ދުފުމަކީ އެކަމާ ނުލައި އެތައް ދިވެހިންނެއްގެ ދުވަސް ފުރިހަމަ ނުވާ ކަމެކެވެ. އަނގައިގެ ކެންސަރަށް މަގު ފަހިކުރުވާ މި ނުރަނގަޅު އާދަޔާ ދުރުވުމަކީ ބައެއް މީހުންނަށް ވަރަށް އުނދަގޫ ކަމެކެވެ.
ދުފުމަކީ އެކަމާ ނުލައި އެތައް ދިވެހިންނެއްގެ ދުވަސް ފުރިހަމަ ނުވާ ކަމެކެވެ. އަނގައިގެ ކެންސަރަށް މަގު ފަހިކުރުވާ މި ނުރަނގަޅު އާދަޔާ ދުރުވުމަކީ ބައެއް މީހުންނަށް ވަރަށް އުނދަގޫ ކަމެކެވެ.
ދުފުމުގެ އިތުރުން އެކަމަށް މަގުފަހިވާ އެންމެ ބޮޑު އަނެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުމެވެ.
އެޗްޕީއޭއިން މީގެ ކުރިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާ ގޮތުން، އުރަމައްޗާއި ފުއްޕާމޭގެ އިތުރުން ދެން އެންމެ ގިނަ އެއް ބާވަތަކީ އަނގައިގެ ކެންސަރެވެ.
އެޗްޕީއޭ އާއި ޑަބްލިއުއެޗްއޯގެ އެހީގައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން 2021 ވަނަ އަހަރު ހެދި ދިރާސާ އިން އެނގޭ ގޮތުގައި ކޮންމެ ހަތަރު މީހެއްގެ ތެރެއިން އެކަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނެވެ.
ދުފުމާއި ދުންފަތް ބޭނުންކުރުމުން ދުރަށް ނުދެވިގެން އުޅޭ ނަމަ އަނގައިގެ ކެންސަރު ފަދަ ކަންކަމަށް ދޭންޖެހޭ ސަމާލުކަން އެތައް ގުނައެއް ބޮޑެވެ. ބަލީގެ އަލާމާތެއް ހުރިހާ އަމިއްލައަށް ވެސް ބަލަން ޖެހޭނެ އެވެ.
ކެންސާ ސޮސައިޓީން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި، އަނގައިގެ ކެންސަރު ހުރިތޯ އަމިއްލައަށް ބަލާނެ ގޮތްތައް ކިޔައިދީފައިވެ އެވެ.
އެކަން ކުރަން ބޭނުންވާނީ ދޫ ހިފަހައްޓާނެ އާލާތަކާއި ޓޯޗެކެވެ.
އެންމެ ފުރަތަމަ މަތީ ތުންފަތާއި ތިރީ ތުންފަތުގައި ރަތް ނުވަތަ ހުދު ތަންކޮޅެއް އަދި އަޑިވެފައި ނުވަތަ ގަނޑު ހުރިތޯ ބަލާށެވެ. ދެން ހިރުގަނޑުގައި ވެސް އެގޮތަށް ބަދަލުތަކެއް އައިސްފައި ހުރިތޯ އަމިއްލައަށް ބަލާށެވެ. އޭގެ އިތުރުން؛
- ކޯ ބޭރަށް ނެރުމަށްފަހު ރަނގަޅަށް ޗެކްކުރޭ
- ބޯ މައްޗަށް ނަގައި މަތީ ތަލި ބެލުމަށް ފަހު އަތްލައި އިހުސާސްކުރޭ
- ދޫ މައްޗަށް ނަގައި ތިރީ ތަލި ބަލައި އަތްލައި އިހުސާސްކޮށްލާ
- ދޫ ހިފަހައްޓަން ބޭނުންކުރި އާލާތުން ދޫ ތިރިކުރުމަށް ފަހު ކަރުގެ އެތެރެ ބަލާ
- ދޫ ބޭރަށް ނެރެ ރަނގަޅަށް ބަލާ
އެގޮތަށް އަމިއްލައަށް ޗެކްކުރާއިރު، ބަދަލެއް ފާހަގަވާ ނަމަ ވީ އެންމެ އަވަހަކަށް އަނގައިގެ ޑޮކްޓަރަކަށް ދެއްކުން މުހިއްމެވެ.
ކެންސާ ސޮސައިޓީން ބުނީ ދުރާލާ ބަލި ދެނެގަނެވިއްޖެ ނަމަ އެކަމުން ސަލާމަތްވުމުގެ 90 ޕަސެންޓު ޔަގީންކަން އޮންނަ ކަމަށެވެ. އެހެންވެ، އަނގައިގެ ކެންސަރަށް ހޭލުންތެރިކުރުވާ މި މަހު މިކަމަށް އިތުރަށް ސަމާލުކަން ދިނުން މުހިއްމެވެ.