20 Oct 2019

By: Ifraz Ali

މިހާރު ކުރިއަށް މި ދަނީ ޓެކްނޮލޮޖީގެ އާ ސީޒަނެކެވެ. މި ދުވަސްކޮޅު މަޝްހޫރު އެކި ބްރޭންޑުގެ އާ ފޯނުތައް އަންނަނީ ތައާރަފުކުރަމުންނެވެ. އެންމެފަހުން ނިކުތީ އެޕަލްގެ އާ އައިފޯނާއި ގޫގުލްގެ އާ ޕިކްސެލް ފޯން އަދި މައިކްރޮސޮފްޓްގެ ސްމާޓްފޯނެކެވެ. އެހެން ދަމުން ގޮސް މިފަހަރު މި ނުކުތީ ބަނާނާ ފޯންގެ އާ މޮޑެލެކެވެ.

ހަމަ، ދޮންކެޔޮ ވަކެއް ގޮތަށް ޑިޒައިންކޮށްފައިވާ މި ޑިވައިސް އަށް ބަނާނާ ފޯނޭ ކިޔަސް މިއީ އެކަމަކު ފޯނެއް ނޫނެވެ - އެމީހަކު ގެންގުޅޭ ސްމާޓްފޯން، ބްލޫޓޫތު މެދުވެރިކޮށް ފޯނަށް ގުޅުވައިދޭ ހެޑްސެޓެކެވެ.

މީހަކަށް ގުޅާލެވި ދާނެ އެވެ. ނުވަތަ ލަވައެއް ވެސް އަޑުއަހައިލެވިދާނެ އެވެ. ސިރީ އަދި ގޫގުލް އެސިސްޓެންޓް ވެސް މިއަށް ސަޕޯޓްކުރާނެ އެވެ. މީގެ ބެޓަރީ ބާރު 20 ގަޑިއިރަށް ހުންނާނެ އެވެ. އެއް އަހަރުގެ ވޮރެންޓީއާއެކު މި ޑިވައިސް ލިބޭ އަގަކީ 39.99 ޑޮލަރެވެ.

ބަނާނާ ފޯން މީހުން ބޭނުންކުރާ ވީޑިއޯ.

މި ޑިވައިސްގެ ފުރަތަމަ މޮޑެލް ތައާރަފުކުރީ 2017 ވަނަ އަހަރު އިންޑިގޯގޯ ކެމްޕެއިންގަ އެވެ. ތިން އެކުވެރިން އިންޑިގޯގޯގައި ކްރައުޑް ފަންޑިން ހަދައިގެން ތައްޔާރުކުރި މި ޑިވައިސް އަށް 18 ގައުމަކުން 1،000 އަށް ވުރެ ގިނަ މީހުން ޕްރީއޯޑާ ވެސް ދިނެވެ.

މި މީހުން ބުނަނީ އެޕަލް މަތިން ހަނދާން ނައްތާލާށޭ އެވެ. ފޯން ޓެކްނޮލޮޖީގެ މުސްތަގުބަލަކީ ބަނާނާ ފޯނު ކަމަށެވެ.

މީގެ ކުރިން ނޯކިއާ އިން ނެރުނު ނޯކިއާ 8110 4ޖީ ފޯނަށް ވެސް ބަނާނާ ފޯނޭ ކިޔެވެ.

އެޕަލް ސްމާޓް ފޯން ގޫގުލް ޕިކްސެލް ފޯން

Popular