2 Sep 2019

By: Aishath Maaha

ދިވެހި ފިލްމު އިންޑްސްޓްރީގައި މިވަގުތު އެންމެ ބޮޑު މަގުބޫލުކަމަކާއި ލޯތްބެއް ހޯދާފައިވަނީ މަރިޔަމް އައްޒަ އެވެ. އައްޒަގެ ކޮންމެ ޚަބަރެއް މިހާ ޝައުގުވެރިވެފައި މަގުބޫލު ވަނީ މިހެންވެ އެވެ. އަދި ހާއްސަކޮށް އައްޒަ މިއީ ފޭނުންނާ ގާތް ގުޅުމެއް އޮންނަ ލޯބި ސެލެބްރިޓީ އެކެވެ. އައްޒަ އާއި އަބްދުﷲ މުއާޒްގެ ލޯބީގެ ގުޅުމުގެ ވާހަކަ އާއި ފޮޓޯތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ކޮންމެ ދުވަހަކު ބަލަނީ ވެސް މި ތަރިން ދެކެ ވާ ލޯތްބަކުންނެވެ.

މުއާ އާއި އައްޒައާ ދެމެދު ލޯބީގެ ގުޅުމެއް އުފެދިއްޖެ ކަމަށް ބުނެ އަޑުތައް އެންމެ ފުރަތަމަ ފެތުރުނީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ. އެކަމަށް އޭރު ދެ ތަރިން ވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނުވި އެވެ. އަދި އެކަން ދޮގެއް ވެސް ނުކުރެ އެވެ. ސޯޝަލް މީޑިއާގައި ފޮޓޯތަކެއް ވެސް ހިއްސާއެއް ނުކުރެ އެވެ. އައްޒަ މުއާއާ ޑޭޓުކުރަން ފަށާފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ސިންގަލްކޮށް ހުރުމަށް ފަހު އެވެ.

ނަމަވެސް މިދިޔަ ހައެއްކަ މަސް ދުވަހުގެ ތެރޭގައި މި ދެތަރިންގެ ލޯބި ފޮޓޯތަކާއި ވީޑިއޯކޮޅުތައް އަދި އެކަކު އަނެކަކަށް ފޮނުވާ ކުރުކުރު ލޯބީގެ މެސެޖުތައް ސޯޝަލް މީޑިއާ އިން އަންނަނީ ފެންނަމުންނެވެ. އައްޒަ ލީޑް ރޯލު ކުޅުނު މުއާގެ "ލީނާ"ގެ ޕްރިމިއާ ހަފުލާގައި މުއާ ވަނީ އައްޒަ ދެކެ ލޯބިވާ ކަން އިއުލާނުކޮށްފަ އެވެ. ދެތަރިންގެ ފޭނުން މިހާރު އެންމެ ދެކެން ބޭނުންވާ އެއް ދުވަހަކީ މި ދެތަރިން ކައިވެނިކުރާނޭ ދުވަހެކެވެ.

View this post on Instagram

A post shared by Muaa Abdulla (@muaa_abdulla) on

އެކަމަކު އެކަމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް މުއާ ނުދެއްކި އެވެ. މުއާ ބުނީ "އައްޒަ އަކީ ލީނާގެ ލީޑް އެކްޓްރެސް ވީމާ އަހަރެންނަށް އެހެން ބުނެވިދާނެ އެއް ނޫން ހެއްޔޭ" އެވެ. މުއާ މިހެން ބުނިއިރު މެދުކެނޑުމެއްނެތި ދެމީހުންގެ ފޮޓޯތައް މުއާ އަދި އައްޒަ ވެސް އަންނަނީ އިންސްޓަގްރާމް ސްޓޯރީގައި ޝެއާކުރަމުންނެވެ. އަދި މުއާގެ އިންސްޓަގްރާމްގައި ވެސް ދެ މީހުން އެކުގައި ނަގާފައިވާ ފޮޓޯތައް އަދި އައްޒަގެ ފޮޓޯތައް ޕޯސްޓުކޮށްފައިވެ އެވެ.

މުއާގެ އިންސްޓަގްރާމް ސްޓޯރީގައި، އައްޒައާއެކު ނަގާފައިވާ ފޮޓޯއެއްގައި ":heart:1.9:heart:" ޖެހުމަށްފަހު އިއްޔެ ޕޯސްޓުކޮށްފައިވެ އެވެ. އަދި އައްޒަގެ އިންސްޓަގްރާމް ސްޓޯރީގައި ވެސް ވަނީ "1.9 ވިތު މައި މޭން" އަދި ލޯބިވާ ވާހަކަ ބުނެ، އެކުގައި ނަގާފައިވާ ފޮޓޯއެއް ޕޯސްޓުކޮށްފަ އެވެ. ހީވާގޮތުން ފާހަގަކުރަނީ ދެ މީހުންގެ ގުޅުމަށް އެއް އަހަރާއި ނުވަ މަސް ފުރުމުގެ މުނާސަބަތެވެ. އައްޒަގެ އެ ޕޯސްޓު މުއާގެ އިންސްޓަގްރާމް ސްޓޯރީގައި ރީޕޯސްޓްކޮށްފައި ވެސް ވެ އެވެ. އަދި ދެމީހުން އެކުގައި ޑޭޓުތަކަށާއި ކޮފީތަކަށް ގޮސް ނަގާފައިވާ ފޮޓޯތައް ވެސް ޝެއާކުރެ އެވެ. މީގެ އިތުރުން ފޭސްބުކްގައި ވެސް އެކަކު އަނެކަކު ޕޯސްޓުތަކުގައި ޓެގުކޮށް ލޯބިވާ ވާހަކަ ބުނެ އެވެ.

View this post on Instagram

A post shared by Muaa Abdulla (@muaa_abdulla) on

އޭގެ އިތުރުން މުއާގެ އިންސްޓަގްރާމްގެ ހައިލައިޓްސްގައި، އައްޒަ އަދި ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯ އަދި ވީޑިއޯތަކަށް ހާއްސަ ސްޓޯރީތަކެއް ވަނީ ހިމަނާފަ އެވެ. އެ ޕޯސްޓުތަކުގައި މިސްވާ ވާހަކަ އާއި ލޯބިވާ ވާހަކަ ބުނެފައި ހުރެ އެވެ.

މުއާ އާއި އައްޒަގެ ލޯބީގެ ގުޅުމާއެކު އައްޒަގެ ހަޔާތަށް ބަހާރު މޫސުން އައިސްގެން އުޅޭއިރު ފިލްމީ ދާއިރާގައި އައްޒަ ވަރަށް ބިޒީ އެވެ. އައްޒަގެ ގިނަ ފިލްމުތަކެއް މި އަހަރާއި އަންނަ އަހަރު ފެންނާނެ ކަމަށް ބެލެވެ އެވެ. އަދި ދެތަރިން އެކުގައި މިއަހަރު ފެނިގެން ދިޔަ "ލީނާ" ޝްވެކް ސިނަމާ އަދި އަތޮޅު ތެރޭގައި އަންނަނީ ދައްކަމުންނެވެ. މި ފިލްމު ވަނީ ގިނަ ބަޔަކަށް ކަމުގޮސްފަ އެވެ.

ފިލްމީ ތަރި އިސްމާއިލް ޖުމައިހްއާ ކުރިން ކައިވެނިކޮށް އައްޒަ އަށް ފިރިހެން ދަރިޔަކު ލިބިފައިވާއިރު މުއާއަށް ވެސް ވަނީ ކުރިން ކައިވެންޏެއްކޮށް އަންހެން ދަރިޔަކު ލިބިފަ އެވެ. ދެމީހުން އެކުގައި ދަރިންނާއެކު ވަގުތު ހޭދަކުރާ ގިނަ ފޮޓޯތަކެއް ވެސް ދެމީހުންގެ ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައިވެ އެވެ.

އެކްޓްރެސް މަރިޔަމް އައްޒަ

Popular