20 Sep 2019

ވީޑިއޯ ގޭމް "ހިޓްމޭން 2" ގައި ރާއްޖޭގެ ރިސޯޓެއް

ވީޑިއޯ ގޭމް "ހިޓްމޭން 2" ގައި ރާއްޖޭގެ ރިސޯޓެއް

By: Ifraz Ali

މިދިޔަ އަހަރު ނޮވެމްބަރު މަހު، ވޯނާ ބްރަދާސް އިން ޕަބްލިޝްކުރި "ހިޓްމޭން 2" ގެ އާ ލޮކޭޝަނެއް ޑައުންލޯޑްކުރެވޭ ގޮތް ހަދަން މިހާރު ތައްޔާރުވަނީ އެވެ. މިފަހަރު ހާއްސަ ވާ ސަބަބަކީ މި ލޮކޭޝަނަކީ ރާއްޖޭގެ ރިސޯޓެއްގެ ގޮތުގައި ދައްކާތީ އެވެ. އެމީހުން ރިސޯޓަށް ދީފައި އޮތް ނަމަކީ "ހޭވެން އައިލެންޑް" އެވެ.

މި އާ ލޮކޭޝަންގެ މިޝަން ފަށާނީ މިދިޔަ ޖޫން މަހުގައި އެ މީހުންގެ ކުރީގެ މިޝަން ނިންމާލި، ނިއު ޔޯކްގެ ބޭންކާ ހިސާބުންނެވެ. މީގައި އުޅެނީ އޭޖެންޓް 47 ގެ މިފަހަރުގެ ޓާގެޓަކީ ސީދާ ކާކު ކަމެއް އަދި ނޭނގެ އެވެ. އޭނާ މި ރިސޯޓަށް އަންނަނީ ފޭކް އައިޑެންޓިޓީއެއްގައި ގެސްޓެއްގެ ގޮތުގަ އެވެ. ރާއްޖޭގެ ރިސޯޓެއްގެ ހުރިހާ ހިދުމަތްތަކެއް ވެސް މި މީހުންނަށް ލިބޭނެ އެވެ.

ބޭނުންވާ ހުރިހާ މައުލޫމާތެއް މި ވީޑިއޯއިން ލިބޭނެ؛

ހިޓްމޭން 2 - ސެޕްޓެމްބަރު ރޯޑްމެޕް.

ފާސަނަލް ކޮމްޕިއުޓާ، އެކްސްބޮކްސް ވަން އަދި ޕީއެސް4 ބޭނުންކޮށްގެން މި ގޭމް ކުޅެވޭނެ އެވެ. އާ ލޮކޭޝަން، ހޭވަން އައިލެންޑް ޑައުންލޯޑްކުރަން ލިބޭނީ މި މަހު 24 އިން ފެށިގެންނެވެ.

ވީޑިއޯ ގޭމް ގޭމިން

Popular