30 Jul 2025

By: Fathimath Ajufan

ފުންނާބު އުސް ފައިވާނަކަށް އަރައި، އެއް ފައި މައްޗަށް އަނެއް ފައި ލައިގެން، ފަޔަށް ހުރިހާ ބާރެއް ދޫކޮށްލައިގެން އިށީނދެ އިނދެވޭތޯ ބަލާ މީހުން ޓިކްޓޮކްގައި މި ދުވަސްކޮޅު ގިނަ އެވެ. އަނެއްކާވެސް އާ ކަމެކެވެ.

އެ ޓްރެންޑުގެ ފެށުން ގުޅިފައި ވަނީ 2013 ވަނަ އަހަރު ނެރުނު ނިކީ މިނާޖްގެ "ހައި ސްކޫލް" ލަވައާ އެވެ. އެ ލަވައިގެ މިއުޒިކް ވީޑިއޯގައި، އޭނާ ޕޯޒްކުރަނީ ފެންވަޅެއްގެ ކައިރީގައި، އެއް ފައި އަނެއް ފައިގެ މައްޗަށް ލައި، ހައި ހީލްސްގައި ބެލެންސްކޮށްގެން އިނދެ އެވެ.

މީގެ 13 އަހަރު ކުރީގެ އެ ލަވައިގެ 34 ވަނަ ސިކުންތުގައި ނިކީ މިނާޖް ހަދާ އެ ސްޓެޕް ޓިކްޓޮކްގައި ފުރަތަމަ ފެށުނީ މިދިޔަ އޭޕްރީލް މަހު (1ޖެކޯރް) ކިޔާ އައިޑީއަކުންނެވެ. އޭނާ ނިކީގެ އެ ޕޯޒް ކޮޕީކުރަން މަސައްކަތްކޮށްފައިވާ ވީޑިއޯއެއް ޕޯސްޓްކުރި ފަހުން އެހެން މީހުން ވެސް އޭގައި ބައިވެރިވެ، އެގޮތަށް ހެދޭތޯ މަސައްކަތްކުރަނީ އެވެ.

ޓިކްޓޮކްގައި ވައިރަލްވާ ޓްރެންޑުތައް ދިވެހިން ވެސް ކޮޕީ ކުރެ އެވެ. އެންމެ ފުރަތަމަ ރާއްޖެއިން އެ ޓްރެންޑުގައި ފެނުނީ ދިވެހި ފިލްމީ ތަރި މަރިޔަމް އައްޒަ އައިލެންޑް ޕާފިއުމް ބާގެ އިޝްތިހާރެއް ކުޅުމަށް ހެދި ވީޑިއޯކުން ކަމަށް ބެލެވެ އެވެ.

މީގެ ހަ ދުވަސް ކުރިން އައްޒަ ޓިކްޓޮކް އެކައުންޓުގައި ޕޯސްޓުކުރި އެ ވީޑިއޯގައި ހައި ހީލްސްގައި އޭނާ އިންނަނީ ޖިމްގައި ބޭނުން ކުރާ ބަރުތަކެއްގެ މަތީގަ އެވެ. އެ ޕޯސްގައި އިނދެ އޭނާ ސެންޓު ޖަހަނީ އެވެ.

@twc.mv Stilettos on. Nicki mode: ON. 👠🔥 Might delete later… but this kinda went crazy 😅🎤 Its your turn now, complete the challenge and tag us in the caption. 😎👊🏼 #tiktok #fyp #thewellnessclub #Fitness #fitness #fitness #CapCut #twc #maldivestiktok #maldivesfyp #foryoupage #nickiminaj #nickiminajchallenge ♬ original sound - thewellnessclub

އޭގެ ފަހުން ދެން ފެނުނީ އެކި ދިވެހިން އެ ޓްރެންޑް ކޮޕީ ކުރާތަނެވެ. ވެލްނެސް ކްލަބްގެ މެނޭޖިން ޑިރެކްޓަރު އައިޝަތު ޝިފާނާ ވަޖީހު ވަނީ އޭނާގެ ޖިމްގައި އޭގެ ބަރެއް މަތީ ހައި ހީލްސްގައި ލެޕްޓޮޕް ހިފައިގެން އެ ޕޯސް ޖައްސައިފަ އެވެ. އޭގެ އިތުރުން ވެސް ބައެއް އެހެން މީހުން އަންނަނީ އެ ޓްރެންޑުގައި ބައިވެރިވަމުންނެވެ.

އެއީ ނިކީ މިނާޖްގެ އެ ލަވައިން ފެށުނު ޓްރެންޑެއް ނަމަވެސް މިހާރު ވަނީ އަސްލު ޕޯޒް އިން ބޭރަށް ގޮސްފަ އެވެ. އެ ޓްރެންޑް ވަނީ ވާދަވެރި ކަމަކަށް ވެސް ވެފަ އެވެ.

އޭގައި ބައިވެރިވާ ބައެއް މީހުން މިހާރު މަސައްކަތްކުރަނީ އެހެން މީހުން އެ ޗެލެންޖުގައި ނުކުރާ ގޮތަކަށް ބެލެންސްކޮށް، އެހެން މީހުންނަށްވުރެ މޮޅު ގޮތެއް ދައްކާށެވެ.

@snoopy.yui.1

Live laugh love this…okay?

♬ original sound - Lyrics0674

އެއް ބައިވެރިޔަކު ޓިކްޓޮކްގައި ޕޯސްޓްކޮށްފައިވާ ވީޑިއޯއެއްގައި ވަނީ އޭނާގެ ގޯތިތެރޭގައި މަތިމައްޗަށް ޖަހާފައިވާ މޭޒުތަކެއްގެ މަތީގައި ބެލެންސްކޮށްގެން އެ ޕޯޒްއަށް ހުންނަތަން ދައްކައިފަ އެވެ. އެ ވީޑިއޯގައި އޭނާ އެއްއަތުން ހޮޅިއެއް ހިފައިގެން، އަނެއް އަތުން، ގަސް ޕޮޓެއް މަތީގައި ބެލެންސްކޮށްގެން ހުންނަނީ ހައި ހީލްސް އަރައިގެންނެވެ.

އެ ޕޯސް ހަދަން އުޅެގެން ވެއްޓޭ ވީޑިއޯތައް ވެސް ވައިރަލްވަމުން ދާއިރު ރައްކާތެރިކަމަށް ވެސް ވިސްނާލަން ޖެހޭ ހިސާބަށް ހިނގައްޖެ އެވެ. ފިޓްނަސް ކޮންޓްރިބިއުޓަރުންނާއި އިންސްޓްރަކްޓަރުން ބުނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅައި ނިކީ މިނާޖް ޗެލެންޖް ހެދުމަކީ ވަރަށް ނުރައްކާތެރި ކަމަކަށް ވެދާނެ ކަމަށެވެ.

ސޯޝަލް މީޑިއާ

Popular