29 Mar 2021

ބޯއީ ފްރެންޑްގެ ޖިންސުތައް އުކާލަންވީކީ ނޫނެެވެ. މިއަހަރުގެ އެންމެ ސަޅި ކެޝުއަލް އަދި ޕްރޮފެޝަނަލް ސްޓައިލެއްގެ ގޮތުގައި ފާހަގަވެފައި މި ވަނީ ބޯއީ ފްރެންޑް ބްލޭޒާއެވެެ.

މާ ބޮޑަށް ނުވިސްނައި، މީޓިންތަކަށާއި ކެޝުއަލް ހަފްލާތަކަށް ރީތި އަދި ގަޔަށް ފަސޭހަ ގޮތަކަށް ހެދުން އަޅާލަން ބޭނުން ނަމަ މީގެ ބޯއީފްރެންޑް ބްލޭޒާއަކަށް އިންވެސްޓު ކޮށްލާށެވެ. ނަމަަވެސް އެ މީހެއްގެ ހަށިގަނޑު ހުންނަ ގޮތަށް ވިސްނާލުމަށް ފަހު ގަޔަށް ހެޔޮވަރު އަދި ރީތިކޮށް ފަހާފައި ހުރި ބްލޭޒާއަކަށް އަމާޒުކުރުން މުހިންމުވާނެއެވެ.

މި ކިޔައިދެނީ ބޯއީ ފްރެންޑް ބްލޭޒާއެއް ގަންނައިރު ވިސްނާލަން މުހިންމު ބައެއް ކަންކަމަށެވެ.

ނިޓް ފޮތީގެ ބޯއީ ފްރެންޑް ބްލޭޒާއެއް

ރީތިވުމަށްވުރެ ބޮޑަށް، ގަޔަށް ފަސޭހަ ސްޓައިލްތަކަށް ލޯބިކުރާ މީހުންނަށް އުނދަގުލަކާ ނުލައި ސްމާޓް ގޮތަކަށް ހެދުން އަޅަން ބޭނުން ނަމަ ނިޓް ފޮތީގެ ބްލޭޒާއެއް ރަނގަޅުވާނެއެވެ. މަސަތްކަތުގައި އުޅޭއިރު ރަނގަޅު ދެމޭ ފޮއްޗެއްގެ ބްލޭޒާއެއް ލައިގެން އުޅުމުން އުނދަގޫވާތީ އުޅޭކަށް ނުޖެހޭނެއެވެ.

ގޮޅިޖެހި ޕެޓާން

ބޭނުން ހެދުމަކާ ގުޅުވާލެވޭނެ ކަހަލަ ކުލަޔަކުން، ގޮޅިޖެހި ދިގު ބްލޭޒާ އެއް ސަޅިވާނެއެވެ. މީޓިންއަކަށް ދާން ބޭނުން ނަމަ ހުދުކުލައިގެ ޓީޝާޓަކާއި ލެގިންސް ނުވަތަ ފަޓުލޫނެއް ރަނގަޅުވާނެއެވެ. ގާތް ރައްޓެހިންނާ އެކީ އާދައިގެ ހަފްލާއަކަށް ދާން ޖިންސަކާ އެކީ ލާށެވެ.

ބޮޑެތި ޖީބު

ނިކަން ސްޓައިލްގައި ހުންނަ "ބޮސް ލޭޑީ" ގޮތްގަނޑެއް ދައްކުވައިދޭން މި ކަހަލަ ބްލޭޒާ ހަމަ އެއްވަނައެވެ. ކުރިމަތީ ޖީބު ނިކަން ބޮޑުކޮށް ހުރުމުން ބައެއް ފަހަރު ޖީބަށް އަތްޖަހާލައި އަބަދު ފޯނު ހަދާން ނެތޭ ނަމަ މި ޖީބަށް ވައްޓާލާށެވެ.

"ސިންގަލް ބްރެސްޓަޑް" ބްލޭޒާ

ގަޔަށް ތަންކޮޅެއް ބޮޑުކޮށް ހެދުން އަޅަން ބޭނުންވާ ނަމަ ސިންގަލް ބްރެސްޓަޓް ބޯއީފްރެންޑް ބްލޭޒާއެއް ހޯދާލާށެވެ. ހުރިހާ ބްލޭޒާއެއް ގަތުމުގެ ކުރިން ބަލަން ޖެހޭ ފެހުމުގެ ގޮތްގަނޑު އޮމާންކޮށް ހުރިތޯ ބެލުން މި ސްޓައިލަށް ވަރަށް މުހިންމެވެ. ސަބަބަކީ ގައިގެ ފިޓަށްވުރެ ބޮޑުވެފައި ފަތިތަށް އޮމާން ނުވާ ނަމަ ޕްރޮފެޝަނަލް ގޮތްގަނޑު ކެނޑޭނެއެެވެ.

ކޮޓަން ނިޓް ފޮތި

ސްޓައިލްގައި ހުންނަން ބޭނުންވެ، އެކަމަކު މާ ހޫނުވެދާނެތީ މިގޮތް ބޭނުންނުވާ މީހުންނަށް އޮތް ޓިޕަކީމިއެވެ. ދެމޭ ގޮތަށް ކޮޓަން ނިޓް ފޮތީގެ ބްލޭޒާއެއް ހޯދާލާށެވެ. ގަޔަށް ފަސޭހަ ވެފައި ހޫނުވުން ކުޑަވެ އޮފީސްގަ އިނދެ އިންސްޓަގްރާމް އަށްލާން ކަމުދާނެ ކަހަލަ ފޮޓޯކޮޅެއް ނެގޭގޮތަކަށް ރެޑީ ވެފައި ހުންނާނެވެ.

ފެޝަން

Popular