17 Feb 2018

އައްޒަ އާއި މުއާގެ ކޮން ގުޅުމެއް؟

"ތި ވާހަކައަށް އަހަރެން ބުނާނީ މީހުން ކިޔާނޭ އެއްޗެހި، އެމީހަކަށް ކިޔުނު އެއްޗެއް ކިޔަން ދޫކޮށްލާ"

"ތި ވާހަކައަށް އަހަރެން ބުނާނީ މީހުން ކިޔާނޭ އެއްޗެހި، އެމީހަކަށް ކިޔުނު އެއްޗެއް ކިޔަން ދޫކޮށްލާ"

By: Aishath Maaha

ފިލްމީ ދާއިރާއޭ ކިޔަންޏާ މި ދުވަސްވަރު މަރިޔަމް އައްޒަގެ ވާހަކަ ދައްކަން އެބަޖެހެ އެވެ. އައްޒަގެ އަޑު ހަމަ އެހާވެސް ގަދައީ އެވެ. އެންމެ ގިނަ ފިލްމުތަކާއި ޕްރޮޖެކްޓުތައް އެންމެ ގިނައިން ލިބޭ އެއް ތަރިއަކީ އައްޒަވީމަ އެވެ. އެކަމަކު އެއަށް ވުރެ ވެސް ހާއްސަވަނީ އައްޒައާ ބެހޭ ގޮތުން ދެކެވޭ ލޯބީގެ ވާހަކަތަކަކާ ހެދި އެވެ.

މިދުވަސްވަރު ވެސް އުޅެނީ ނިކަން ބުރަކޮށްލައިގެން ފިލްމެއްގެ ޝޫޓިންއެއްގައި އަތޮޅުތެރެއަށް ގޮސްގެންނެވެ. މިހާރު އއ. އުކުޅަހަށް ގޮސްގެން އުޅެނީ މި އަހަރު އަޅުވާނެ އެންމެ ބޮޑު އެއް ފިލްމު "ލީނާ"ގެ ޝޫޓިން އަށެވެ. "ލީނާ" އައްޒައަށް ވަރަށް ހާއްސަ ފިލްމަކަށް ވާނެ ކަމަށް ބެލެވެ އެވެ. އެއްގޮތަކަށްވެސް އެއީ މުޅި ރާއްޖެ ސިއްސުވާލި ބޮޑު މަރަކުން އިންސްޕަޔާވެގެން ހަދާ ފިލްމަކަށްވާތީ އެކަންޏެއް ނޫނެވެ.

އެތައް ދުވަހަކަށްފަހު އަބްދުﷲ މުއާޒް (މުއާ) އާ އެކީގައި މަސައްކަތްކުރާ ފިލްމަކަށް ވާތީ އެވެ. އަދި ފަހަރުގައި އެއީ މުއާގެ އަމިއްލަ މަސައްކަތަކަށް ވީމަ އެވެ. މުއާ އަކީ މިހާރު އައްޒައަށް ވަރަށް މުހިންމު މީހެއް ހެން ހީވެ އެވެ. އެކަހަލަ ވާހަކަތަކެއް ތުންތުންމަތިން ދެކެވެން ވެސް ވަނީ ފަށައިފަ އެވެ.

"ސިންގަލް" ކޮށް އެތައް ދުވަހަކު ހުރުމަށްފަހު އައްޒަ އާއި މުއާ "ޑޭޓު" ކުރަން ފަށައިގެން އުޅޭ ވާހަކަތަކެއް މިވަނީ ފެތުރެން ފަށާފަ އެވެ. މިއީ ކިހާވަރެއްގެ ހަގީގަތެއް ހެއްޔެވެ؟

"ތި ވާހަކައަށް އަހަރެން ބުނާނީ މީހުން ކިޔާނޭ އެއްޗެހި، އެމީހަކަށް ކިޔުނު އެއްޗެއް ކިޔަން ދޫކޮށްލާށޭ،" މިވާހަކައެއް އަޑުއިވިގެން އެންމެ ފުރަތަމަ "ދޯ" އިން މުއާ އަށް ގުޅާލުމުން މުއާ ބުނީ މިހެންނެވެ.

މުއާ

އެއަށްފަހު ދެން އަހަރުމެން ގުޅާލީ އައްޒަ އަށެވެ. މުއާވެސް މިވާހަކައަކީ ތެދެއް ކަމެއް އަދި ދޮގެއް ކަމަށްވެސް ނުބުނާތީ އެވެ. އައްޒަ ވެސް ދިނީ ހަމަ މުއާ ދިން ކަހަލަ ޖަވާބެކެވެ.

"ރަސްމީކޮށް ވެސް ނުރަސްމީކޮށް ވެސް މަށަކަށް ނޭނގެ ތިއަށް ބުނާނެ އެއްޗެއް. ހަމަ ނޯ ކޮމެންޓްސް." އައްޒަ ބުންޏެވެ.

"އެންމެންނަށް ވެސް އެންމެ ކުރިން ފެށިގެން ވެސް މުއާ ދެން ހަމަ އިންޓަވިއު ވެސް ދިން ތާ މަށޭ ކިޔައިގެން. ދެން މި ބުނި އަހަރުން ދެމީހުން އަޅުވާ ކިޔައޭ އަބަދުވެސް އިންޑަސްޓްރީގައި ދޯ. މި ބުނި އިންޑަސްޓްރީ މީހުންނަކީ އަހަރުން ދެމީހުން އެއްތަން ވެއްޖެޔާ ހަމަ އަޅުވާ ކިޔާ ކަމެއް އޮތަސް ނެތަސް. ދެން އަދި މިހާރު ޝޫޓިން އަށް އައިސް ރަށެއްގައި މިހެން އުޅޭއިރު އެކަހަލަ ވާހަކަ މީހުން ދައްކާނެ ދޯ ހަމަ ގެރެންޓީކޮށް. އަހަރެން ވަރަށް ބޮޑަށް މިއަށް ރެޑީވެގެން މިހުރީ. މި ބުނީ މި އަޑުތައް އެރިޔަސް، އަހަންނަށް އިނގޭ އަރާނެކަން ވެސް އަހަރެން ފުރުމުގެ ކުރިން އެންމެން ކައިރީގައި ބުނިން ބަލައްޗޭ އަޅުވާ ކިޔާނޭ."

މިވާހަކަތައް މުއާ އަދި އައްޒަވެސް ދޮގެއް ނުކުރި އެވެ. ނަމަވެސް ދޯގެ "ލޯތްބާއެކު" ސެގްމަންޓުގައި މުއާ އާއި އައްޒަ ދެކެ ލޯބިވެޔޭ ކިޔައިގެން މީހުން ދައްކާ ވާހަކައަށް މުއާގެ ކޮމެންޓެއް ހޯދަން އެހުމުން ދިން ޖަވާބު ފަހަރުގައި މިވާހަކައަށް ބާރުދޭ ވާހަކަތަކަކަށް ވެދާނެ ހެއްޔެވެ؟

"އަސްލު ކިހިނެއް ވެގެން ދައްކާ ވާހަކައެއްތަ އެއީ. އަސްލުވެދާނެ އެނގޭ ވަރަށް ކުރިން އަހަރެން ފިލްމީ އުދަރެސް އިންޓަވިއުއެއްގައި އެއީ ވަރަށް ކުރިން އެއީ އައްޒަވެސް ފުރަތަމަ ނުކުތް ދުވަސްކޮޅު އޭރު އޭނަ ވަރަށް ރީތި އަހަންނަށް. ދެން މަ ބުނިން ފިލްމީ އުދަރެސް އިންޓަވިއުގައި ހަމަ މިކަހަލަ ސުވާލުތަކެއް ކުރަމުން ކުރަމުން ގޮސް އެހީ ކާކުހޯ ފިލްމީ ދާއިރާއިން އެންމެ ރީތީ. ދެން ބުނީމަ އަހަރެން ބުނިން އައްޒައޭ އަހަންނަށް އެންމެ ރީތީ. ދެން އަނެއްކާ ވަރަށް ދުވަހު ވާހަކަ ނުދައްކާ ހުރެފަ މިހާރު މި ވާހަކަދައްކަނީ އެހެންވެ ތަންކޮޅެއް ބޮޑަށް އެކްސައިޓްވަނީ ކަންނޭނގެ ފުދޭވަރަކަށް ދުވަހު ވާހަކަ ނުދައްކާ ހުރެފަ ދެއްކީމަ ވެދާނެ މީހުންނަށް ތަންކޮޅެއް ބޮޑަށް އޭތި އިހްސާސް ކުރެވެނީ ކަމަށް،" ލޯތްބާއެކު ސެގްމަންޓުގައި ޖަވާބު ދެމުން މުއާ ބުންޏެވެ.

މުއާ އާއި އައްޒަގެ ލޯބީގެ ވާހަކަތައް ފެންމަތިވެގެން އުޅޭއިރު އެއްބަޔަކު ތިބީ އައްޒަ އާއި ދަރިފުޅުގެ ބައްޕަ އިސްމާއިލް ޖުމައިހް (ޖުމާ) އާ ދެވަނަ ފަހަރަށް ކައިވެނި ކުރާނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. އައްޒަ އާއި ޖުމާގެ ވާހަކައަށް އައްޒަ ދިނީ ކުރިންވެސް ދިން ޖަވާބެވެ.

"ކުރިންވެސް ބުނިހެން އަހަރެން ނުބުނާނަން ތިއީ ވާނެ ކަމެކޭ ވެސް ނޫނީ ނުވާނެ ކަމެކޭ ވެސް،" އައްޒަ ބުންޏެވެ.

އައްޒަ އާއި މުއާ އެހެން ބައެއް ފިލްމީ ތަރިންނާއެކު. --

ކުރިން ކައިވެންޏެއްކޮށް އައްޒައަށް ފިރިހެން ދަރިޔަކު ލިބިފައިވާއިރު މުއާއަށްވެސް ވަނީ ކުރިން ކައިވެންޏެއްކޮށް އަންހެން ދަރިޔަކު ލިބިފަ އެވެ. މުއާ ކުރިން ކައިވެނިކޮށްފައިވަނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޝާޔަން އާ އެވެ. މުއާ ޝާޔަން އާ އަލުން ކައިވެނިކޮށްފާނެތޯ އެހުމުން މުއާ ބުނެފައިވަނީ "ހީ ނުވާ" ކަމަށެވެ.

"އަހަންނަކަށް ނޭނގެ ކުރިއަށް ބުނާކަށް އަނެއްކާ އިންނާނަން ހޭ އެކަމަކު މަށަކަށް ހީއެއް ނުވޭ އިންނާނެ ހެނެއް އިނގޭ އަސްލަކުއެއް،" މުއާ ބުނެފައިވެ އެވެ.

އައްޒަ އާއި މުއާ "ލީނާ" ގެ މަސައްކަތް ފަށާފައިވާއިރު ކުރިންވެސް އެކުގައި ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އޭގެ ތެރޭގައި ދެކެދެކެވެސް ޕްރޮޑަކްޝަން އިން ގެނެސްދިން ކުރު ފިލްމު ސީރީޒް "ފަރިހިބެ" ގެ ފިލްމުތަކާއި ވީޑީއޯ ލަވަތައް ހިމެނެ އެވެ.

އެކްޓްރެސް މަރިޔަމް އައްޒަ

Popular