8 May 2024

By: Aishath Jazlee

ގެވެށި އަނިޔާގެ ތަޖުރިބާތަކާއި ގެވެށި އަނިޔާގެ ވާހަކަތަކަކީ ދައްކަން އުނދަގޫ ވާހަކަތަކެކެވެ. އެ ފަދަ ހާލަތެއްގައި ހުންނަ މީހަކު, އެ ފަދަ ސިޗުއޭޝަނަކުން ނުކުތުމަށް ވެސް ކުރިމަތިވާ ގޮންޖެހުންތަކެއް ހުރެ އެވެ. އެ ކަންތައްތަކަކީ އަމިއްލަ އަށް އެ ފަދަ ތަޖުރިބާތަކެއް ނެތް ނަމަ އަންޑަސްޓޭންޑްވާން އުނދަގޫވާނެ ކަންތައްތަކެކެވެ.

ލޯބީގެ އެކި ވާހަކަތައް ލިޔެފައިވާ މަޝްހޫރު އޯތާ, ކޮލީން ހޫވާގެ އިޓް އެންޑްސް ވިތް އަސް ކިޔައިދެނީ ލިލީގެ ހަޔާތުގެ ޕާސްޓް އާއި ޕްރެޒެންޓާ ގުޅުވައިދޭ އެ ފަދަ ވާހަކަތަކެކެވެ. ކުޑައިރުގެ ހަނދާންތަކާ ގުޅިފައިވާ އުނދަގޫ ކަންތައްތަކެއް އޭނާގެ ޕްރެޒެންޓާއި ގުޅިގެންދާ ގޮތާއި, ޓޮކްސިކް ސައިކަލްތައް ރިޕީޓުވެދާ ގޮތްތައް މި ފިލްމުގައި ގެނެސްދީފައި ވަނީ ވަރަށް ފުރިހަމައަށެވެ.

މި ފޮތުގައި ލިލީއާ ދިމާވާ ރައިލްގެ ލަވް ސްޓޯރީ, އެ ދެ މީހުންގެ ގުޅުމުގެ އެކި ކަންތައްތައް ސިފަކޮށްދީ ގެނެސްދީފައިވާލެއް ވަރަށް ފުރިހަމަ އެވެ. މި ވާހަކައިގައި ރައިލް މެދުވެރިކޮށް ރިލޭޝަންޝިޕެއްގައި ފެނިދާނެ އެތައް ރެޑް ފްލެގްސްތަކެއް ކިޔައިދެ އެވެ. ލޯބީގެ އެތައް ކަމެއް ހިމެނޭ މި ވާހަކައިގައި ލިލީގެ ކުޑައިރުގެ އުފާވެރި ހަނދާންތަކާއި ގުޅިފައިވާ ކުޑައިރުގެ ލޯބިވެރިޔާ އެޓްލަސްއާ އަލުން ދިމާވެ, އެ ކަނެކްޝަނާ ގުޅޭ އެތައް ކަމެއް ވެސް ކިޔައިދެ އެވެ.

ފިލްމުގެ ޓްރެއިލާ.

ލޯބީގެ މި ވާހަކަ އަކީ އިމޯޝަނަލް ވާހަކައެކެވެ. ދެހާސް ސޯޅައިގައި ނެރުނު މި ވާހަކަ އަކީ ކޮލީން ހޫވާގެ ފޭނުންގެ މެދުގައި އެ ދުވަސްވަރު ވެސް މަގުބޫލުވި ފޮތެއް ނަމަވެސް, ވައިގައި ހިފާ މި ފޮތް ވައިރަލްވީ މީގެ ދެތިން އަހަރުކުރިން ޓިކްޓޮކުގައި މި ފޮތް ޓްރެންޑުވުމުންނެވެ. މިއީ ސޯޝަލް މީޑިއާގައި އެތައް ސެލްބްރިޓީންނެއް ވެސް ޕޯސްޓުކުރި ފޮތެކެވެ.

ސޯޝަލް މީޑިއާއިން ލިބުނު ތަރުހީބާ އެކު މި ފޮތުގެ މޫވީ އެޑަޕްޓޭޝަން ޑީލެއްގައި ސޮއިކޮށް, މިހާރު ފިލްމު ވަނީ ނިމުމާ ކައިރިވެފަ އެވެ. މި ފިލްމުގެ ޓްރެއިލާ ދާދި ފަހުން ނެރުނު އިރު ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އޮގަސްޓު 9ގަ އެވެ. މި ފިލްމުގައި ލިލީގެ ރޯލުން އަހަރުމެންނާ ބައްދަލުކުރާނީ ބްލޭކް ލައިވްލީ އެވެ.

މި ފިލްމަކީ ފޮތުގެ އަސްލު ނުގެއްލޭ ގޮތައް ސްރީންޕްލޭ ލިޔެފައިވާ ފިލްމެއް ކަމަށް ކޮލީން ވަނީ ބުނެފަ އެވެ. އިޓް އެންޑްސް ވިތް އަސްގެ ފިލްމު ނެރުމުގެ ކުރިން މި ވާހަކަ އަކީ ކިޔާލަން ސަޅި, އިމޯޝަނަލް ރައިޑަކަށް ވާނެ އެވެ.

Popular