އާ އަހަރެއް ފެށޭއިރު ވަރަށް ގިނަ ކަންކަން ހާސިލްކުރަން ހިތުލަ އެވެ. ދިރިއުޅުމަށް ރަނގަޅު، ހެޔޮ ބަދަލުތައް ގެންނަން އަޒުމްކަނޑައަޅަ އެވެ.
އާ އަހަރެއް ފެށޭއިރު ވަރަށް ގިނަ ކަންކަން ހާސިލްކުރަން ހިތުލަ އެވެ. ދިރިއުޅުމަށް ރަނގަޅު، ހެޔޮ ބަދަލުތައް ގެންނަން އަޒުމްކަނޑައަޅަ އެވެ.
ދެހާސް ފަންސަވީހަށް އަލްވަދާއު ކިޔަން ބާކީ 10 ދުވަހަށް ވީ އިރު ހާސިލް ކުރެވީ ކޮން ކަމެއްތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލަންވީ އެވެ.
ޖާނަލްގައި ލިޔެ ރައްކާކުރި އެ ކަންކަމުގެ ތެރެއިން މި އަހަރު އެއްވެސް ކަމެއް ފުރިހަމަވެއްޖެ ހެއްޔެވެ؟ އެހެން ވިއްޔާ، މި އަހަރު ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ކޮބައި ހެއްޔެވެ؟ ނުވަތަ ހާސިލްވީ ކޮން ކަމެއް ހެއްޔެވެ؟
ބިހޭވިއަރަލް ސައިންސް އިން ހާއްސަވެފައިވާ، ވެސްޓާން ޔުނިވާސިޓީގެ ޕްރޮފެސަރު، އަލްބާޓު މަލްކިން ވިދާޅުވެފައިވާ ގޮތުގައި ދިރިއުޅުމުގެ އާދަތައް ބަދަލުކުރަން ވަރަށް މަސައްކަތް ކުރަންޖެހެ އެވެ. އަދި ގިނަ ފަހަރަށް ނާކާމިޔާބު ވަނީ ވެސް ހަގީގަތަށް ހަދަން އުނދަގޫ ލަނޑުދަނޑިތައް ކަނޑައެޅުމުން ކަމަށް ބުނެފައިވެ އެވެ.
"އެންމެ މުހިންމު ކަމަކީ ތިމާ ބަދަލުވާން ބޭނުންވާ ސަބަބާއި ތިމާގެ އާދަ ބަދަލުކުރުމަށް ހުރަސް އެޅޭ ސަބަބު ދެނެގަތުން. ތި އާދަތަކުގެ ފަހަތުގައިވާ 'ސަބަބު' އަދި ހާސިލް ކުރެވޭނެ ލަނޑުދަނޑިތައް ދެނެގަތުމުން އެކަން ފުރިހަމަ ކުރެވިދާނެ،" އޭނާ ވިދާޅުވި އެވެ.
މީހަކު ޖާނަލެއް ބަލަނީ
"އަމިއްލަ ނަފްސަށް އޯގާތެރިވުން ވެސް މުހިއްމު. ގޯސް ދުވަހެއް ދިމާވެއްޖެނަމަ އެއީ ރަނގަޅު މަގަށް ދާހާ ހިނދަކު ފެއިލް ނުވާނެ ދުވަހެއް."
އަލްބާޓް ވިދާޅުވީ މިނެކިރާއިރު ކާމިޔާބީއަށް ވުރެ ބޮޑަށް ފޯކަސް ކުރަނީ ނާކާމިޔާބީތަކަށް ކަމަށެވެ. ކަމެއް އެންމެ ރަނގަޅަށް ނުގޮސްދާނެ ކަމަށް ގަބޫލު ކުރުން މުހިއްމު ވިއަސް އަނެއް ދުވަހު ކާމިޔާބު ހޯދަން އިތުރު ފުރުސަތެއް އެބައޮތް ވެސް ވިސްނަން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.
"ނާކާމިޔާބީގެ ސަބަބުން، ތިމާ އަމިއްލަ ނަފްސާ މެދު ދެކޭ ގޮތަށް އަސަރުކޮށް، ބަލިވުމުގެ އިހްސާސް ކުރެވޭ."
އާ އަހަރު ބޯމަތިވަމުން ދާއިރު ލަނޑުދަނޑިތައް ކަނޑައެޅުމުގައި ވިސްނަންޖެހޭ ކަންތައްތަކަށް ވެސް އަލްބާޓް އަލިއަޅުއްވާލެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ދުވަހަކަށް ފިޓްވަނީ ކޮން ކަމެއްތޯ ބަލައި އެ ހިސާބުން މަސައްކަތް ފެށުން މުހިއްމެވެ.
"އަމިއްލަ މީހާއަށް ހާސިލް ކުރެވޭނެ ކަންތައްތަކާއި އަދި އެ ގޯލް ހާސިލްކުރަން ބޭނުންވަނީ ކީއްވެގެންކަން އަދި އެކަމުގެ ސަބަބުން ލިބޭނެ ފައިދާތަކަކީ ކޮބައިތޯ ބެލުން ރަނގަޅު." އަލްބާޓު ވިދާޅުވި އެވެ.
އަނެއްކާ ވެސް އާ ހިތްވަރަކާ އެކު، އާ އަހަރަކާ ކުރިމަތިލާން ޖެހޭ ވަގުތު އައިސް މި އޮތީ ޖެހިފަ އެވެ. އަލުން ޖާނަލް ނަގާފައި އެ ހިތްވަރުގައި ލިޔަން ފަށާށެވެ.