8 Jul 2025

By: Fathimath Ajufan

ތުނިކޮށް ކޮށައިގެން ނުވަތަ އެކި ފާޑުގެ ކާތަކެތި ހަދައިގެން ވެސް ކަށިކޭލަކީ މީރު އެއްޗެކެވެ. ފަނި ކައްކަން، ބަތްޕެން ހަދަން، މިލްކްޝޭކް ހަދަން އަދި ބަތް ކައްކަން ވެސް މި ބޭނުންކުރެވިދާނެ އެވެ.

އެކަމަކު މިފަހަރު މި ކިޔައިދެނީ ބައެއް ރަށްރަށުގައި ހަދާ "ކަށިކެޔޮ ފެން" ކައްކާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

- ކަށިކެޔޮ ތުނިކޮށް ކޮށާފައި (1 ޖޯޑު)

- 1 ލާހި ހަކުރު

- 8 ޖޯޑު ފެން (ކަށިކެޔޮ މަޑުކުރަން)

- ގަބުޅި، ގާނާފައި (1 ޖޯޑު)

- ކަށިކެޔޮ މަދު (ބޭނުން ނަމަ)

- 6 އިންޗީގެ ރާނބާފަތް (ދެ ބުރި ކޮށްލާފައި)

ތައްޔާރުކުރާނެ ގޮތް:

ތެއްޔަކަށް ފެން އަޅައި ރާނބާފަތްކޮޅު އަޅައި ކައްކާލާށެވެ. ފެންގަނޑު ރަނގަޅަށް ކެކުމުން އޭގެ ތެރެއަށް ކަށިކެޔޮކޮޅު އަޅައި މަޑުވަންދެން ކައްކާލާށެވެ. ފަސޭހަކޮށްލަން ބޭނުން ނަމަ ޕްރެޝާ ކުކާގައި ކަށިކެޔޮ މަޑުކޮށްލިޔަސް ރަނގަޅުވާނެ އެވެ.

ފެންގަނޑު ތެރޭ ކަށިކެޔޮތައް މަޑުވުމުން ހަމަ އެ ތެއްޔަށް ހަކުރު އަޅާށެވެ. ކުޑަކޮށް ކެކިގަތުމުން އޭގެ ތެރެއަށް ގަބުޅި އާއި ކަށިކެޔޮ މަދުކޮޅު އަޅާ ކައްކާލާށެވެ. ކެކިގަތުމުން އުނދުން ނިއްވާލައި މަތި ޖަހާފައި ބަހައްޓާށެވެ.

އެއްކޮށް ހިހޫވުމުން އެ ހުރީ ކަށިކެޔޮ ފެން ބޯން ތައްޔާރުވެފަ އެވެ.

އާންމުކޮށް މިއާ އެކު ކުޅި ބޯކިބާ ކަހަލަ ހެދިކާއެއް ކާނެ އެވެ.

ކަށިކޭލަކީ ސިއްހީ ގޮތުން ވަރަށް ގިނަ ފައިދާތަކެއް ލިބޭ މޭވާއެކެވެ. ހަށިގަނޑުގައި ހުންނަ ފާރުތައް ފަސޭހަވުމަށް އެހީވުމާއި ހުން މަޑުކުރުމަށާއި ހަމުގެ ވަރަށް ގިނަ މައްސަލަތަކަށް ހައްލެއްގެ ގޮތުގައި ވެސް މި ބޭނުންކުރެ އެވެ.

ކަށިކޭލަކީ ހަކުރު ބައްޔާ ދުރުކޮށްދީ އަދި އެ ބަލީގެ އުދަގޫތައް ކުޑަކޮށްދިނުމުގެ އިތުރުން ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކަށް ވެސް ލުއި ހޯދައިދޭ. މޭވާއެއްގެ ގޮތުގައި ބައެއް ދިރާސާތަކުގައި ބުނެފައިިވެ އެވެ.

މޭވާ ރެސިޕީ

Popular