26 Jun 2024

އުމުރު ކިހާ ވަރެއް؟ "ލަޔަން ކިންގް" އަށް 30 އަހަރު

އުމުރު ކިހާ ވަރެއް؟ "ލަޔަން ކިންގް" އަށް 30 އަހަރު

އަހަރުމެންގެ ކުޑައިރުގެ އެންމެ އުފާވެރި ހަނދާންތަކާ ގުޅިފައިވާ "ދަ ލަޔަން ކިންގް" ކާޓުން ނުކުތްތާ މި މަހު 24 އަށް 30 އަހަރު ވީ އެވެ. މިހާރު ތިޔަ ހުރީ އުމުރުން 30 އިން މައްޗަށް ގޮސްފައި ދޯ އެވެ. އެކަމަކު އަދިވެސް ހީވަނީ އިހަށްދުވަހުގެ ފިލްމެއްހެންނެވެ.

ބޮޑު ތަރުހީބަކާ އެކު މި ފިލްމު ވަނީ ކާމިޔާބު އަދި އެންމެ މަގުބޫލު އެއް ފްރެންޗައިސްއަށް ވެފަ އެވެ. އޭގެ ތެރޭގައި ފަސް ފީޗާ ފިލުމާއި ދެ ޓީވީ ޝޯ އަދި ބްރޯޑްވޭ މިއުޒިކަލް ޝޯއެއްވެސް ހިމެނެ އެވެ.

ލަޔަން ކިންގް އަދި އަހަރެން

ކާޓޫނު ބަލަން އޭރު ލިބެނީ ގިނަ ގޭގޭގައި އެންމެ ޗެނަލެކެވެ. ސްކޫލުން އައިސް ތައްޔާރުވެގެން 5:30 ގައި ޓީވީ ދޮށުގައި ކެތްމަދު ވެފައި، ކާޓުނު ދައްކާ ގަޑީގެ އިންތިޒާރުގައި އިންނަމެވެ. ކުޑައިރުގެ އުފާވެރި ހަނދާންތަކުގެ ބޮޑު ބަޔަކީ ކާޓުނު ބެލުމާއި އޭގައި ހިމެނޭ ކެރެކްޓާތަކަށް ވަދެ އެ މީހުންގެ ދުނިޔޭގައި ހިނގާ ކަން ދެނެގަތުމެވެ. މީގެ ތެރޭގައި ހިމެނުނު އެންމެ ފޭވަރިޓް އެއް ކާޓުނަކީ ލަޔަން ކިންގަށް ވީ އިރު މީ ގިނަ މީހުންގެ ލިސްޓުގެ އެއްވަނައިގައި މި ކާޓޫނު ހިމެނޭ އެވެ. ހިތާނީ ޕާޓީތަކާއި އުފަންދުވަހުގެ ހަދިޔާ އަކީ މިއީ އެވެ. ސްކޫލުން ރަނގަޅު މާކްސް ލިބުމުން ވެސް އޭރު ބޭނުންވި ހަދިޔާތަކުގެ ތެރޭގައި ލަޔަން ކިންގުގެ ކޮންމެވެސް އައިޓަމެއް ހިމެނެ އެވެ.

"ސާކަލް އޮފް ލައިފް" ލަވައިގެ ތެރެއިން ކުޑަކުޑަ ސިންބާ ގޮވައިގެން ޕްރައިޑް ރޮކް މަތީގައި ހުރެ އެހެން ހުރިހާ ޖަނަވާރުތަކަކަށް ދައްކާލަން އުފުލާލާ މަންޒަރަކީ މިހާރު ވެސް ހަނދާނުގައި ހުންނަ އެންމެ އުފާވެރި އެއް މަންޒަރެވެ. މީގެ އިތުރުން ޓިމޯން އަދި ޕުންބާގެ ޖޯކުތަކަށް އާއިލާއާ އެކު ހީ، އެ ނެގި މަޖާތައް އުފާވެރި އެވެ. "ހަކޫނަ މަޓާޓާ" އޭ ބުނާ ބުނުން އަހަރެމެންނަށް ދަސްވީ ވެސް މި ފިލްމުންނެވެ.

މި ކާޓުނަަށް 30 އަހަރު ވެގެން ދިޔައިރު މި ވީ ހަމައެކަނި ކުޑަކުދިންގެ ފެވަރިޓަކަށް ނޫނެވެ. މި ކާޓޫނު އަދި ފްރެންޗައިސްގެ ފޭނުން އެ ތިބި ގޮތުގައި ތިބެ މިހާރު ތިބީ މި ކާޓޫނާ އެކީ ބޮޑެތިވެފަ އެވެ.

ފިލްމު

Popular