19 May 2019

އަޒޫ އާއި ސައީދަށް އަންހެން ކުއްޖެއް

އަޒޫ އާއި ސައީދަށް އަންހެން ކުއްޖެއް

މަޝްހޫރު ފިލްމީ ޖޯޑު، ފާތިމަތު އާޒިފާ (އަޒޫ) އާއި އަހްމަދު ސައީދުއަށް އަންހެން ކުއްޖަކު ލިބިއްޖެ އެވެ.

އަޒޫ ވިހެއީ އިއްޔެ މެންދުރު 12:40 ގައި އައިޖީއެމްއެޗްގަ އެވެ. މިއީ އަޒޫގެ އަލަތު ދަރިފުޅެވެ. "ދޯ" އިން ގުޅާލުމުން ސައީދު ބުނީ އަޒޫ އާއި ދަރިފުޅުގެ ހާލު ވެސް ވަރަށް ރަނގަޅު ކަމަށެވެ.

"އަޒޫ އާއި ދަރިފުޅުގެ ހާލުވެސް ވަރަށް ބަރާބަރު. މިއަދު އިރާދަކުރެއްވިޔާ ގެއަށް ދޫކޮށްލާނެ،" ސައީދު ބުންޏެވެ. ދަރިފުޅަށް ކިޔާނެ ނަމެއް ޑިސައިޑްކޮށްފިންތޯ އެހުމުން ސައީދު ބުނީ އަދި އެކަމާއި ނުވިސްނާ ކަމަށެވެ.

ސައީދު އާއި އަޒޫގެ އުފަލުގައި ބައިވެރިވެ މަރުހަބާ ކިޔަމެވެ!

ސައީދާއި އަޒޫގެ ކައިވެނިކުރީ 2016 ވަނަ އަހަރު އެވެ. އެ ކައިވެންޏަށް ދެ އަހަރުވި އިރު ދެ ތަރިންގެ ފިލްމީ ކެރިއަރު ވެސް ވަރަށް ކާމިޔާބެވެ. ގިނަ ފިލްމުތަކެއް ކުޅެ، މޮޅު އެކްޓިންއެއް ދެ ތަރިން ވެސް ވަނީ ދައްކާފަ އެވެ.

ސައީދު ކުރިން ކުރި ކައިވެންޏަށް އަންހެން ކުއްޖަކާއި ފިިރިހެން ކުއްޖަކު ހުރެ އެވެ.

ދަރިއަކު ލިބުމުން އަޒޫ ފިލްމީ ދާއިރާ އިން ދުރަށް ގޮސްދާނެތޯ، އެ ސުވާލަށް އޮތީ އަދިވެސް ޖަވާބެއް ނުލިބި އެވެ. ކުރިން ދިން އިންޓަވިއުއެއްގައި ސައީދު ބުނީ އަޒޫ ބޭނުން ނަމަ އަބަދު ވެސް ފިލްމު ކުޅެންވީ ކަމަށެވެ.

މާބަނޑުވުން

Popular