15 Feb 2022

By: Ahmed Jaishan

އިސްތަށިގަނޑުގައި މީގެ ދަތި ޖަހައިގެން އުޅުނު އުފާވެރި ދުވަސްތައް ހަނދާން އެބަހުރި ދޯ އެވެ. އެއީ ފޮނި މާޒީ އެވެ. އެކަމަކު މިހާރު އުވި ގޮސްވައިވާ މި ފެޝަން އެކްސެސަރީ އެނބުރި އަތުވެއްޖެ އެވެ. އާންމު ނަމުން ނަމަ "ކްލޯ ކްލިޕް" އެވެ.

ހިމަ ދަތްތަކެއް ހުންނަ މި ދައްޗަކީ ނުވަދިހައިގެ ޗާލާކީ ދުވަސްވަރުގެ ހަނދާންތަކާ ވެސް ގުޅިފައިވާ އެއްޗެކެވެ. ކުޑައިރު އޭގެ ދަތިތައް ބޭނުންކޮށްގެން އިނގިއްޔާއި އަތުގައި އަޅުވާލައިގެން އުޅޭ ހަނދާން ހުރި ގިނަ ބަޔަކު ހުންނާނެ އެވެ. އެ ދަތި އަޅުވައިގެން ތަދުވިޔަސް އެއާ ކުޅެން އުޅުނު ހަނދާން ވެސް ގިނަ މީހުން ހުންނާނެ އެވެ.

ކްލޯ ނުވަތަ ވަކި ހިމެނޭ ދަތިތަކަކީ ނުވަދިހައިގެ ތެރޭ އަދި ދެހާހުގެ ކުރީކޮޅުގައި ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލުވި ފެޝަން ސްޓޭޓްމެންޓެކެވެ.

މި ދުވަސްވަރަކީ ޖެން-ޒީ އިން ކުރީގެ ޓްރެންޑްތައް އާކުރަމުން އަންނަ ދުވަސްވަރެކެވެ. ޒުވާނުންގެ މެދުގައި މިވަގުތު އެންމެ މަގުބޫލުވަމުން އަންނަނީ ޓޫވައިކޭ ނުވަތަ 2000ގެ ކުރީގެ ޓްރެންޑުތަކެވެ.

ކްލޯ ކްލިޕް އަނެއްކާ ވެސް މަގުބޫލުކަން ހޯދާފައިވަނީ އެހެންވެ އެވެ. މި ދުވަސްވަރު ޒުވާނުން މި ދަތި ބޭނުން ކުރަމުން އަންނަނީ ވަރަށް ތަފާތު ގޮތަކަށެވެ. މީގެ ކުރީން މި ދަތި ބޭނުންކުރަމުން އައީ ހަމައެކަނި ވަރަށް "ކެޝުއަލް" އެއްޗެއްގެ ގޮތުގަ އެވެ. ނަމަވެސް މިހާރު މި ދަތި، އެކި ހާލަތްތަކުގައި ބޭނުންކުރަމުން އެބަ އާދެ އެވެ. ސްކޫލަށް ދާއިރު އަދި ޕާޓީތަކަށް ދާއިރު ވެސް މި ދަތި ޖަހަ އެވެ.

ޒުވާނުން ފެޝަން

Popular