9 Oct 2019

ޕްލޭސްޓޭޝަން 5 އަންނަ އަހަރު

ޕްލޭސްޓޭޝަން 5 އަންނަ އަހަރު

By: Ifraz Ali

ވީޑިއޯ ގޭމް ކުޅޭ މީހުންނަށް އުފާވެރި ޚަބަރެކެވެ. ޕްލޭސްޓޭޝަންގެ އާ މޮޑެލް، ޕީއެސް 5 އަންނަ އަހަރު ތައާރަފްކުރާނެ ކަމަށް ސޮނީން ބުނެފި އެވެ. މި އާ މޮޑެލް ތައާރަފުކުރާނީ އަންނަ އަހަރު ފަހުކޮޅު އެވެ. މިދިޔަ މެއި މަހު މީގެ ޑެމޯއެއް ވެސް ދެއްކި އެވެ.

ގްރެފިކަލް އަޕްޑޭޓެއްގެ އިތުރުން ގިނަ ބަދަލުތަކެއް

- ރޭ ޓްރޭސިން ބޭނުންކުރާ ގްރެފިކްސް ވަރުގަދަކޮށްފައި

- ސްޓޯރޭޖަށް ބަދަލުތަކެއް

- ގޭމް ލޯޑުވާލެއް ކުރިއަށް ވުރެ އަވަސް ވާނެ

- މުޅިން އާ ކޮންޓްރޯލާއެއް / މީގައި އާ ސްޕީކަރަކާއި ޔޫއެސްބީ-ސީ ޕޯޓްއެއް އިންނާނެ

- އެނާޖީ ސޭވިން ފީޗާ، ގްރީން ޓެކް

ޕީއެސް 5 ގެ މައުލޫމާތު ބުނެދޭ ވީޑިއޯއެއް.

މި އާ މޮޑެލްއަށް އަންނަ ގޭމްތައް އަދި ހާމަކޮށްފައެއް ނުވެ އެވެ. އަދި މީގެ އަގު ވެސް ހާމަކޮށްފައި ނުވާއިރު، ޗައިނާ އާއި އެމެރިކާގެ ދެމެދުގައި އުފެދިފައި އޮތް ވިޔަފާރީ ދެބަސްވުންތަކާއި ހެދި އަގުބޮޑުވުން އެކަށީގެންވެ އެވެ.

ވީޑިއޯ ގޭމް ޕްލޭސްޓޭޝަން

Popular