އިނގިރޭސި ލަވަތަކާއި ބޭރުގެ އާޓިސްޓުން ދިވެހިންގެ މެދުގައި ވެސް މަގުބޫލެވެ. އެ އާޓިސްޓުންނާ ބެހޭ ހުރިހާ މައުލޫމާތުތަކެއް ހެން ހޯދައި އެއްކުރެ އެވެ. ދާއިރާއާ ބެހޭ މައުލޫމާތުތަކާއި ޕާސަނަލް މައުލޫމާތުތަކެވެ. އަބަދުވެސް އަޕްޑޭޓެވެ.
އިނގިރޭސި ލަވަތަކާއި ބޭރުގެ އާޓިސްޓުން ދިވެހިންގެ މެދުގައި ވެސް މަގުބޫލެވެ. އެ އާޓިސްޓުންނާ ބެހޭ ހުރިހާ މައުލޫމާތުތަކެއް ހެން ހޯދައި އެއްކުރެ އެވެ. ދާއިރާއާ ބެހޭ މައުލޫމާތުތަކާއި ޕާސަނަލް މައުލޫމާތުތަކެވެ. އަބަދުވެސް އަޕްޑޭޓެވެ.
ޕްލޭލިސްޓުތަކުގެ އެންމެ ކުރީގައި ވެސް އުޅެނީ މި ލަވަތަކެވެ. މިއީ އެންމެ ގިނައިން މީހުން އަޑުއަހާ އާޓިސްޓުންނެވެ. މިއީ ސްޕޮޓިފައި އަށް ބަލައިގެން ހަދާފައިވާ ލިސްޓެކެވެ.
1. އެޑް ޝީރަން
އިނގިރޭސި ލަވަ ކިޔުންތެރިޔާ، މިއުޒިކް ޕްރޮޑިއުސަރު، އެކްޓަރު އަދި ގިޓަރިސްޓު ފޮލޯކޮށް މި އާޓިސްޓުގެ މަންތްލީ ލިސަނާސްގެ އަދަދު 67.72 މިލިއަނަށް އަރަ އެވެ. އެޑް ޝީރަންގެ ފުރަތަމަ އަލްބަމް "ޕްލަސް" އާ އެކު އޭނާ ވަނީ ޔޫކޭ އަދި އޮސްޓްރޭލިއާގެ މިއުޒިކް ޗާޓްތަކުގެ އެއްވަނަ ހޯދައިފަ އެވެ. އެ އަލްބަމްގެ ލަވަ "އޭ ޓީމް" ވަނީ އައިވޯ ނޮވެލޯ އެވޯޑް ވެސް ހޯދާފަ އެވެ. އެ ލަވަ 2013 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް އަށް ވެސް ނޮމިނޭޓްވި އެވެ.
އޭނާގެ އެންމެ މަގުބޫލު ލަވަތަކުގެ ތެރޭގައި "ޝޭޕް އޮފް ޔޫ"، "ތިންކިން އައުޓް ލައުޑް" އަދި "ޕާފެކްޓް" ފަދަ ލަވަތައް ހިމެނެ އެވެ.
2. ކެމީލާ ކަބެލޯ
ލިސްޓުގެ ދެވަނައިން ޖާގަ ހޯދާފައިވަނީ ކެމީލާ އެވެ. "ފިފްތު ހާމަނީ" އިން މަޝްހޫރުވެ ކަމީލާ ބޮޑަށް މަޝްހޫރުވީ ޝޯން މެންޑެސް އާއެކު ކިޔާފައިވާ "އައި ނޯ ވަޓް ޔޫ ޑިޑް ލާސްޓް ސަމާ" އަދި މެޝިން ގަން ކެލީ އާ އެކު ކިޔާފައިވާ "ބޭޑް ތިންގްސް" އިންނެވެ.
ކެމީލާ 2017 ވަނަ އަހަރު ނެރުނު "ކްރައިން އިން ދަ ކްލަބް" ވެސް ވީ ހިޓަކަށެވެ. އަދި މިއަހަރު ނެރުނު "ސެނޮރިޓާ"ގެ މަގުބޫލުކަން ވެސް ބޮޑެވެ. ކެމީލާގެ މަންތްލީ ލިސަނާސްގެ އަދަދު 60.33 މިލިއަނަށް އަރަ އެވެ.
3. ޕޯސްޓް މެލޯން
ޕޯސްޓް މެލޯންގެ މަންތްލީ ލިސެނާސްގެ އަދަދު އުޅެނީ 59.05 މިލިއަނުގަ އެވެ. ޕޯސްޓް މެލޯން އަކީ ލަވަކިއުންތެރިއެއްގެ އިތުރުން ރެޕަރެއްވެސް މެ އެވެ. އަދި ލަވަ ލިޔުމާއި ރިކޯޑް ޕްރޮޑިއުސަރެއް ވެސް މެ އެވެ. އޭނާގެ ފުރަތަމަ އަލްބަމްގެ "ވައިޓް އިވާޝަން" ވަނީ "ޔޫއެސް ބިލްބޯޑް ހޮޓް 100"ގެ ގަދަ 20ގައި ހިމެނިފަ އެވެ.
ޕޯސްޓް މެލޯންގެ އެންމެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ވައިޓް އިވާޝަން"، "ރޮކްސްޓާ"، "ސަންފްލާވާ" އަދި "ގުޑްބާއީސް" ހިމެނެ އެވެ.
4. ޝޯން މެންޑެސް
ދިވެހިންގެ މެދުގައި ވެސް ޝޯން މެންޑެސްގެ މަގުބޫލުކަން ވެސް ބޮޑެވެ. އޭނާގެ މަންތްލީ ލިސެނާސްގެ އަދަދު އުޅެނީ 58.66 މިލިއަނުގަ އެވެ. ޝޯން އޭނާގެ ކެރިއަރު ފެށީ ވީޑިއޯ އެޕްލިކޭޝަން "ވައިން" އަށް އަޕްލޯޑްކުރި ކަވާ ލަވަތަތަކުންނެވެ. އޭގެފަހުން ލިބުނު ފުރުސަތުތަކުގައި ޝޯން ވަނީ ތިން ސްޓޫޑިއޯ އަލްބަމް ވެސް ނެރެފަ އެވެ. އަދި ތިން ވޯލްޑް ޓުއާ އާއި އެތައް އެވޯޑެއް ވެސް ވަނީ ހާސިލްކޮށްފަ އެވެ.
ޝޯންގެ މަޝްހޫރު ބައެއް ލަވަތަކުގެ ތެރޭގައި "ސެނޮރިޓާ"، "ސްޓިޗެސް"، "ޓްރީޓް ޔޫ ބެޓާ" އަދި "ލައިފް އޮފް ދަ ޕާޓީ" ހިމެނެ އެވެ.
5. ހާލިދް
ލިސްޓުގެ ފަސް ވަނައިން ހާލިދް ޖާގަ ހޯދީ 55.28 މަންތްލީ ލިސަނާސް އާއެކުގަ އެވެ. ހާލިދްގެ ފުރަތަމަ އަލްބަމް "ލޮކޭޝަން" އާއެކު އޭނާ ވަނީ ޔޫއެސް "ބިލްބޯޑް ހޮޓް 100"ގެ ޓޮޕް 16 އިން ޖާގަ ހޯދައިފަ އެވެ. އޭގެފަހުން ނެރުނު "އެމެރިކަން ޓީންސް" އިން ވެސް ޗާޓުތަކުގެ ކުރިން ވަނީ ޖާގަ ހޯދާފަ އެވެ. އަދި އެ އަލްބަމާއެކު ގްރެމީ އަށް ފަސް ފަހަރު ނޮމިނޭޓްވެފަ އެވެ.
ހާލިދްގެ އެންމެ މަގުބޫލު ލަވަތަކުގެ ތެރޭގައި "ލޮކޭޝަން" "ޓޯކް"، "ބެޓާ" އަދި "ސަޓަޑޭ ނައިޜްސް" ހިމެނެ އެވެ.