3 Oct 2020

ގިވްއަވޭއަކަށް ވުރެ މާ "ލަކީ" ވާނެ ޗާންސެއް

މި ފުރުސަތު އޮތީ މި މަހު 10 ހަމައަށް ހުޅުވާލައިފައި

މި ފުރުސަތު އޮތީ މި މަހު 10 ހަމައަށް ހުޅުވާލައިފައި

By: Ifraz Ali

ކޮވިޑް-19 ފެތުރި، އިގުތިސާދު އިނދަޖެހި، މީހުންގެ ވަޒީފާތައް ގެއްލި، ވަރަށް ދަތި ހާލުގައި އުޅެމުން އަންނަ މީހުން އިތުރު ވެއްޖެ އެވެ. ބައެއް މީހުން ތިބީ ކޮންމެ ވެސް ވަރެއްގެ އެހީތެރިކަމަކަށް ބޭނުންވެފަ އެވެ. އެހެންވެ، މިފަދަ ވަގުތެއްގައި ބައިސްކޯފާއި ވީޑިއޯގްރާފާ ވިޝާލް ޒަކީ ގުޅިގެން އުފެއްދީ، މިހެން ހާލުގައި އުޅެމުން އަންނަ މީހުންނަށް ކުޑަ ނަމަވެސް، ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދެވިދާނެ ޝޯއެއް އުފެއްދުމުގެ މަސައްކަތެވެ. ވަރަށް އަވަހަށް ބައިސްކޯފުން ސްޓްރީމިން އަށް ދޫކޮށްލާނެ، މުޅިން އާ ޝޯއެއް ކަމަށްވާ "ލަކީ" ގެ ހިޔާލު އުފަންވީ އެގޮތަށެވެ.

View this post on Instagram

A post shared by Baiskoafu (@baiskoafu) on

މި ޝޯ މި ފަށަނީ "ގިވްއަވޭ" އަކަށް ވުރެ ވެސް މާ ބޮޑަށް، ކޮންމެ މީހަކަށް ވެސް "ލަކީ" ވުމުގެ ފުރުސަތެއް ދެމުންނެވެ.

ބައިސްކޯފްގައި ބޭއްވި އިވެންޓެއްގައި މި ޝޯގެ އެއް އެޕިސޯޑް މީޑިއާ އަށް ދައްކާލި އެވެ. އެކަމަކު އެ ވާހަކަ އަދި ފަހަށް ބާއްވާނަމެވެ. އާންމުންނަށް މި ޝޯގައި ބައިވެރިވެވިދާނެ ގޮތް މި އޮތީ އެވެ؛

ހަމަ ބޭނުން ކޮންމެ އެއްޗެއް ވެސް ލިބިދާނެ

ބައިސްކޯފްގެ ފޭސްބުކާއި ޓުވިޓާ އަދި އިންސްޓަގްރާމްގައި މިހާރު ވަނީ މި ޝޯގެ ކުރު ޓީޒާއެއް އާންމުކޮށްފަ އެވެ. ކޮންމެ މީހަކު ވެސް "ލަކީ" ވުމުގެ ފުރުސަތު އޮތީ މި ޓީޒާއާ ގުޅިފަ އެވެ. ކުރަންޖެހޭ ކަމަކީ މި ޕޯސްޓަށް ލައިކެއް ދިނުމަށް ފަހު، ޝެއާކުރުމެވެ. ޓުވިޓާގައި ނަމަ ރިޓުވީޓް ކުރާށެވެ. އަދި އެމީހަކު ބޭނުންވާ ކޮންމެވެސް އެކައްޗެއް، ކޮމެންޓްކުރަންވީ އެވެ. އަދި މީގައި އެމީހަކު ބައިވެރިވާ ޕްލެޓްފޯމަކުން ބައިސްކޯފަށް ފޮލޯކުރަން ޖެހޭނެ އެވެ.

މި ޕޯސްޓުގައި އެމީހަކު ބޭނުން ކޮންމެ އެއްޗެއް ވެސް ކޮމެންޓްކުރަންވީ. އިތުރަށް ކުރަންޖެހޭނެ ކަމަކީ މި ޕޯސްޓް ލައިކެއް ދިނުމަށް ފަހު، މި ޝެއާކޮށް، އަދި ބައިސްކޯފްގެ ޕޭޖަށް ވެސް ލައިކެއް ދިނުން.

މި މަހު 10 އާ އަހަމަ އަށް ހުޅުވާލާފައި އޮތް މި ފުރުސަތުގައި "ލަކީ" ވާ މީހަކަށް، އެމީހަކު ކޮމެންޓްކުރި ކޮންމެ އެއްޗެއް ވެސް ލިބޭނެ އެވެ. އިއްޔެ ހުޅުވާލި މި ފުރުސަތުގައި، މިހާރު ވެސް އެތައް ބަޔަކު ބައިވެރި ވެއްޖެ އެވެ. އެމީހެއްގެ "ލަކް" ހުރި ގޮތެއް ބަލައިލަން މިއީ ރަނގަޅު ކަމަކަށް ވާނެ އެވެ.

އެކި ސީޒަންތަކަށް ބަހާލައިގެން ގެނެސްދޭ މި ޝޯގެ ފުރަތަމަ ސީޒަންގައި 10 އެޕިސޯޑެއް ގެނެސްދޭނެ އެވެ. މި ޝޯ ގެނެސްދޭން ފަށާ ދުވަސް ވަރަށް އަވަހަށް އިއުލާންކުރާނެ އެވެ.

ޓީވީ ޝޯ ރިއަލިޓީ ޝޯ

Popular