13 Apr 2020

By: Ahmed Nadym

ޑިންބާ މިއުޒިކަކީ އޭގައި އެ ބުނާހެން ހަމަ "ޑިންބާ މިއުޒިކެވެ." އެކި ވައްތަރުގެ ރަހަތަކާއި ފީލުގެ ބޮޑު މަސްހުނިގަނޑެކެވެ. މިހާތަނަށް އަމިއްލަ ރާގުގެ ޖުމްލަ، 16 އަލްބަމް މިދިޔަ 16 އަހަރު ތެރޭގައި ގެނެސްދީފައިވާ "ޑިންބާ މިއުޒިކް" އަކީ ހަގީގަތުގައި ތައާރަފެއް ވެސް ބޭނުންވާ ބައެއް ނޫނެވެ. އެކަމަކު ލޮކްޑައުންގެ މި ހާލަތުގައި ކޮންމެހެން ވެސް ޕްލޭލިސްޓުގައި ހިމަނަން ޖެހޭ ލަވަތަކެއް އެމީހުންގެ އެބަހުއްޓެވެ.

ޑިންބާގެ މި ހުރިހާ ލަވަތަކާއި އެ ލަވަތައް ނިސްބަތްވާ އަލްބަމްތައް "ލަވަފޮށި" އަދި "ބައިސްކޯފް" އިން އަޑުއަހާލެވެން އެބަހުއްޓެވެ.

1- ހިތުގާ ނަށާ ރާނީ

2- ކޮޔާ - ޒަރާ

3- ކުލަ ޔެލޯ - ޝިއުޒް

4- ހޮޑިއަނު - ހައިޝަމް

5- ގޭދޮށު ކުއްޖެއް - ޒާރާ ނާޗަރަނގީ

6- ރޭޅެއް ހެން - ޑިފަރެންޓް މެޑިސިން އަލްބަމްގެ އޮރިޖިނަލް

7- ބަލިމާނެއް - އަފޫ

8- ސޭވް ދަ މީދާ - ޖަނަވާރުން އަލްބަމް - ހައިޝަމް

9- ދޫނި ހާލި - ކަނޑުކޮސް ކެޔޮޅު

10- މަގޭ އޮޑި - ޔާމިން ރަޝީދު

Popular