28 Apr 2026

ނަފްގެ ބަދިގެއިން ހުރިހާ ރަހައެއް

ނަފްގެ ބަދިގެއިން ހުރިހާ ރަހައެއް

By: Asima Nizar

ކެއްކުމަށް ނަފްހާ އާސިމް (ނަފް) ޖެހުނު ލޯބީގެ ފެށުމަކީ ބަދިގޭގައި މަންމަ ކުރި މަސައްކަތްތަކާއި ހަނދާނުން ނުފިލި މީރު ކެއުންތަކުގެ ރަހަ އެވެ. އޭރު ގްރޭޑު 11 ގައި އުޅޭތީ އޭނާގެ ހުރިހާ ވަގުތެއް ހުސްކުރީ ކިޔެވުމަށް ކަމަށް ވިޔަސް ބޯހަމަޖައްސާލަން ވެސް ވަން ތަނަކީ ބަދިގެ އެވެ. އޭގެ ފަހުން މެރިން ސައިންސްގެ ދާއިރާއިން ޑިގްރީ ނިންމައި ދިރިއުޅުން ހަލަބޮލިވި އިރު ވެސް ކެއްކުމަށް އޭރު ޖެހުނު ލޯތްބަކަށް ބަދަލެއް ނައެވެ.

ބަންދުތަކާއި ރޯދަ މަސް ފަދަ ހާއްސަ ދުވަސްތަކުގައި ނަފް ކައްކަން ފެށި އެވެ. ހަމައެކަނި ހުސް ވަގުތު ކުރާ ކަމަކަށް ވުރެ އެކަން ބަދަލުވެގެން ދިޔައީ އާއިލާ އާއި ރައްޓެހިން އަދި ދުރުން މަންޒަރު ބަލަން ތިބި މީހުންނާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކޮށްދިން ކަމަކަށެވެ.

ނަފް ބުނީ ސޯޝަލް މީޑިއާއިން، ކެއްކުމާ ގުޅޭ ވީޑިއޯތައް އަބަދު ވެސް ބަލައި އޭނާގެ އަމިއްލަ އެކައުންޓަކުން އެފަދަ ކަމެއް ކުރުމުގެ ވިސްނުން ހުންނަ ކަމަށެވެ. އޭރު ވެސް އޭނާ ދިޔައީ އެކި ގައުމުތަކަށް ދަތުރުކޮށް، އެ ރީތި މަންޒަރުތައް އިންސްޓަގްރާމާއި ޓިކްޓޮކްގައި ހިއްސާކުރަމުންނެވެ. އެ ފިޔަވަޅުމަތިން ކުރިއަށް ގޮސް، ކެއްކުންތައް އެންމެ ފުރަތަމަ ވެސް ޑޮކިއުމެންޓު ކުރަން ފެށީ 2021 ވަނަ އަހަރު ޓިކްޓޮކްގަ އެވެ. މިއުޒިކް ސިންކު ކޮށްގެން ވީޑިއޯ ހެދުމުގެ ޓްރެންޑު 2023 ގައި ހިފުމާ އެކު އެ ބަދަލަށް ހޭނި ގަވައިދުން ވީޑިއޯ ހަދަން ފެށި އެވެ.

View this post on Instagram

A post shared by Recipes By Naff (@recipesbynaff)

"ބޭނުންވީ ގޭތެރޭ އަދި މީޑިއާގެ ޒަރިއްޔާއިން ދަސްވި ރެސިޕީތައް ހިއްސާ ކުރުން." ރަސްމީ ވަޒީފާގެ އިތުރުން މޫސުމާއި ތިމާވެށީގެ އަދުލުއިންސާފު ގާއިމްކުރަން އިންޓަނޭޝަނަލް ޖަމިއްޔާއެއްގެ ބްރާންޗެއް ރާއްޖޭގައި ވެސް ހިންގާ ނަފް ބުންޏެވެ.

View this post on Instagram

A post shared by Naff Asim | Travel & Adventure (@dhonkambulo)

ކެއްކުމުގެ އިތުރުން ނަފް ދެން އެންމެ ކުރާ ހިތްވާ ކަމަކީ ދަތުރުކުރުން.

ދެން ވެސް އޭނާ ބޭނުންވީ ތަފާތު ކަމެއް ތަޖުރިބާކުރާށެވެ. އޭގެ ތެރެއިން، ފުލްޓައިމް ވަޒީފާއެއްގައި އުޅެމުން އިނގިރޭސި ބަހުން އަޑުއަޅައިގެން 2024 ވަނަ އަހަރު ވީޑިއޯ ހަދަން ފެށި އެވެ. އަދި ރޯދަ މަހުގެ ކޮންމެ ދުވަހަކު ބަދިގޭގައި މަންމައަށް އެހީވާން ތަފާތު އެކި އެއްޗެހި ހަދައި ވީޑިއޯ ކުރަން ފެށުމަކީ، ނަފް ބުނި ގޮތުގައި، ރަސްމީކޮށް ފުޑް ބްލޮގިންގެ ތެރެއަށް ވަދެވުނު ގޮތެވެ.

ގިނަ ބައެއްގެ އެދުމާ އެކު، ދިވެހި ބަހުން އަޑުއަޅަން ފެށުމުން އެ ވީޑީއޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ.

View this post on Instagram

A post shared by Recipes By Naff (@recipesbynaff)

"މިދިޔަ އަހަރުގެ ރޯދަ މަހުގެ ހުރިހާ ދުވަހަކު ވެސް މިކަން ގެންގޮސް އަދި މި އަހަރުގެ ރޯދަ މަހު ވެސް ދިވެހި ބަހުން އަޑުއަޅައިގެން ރެސިޕީ ވީޑިއޯތައް މި ތައްޔާރުކުރީ. މިކަން ފުރަތަމަ ފަށައިގެން، 2024 ވަނަ އަހަރުން ފެށިގެން ގިނަ ބައެއްގެ ސަޕޯޓާއި ލޯބި ލިބެމުން އަންނަނީ. އެއީ އެންމެ ބޮޑު މޯޓިވޭޓަކީ. ފަސޭހަ ގޮތެއްގައި ރެސިޕީތައް ޝެއާކުރަން ފެށި މަސައްކަތް މިހާރު ވަނީ ވޮއިސްއޯވާތަކާއި ކުކިން ވީޑިއޯތަކުގެ ޒަރިއްޔާއިން ވަރަށް ގިނަ މީހުންނާ ގުޅުވައިދޭ ރޯދަ ސަގާފަތަކަށް ބަދަލުވެފައި." ނަފް ބުންޏެވެ.

"ސޯޔަ ބައި ނަފް"

ރޯދަ މަހު ޓިކްޓޮކާއި އިންސްޓަގްރާމްގައި ތަފާތު އެކި ކާ އެއްޗެހީގެ ރެސިޕީ ވީޑިއޯތައް އާއްމުކުރުމުން ގިނަ ބައެއްގެ ސުވާލަކަށް ވީ މި އެވެ. ނަފްގެ ކެއްކުން އަޖުމަ ބެލޭނީ ކިހިނެއްތޯ އެވެ. ވީޑިއޯތަކަށް އެތައް ކޮމެންޓަކާއި މެސެޖުތައް ލިބުމުން އޭނާއަށް ގަބޫލުކުރެވުނީ އެ ޕެޝަން ކުޑަ ވިޔަފާރިއަކަށް ބަދަލުކުރެވިދާނެ ކަމުގެ ހިޔާލެވެ.

View this post on Instagram

A post shared by SoYeah By Naff (@soyeahbynaff)

"ރެސިޕީސް ބައި ނަފް"ގެ ކުޑަ ދަށުން މިދިޔަ މަހުގެ 26 ގައި ވަނީ "ސޯޔަ ބައި ނަފް" ގެ ނަމުގައި އޭނާގެ ކުޑަ ވިޔަފާރި ފަށައިފަ އެވެ.

View this post on Instagram

A post shared by SoYeah By Naff (@soyeahbynaff)

ނަފް ބުނީ އެ ވިޔަފާރީގެ އަމާޒަކީ މީރު ކާތަކެތި، އަތްފޯރާ އަގެއްގައި މީހުންނަށް ފޯރުކޮށްދޭށެވެ. އެކަން ކުރަން އޭނާ ނިންމާފައިވަނީ ކޮންމެ ހަފުތާއަކު އާ މެނޫއެއް ހަދައި އެއަށް އޯޑަރު ނަގައިގެންނެވެ.

"ބޭނުމަކީ އަޅުގަނޑަށް ވެސް މީރު ކާ އެއްޗެހި ތައްޔާރުކޮށް ރަހަ ބެލުމުގެ ފުރުސަތު ދިނުން. ރިޕީޓެޑް ކަސްޓަމަރުން ތިބުމަކީ ވަރަށް އުފާވާ ކަމެއް. ހަފުތާއަކު ކުޅި އެއްޗަކާއި ފޮނި އެއްޗެއް މެނޫގައި ހިމެނެނީ. އެ ހަފުތާ ނިމުނީމަ އަނެއްކާ ވެސް އާ މެނޫއެއް،" ނަފް ބުންޏެވެ.

ވަޒީފާގައި އުޅޭތީ މި ވަގުތު އޯޑަރު ނަގަނީ ރޭގަނޑު ކެއުމަށް އެކަންޏެވެ. އެއް ދުވަސް ކުރިން އޯޑަރު ދިނުމުން، ގެއާ ހަމައަށް ޑެލިވާ ކޮށްދެ އެވެ. މެނޫގައި މި ވަގުތު މަދު އެއްޗެހި ހުއްޓަސް، ކުރިއަށް އޮތް ތަނުގައި އެ އަދަދު އިތުރުކޮށް، މީރު ކެއުންތަކުން ހިތްތަކަށް އުފާވެރިކަން ގެނެސްދިނުމަކީ އޭނާގެ އުއްމީދެވެ.

ކެއްކުން

Popular