7 May 2020

By: Ifraz Ali

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީގެ ބޭފުޅުންގެ ތެރެއިން ދުނިޔޭގައި ހުންނެވި ހަމައެކަނި ބޭފުޅާ އަމީނާ މުހައްމަދު އަމީން، އުމުރުފުޅުން 85 އަހަރުގައި އަވަހާރަވީ އިއްޔެ އެވެ. އެކަމަނާ ވަނީ ވަރަށް ގިނަ އަހަރުތަކެއް ވަންދެން ސަރުކާރަށް ހިދުމަތްކުރައްވައިފަ އެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ޕާސަނަލް ސެކްރެޓަރީންގެ ތެރޭގައި މަސައްކަތް ކުރެއްވި އެވެ. ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ވެރިކަމުގައި ހެލްތު މިނިސްޓްރީގައި މަސައްކަތްކުރެއްވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރެއްގެ ގޮތުން 1980 އިން 1985 އަށް ރައްޔިތުންގެ މަޖިލިހުގައި ވެސް މަސައްކަތްކުރައްވައިފައިވެ އެވެ.

އެ ކަމަނާ އަށް ދެ ކައިވެނިފުޅުން ފިރިހެން ދެ ބޭފުޅުންނާއި އަންހެން ދެ ބޭފުޅުން ލިބިވަޑައިގަތެވެ. އޭގެ ތެރެއިން އަމީން ފައިސަލަކީ، އެމްޑީޕީގެ ކުރީ ސަރުކާރުގެ ޑިފެންސް މިނިސްޓަރެވެ. ޑރ. ފަރަހަނާޒު ފައިސަލް އަކީ، މިވަގުތު އިނގިރޭސި ވިލާތުގައި ހުންނެވި ރާއްޖޭގެ ސަފީރެވެ. އެ ކަމަނާގެ ހަތަރު ބޭފުޅަކާއި ފިރިކަލުން ދުނިޔޭގައި އެބަހުންނެވި އެވެ. އަމީނާގެ ބޭފުޅުންގެ ތެރޭގައި އިނގިރޭސި ވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ފަރަހަނާޒް ފައިސަލާއި ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ހިމެނިވަޑައިގަންނަވަ އެވެ.

އަމީނާ އަވަހާރަވެވަޑައިގެންނެވި ޚަބަރާއެކު އިއްޔެ ސޯޝަލް މީޑިއާގައި އެ ކަމަނާގެ ކުޑަ އިރުގެ ދުވަސްތަކާއި ޒުވާން އުމުރުގެ ބައެއް ހަނދާނީ ތަސްވީރުތައް ދައުރުވި އެވެ. މިއީ އޭގެ ތެރެއިން ބައެއް ތަސްވީރުތަކެވެ؛

އަމީނާ މުހައްމަދު އަމީން ތުއްޕުޅުއިރު ބައްޕާފުޅު މުހައްމަދު އަމީން ދީދީއާ އެކު. –ފޮޓޯ: އަމީން ފައިސަލްގެ ފޭސްބުކުން
އަމީނާ މުހައްމަދު އަމީން (ވ) ބައްޕާފުޅު މުހައްމަދު އަމީނާ ދީދީއާ އެކު މުލިއާގޭގައި.
އަމީނާ މުހައްމަދު އަމީން (ވ) ބައްޕާފުޅު އަމީން އާއި ޖަމީލާ އިބްރާހިމް ދީދީއާ އެކު ސްރީ ލަންކާގައި.-- ފޮޓޯ: ވޮނަދަނަ ރާއްޖެ
އަމީނާ މުހައްމަދު އަމީން (ކ) ބައްޕާފުޅު މުހައްމަދު އަމީން ދީދީއާ އެކު ސްރީ ލަންކާގައި.
އަމީނާ މުހައްމަދު އަމީން (ކ) ބައްޕާފުޅު މުހައްމަދު އަމީން ދީދީއާ އެކު ޖުމްހޫރީ ދަރުބާރަށް ވަޑައިގަންނަވަނީ.
އަމީނާ މުހައްމަދު އަމީން (ވ) ބިދޭސީ ބައެއް ޓީޗަރުންނާ އެކު.-- ފޮޓޯ: ވޮނަދަނަ ރާއްޖެ
އަމީނާ މުހައްމަދު އަމީން (ވ-2) ބައްޕާފުޅު މުހައްމަދު އަމީން ދީދީ އާއި ދިވެހި ބައެއް ކަނބަލުންނާ އެކު.
އަމީނާ މުހައްމަދު އަމީން (ވ-2) ބައްޕާފުޅު މުހައްމަދު އަމީން ދީދީ (ވ) އާއި މަންމާފުޅު ފާތިމަތު ސައީދު (ކ-2) އަދި ފާތިމަތު ސައީދުގެ ކޮއްކޯފުޅު އަދުނާން ހުސެއިންއާ އެކު ސްރީ ލަންކާގައި.
އަމީނާ މުހައްމަދު އަމީން (ވ-2) ބައްޕާފުޅު މުހައްމަދު އަމީން ދީދީއާ އާއި އާއިލީ ބޭފުޅުންނާ އެކު ސްރީ ލަންކާގެ ޕާކެއްގައި.-- ފޮޓޯ: ވޮނަދަނަ ރާއްޖެ
ރައީސް މައުމޫން އަބްދުލް ގައްޔޫމްއާ އެކު އަމީނާ (އެމަނިކުފާނުގެ ކަނާތުގައި) އަދި ފާތިމަތު ޖަމީލް (ކ) 90ގެ ތެރޭގައި އަންހެނުންގެ ކޮމިޓީއެއްގެ ޖަލްސާއަކަށް ފަހު ގްރޫޕް ފޮޓޯއެއްގައި.
ތާރީހް ރައީސް މުހައްމަދު އަމީން

Popular