމަކު އެންމެންގެ ތެރެއިންވެސް މިހާތަކަށް ފެނުނު ސޫޓުތަކާއި ތަފާތުކޮށް އަދި އެންމެ އަރާމުކޮށް ސޫޓެއް ލައިގެން ހުރީ އާރް އެމް އެވެ. އޭނާ ލައިގެން ހުރި ލުއީވިޓޯން ބްރޭންޑުގެ ހޫޑީ ސްޓައިލްގެ ބްލޭޒާގައި ކުޑަ ކުޅޭ އެއްޗެއްވެސް އެލިފައި އިނެވެ.

ބެޑްޝީޓު ސްޓައިލް

ނޯއާ ސައިރަސް އެނދުން ތެދުވިގޮތަށް ރެޑްކާޕެޓަށް ޕޯޒްކޮށްލީ ބެޑުޝީޓު ހިފައިގެން ކަމަށް ބުނެ މީހުންގެ ކޮމެންޓުތައް ރައްދުވިއެވެ. ނަމަވެސް ސްކިއަޕަރެލިގެ މި ހެދުން ވަނީ އެންމެ ތަފާތު ރެޑްކާޕެޓް ސްޓައިލްގެ ލިސްޓުގައެވެ.

ފޭސްމާސްކު

ބޫޓާއި އަތް ދަބަހުންފެށިގެން މާސްކު އަދި ހެދުން ވެސް ހުރީ ޕޭސްޓަލްކުލަތުން ގުޅުވާލައިފަ އެވެ. ނަމަވެސް ޗީކާގެ މި އައުޓްފިޓުން މީހުންގެ ސަމާލުކަން ދަމައިގަތީ އޭނާ އަޅައިގެން ހުރި މާސްކުގެ ޑިޒައިނަށެވެ. ބިލީ އައިލިޝް މީގެ ކުރިންވެސް ރީއްޗަކަށް މާސްކު އަޅައިގެން ރެޑްކާޕެޓަށް ގޮސްފައި ވާއިރު މިފަހަރު އޭނާ މާސް އަޅަން ޖެހުނީ އެހެން ސަބަބުތަކާ ހެދި އެވެ.

ބޮޑު ހެދުމެއް

ކޮންމެ އެވޯޑު ހަފްލާއެއްގައި ދެތިން މީހުން ނަމަވެސް ރެޑްކާޕެޓަށް ފޮރުވާލެވޭހާ ބޮޑު ހެދުމެއް ލައިގެން ދެ އެވެ. މިފަހަރު އެންމެ ކަމުދިޔައީ ޖެނޭ އައިކޯ ލައިގެން ހުރި މޮންސޫރި ބްރޭންޑުގެ ފިޔާތޮށިކުލައިގެ ރަފްލް ހެދުމެވެ.

ޓެއިލާ ސްވިފްޓުގެ ބަގީޗާ

އޮސްކާ ޑި ލަ ރެންޓާ ބްރޭންޑުގެ އެންބްރޮއިޑާ ކޮށްފައި ހުރި މާތަކުން ފުރާލާފައިވާ މި ހެދުމާއި އެކީ ޓެއިލާ ސްވިފްޓުވަނީ ހަމަ އޭގެ މާސްކު ވެސް އަޅައިފައެވެ. ހެދުމާ ގުޅޭ ގޮތަށް އަރާފައިވާ ފިޔާތޮށިކުލައި ބޫޓަކީ ލުބަޓާންސްއެވެ.

ގްރެމީ އެވޯޑްސް

Popular