16 Dec 2019

By: Aishath Maaha

ޅ. ނައިފަރަށް އުފަން މަރިޔަމް ޝިފާ އެންމެ ފުރަތަމަ ގިނަ ބަޔަކަށް އެނގުނީ ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ ކާމިޔާބު ފިލްމު ދެވަންސޫރަ އިންނެވެ. ދެވަންސޫރައަށް ފަހު "ނިވައިރޯޅި"، "ފޯޓީ ޕްލަސް" އަދި ވެބް ސީރީޒް "ހާސާ" ގެ ރޯލެއް ވެސް އޭނާ ކުޅެފި އެވެ. އުމުރުން 11 އަހަރުން ފެށިގެން ކުރިއަށް ދާން ބޭނުންވި ފިލްމީ ދާއިރާއިން ފުރުސަތު ލިބުމުގެ ކުރިން އޭނާ އަކީ ނެށުންތެރިއެކެވެ.

ނައިފަރުން ސްކޫލް ނިންމައިލުމަށް ފަހު މާލެ އައިސް އެންމެ ފުރަތަމަ އުޅުނީ ނަށާ ގްރޫޕެއްގަ އެވެ. މިހާރު ވެސް ފިލްމު ކުޅެމުން ދެ ޑާންސް ގްރޫޕެއްގައި ޝިފާ މަސައްކަތް ކުރެ އެވެ. ފިލްމު ކުޅުމާ އެއްވަރަށް ނަށަން ވެސް ޝައުގުވެރިވާތީ އެވެ.

ޝިފާ އަބަދު ވެސް ބޭނުންވީ ނަށައި، އެކްޓްކުރަންތަ؟

ޝިފާ: އުމުރުން 11 އަހަރުން ފެށިގެން ވަރަށް ކުރަން ބޭނުންވާ ކަމެއް ފިލްމު ކުޅުމަކީ، ޓީވީއިން އަބަދު ވެސް ފިލްމުތައް ބަލާނެ. އޭރުވެސް ނަށާނެ. ނެށުން ވެސް އެއީ ދޫކޮށްލާނެ ކަމެއް ނޫން. އެހާ ކުޑައިރުން ފެށިގެން ހާސިލް ކުރަން ބޭނުންވި އުންމީދެއް މިއީ،

ޝިފާ: ފިލްމު ކުޅެމުން ދެ ޑާންސް ގްރޫޕެއްގައި ވެސް އުޅޭ

ކިހިނެއް ފިލްމީ ދާއިރާއިން ފުރުސަތު ލިބުނީ؟

ޝިފާ: ޕާޕަލް ވިންގްސް ގްރޫޕްގައި ޑާންސް ކުރަން އުޅެމުން ދިޔައީ ނޯޓީ ފޯޓީގެ ޕްރިމިއާއަށް. އެތަނުން ޔޫއްޕެއަށާއި މަނިކުއަށް ޝިފާ ފެނިގެން އެމީހުން ބޭނުންވީ ޝިފާ ފިލްމަކަށް ނަގަން. ދެން އެމީހުން ގްރޫޕްގެ ބޮޑު މީހާ އާ ވާހަކަ ދައްކާފައި އެމީހުން ތްރޫކޮށް ލިބުނު ފުރުސަތެއް. އެމީހުން ބުނީ ޝިފާ ބޭނުމިއްޔާ ފިލްމު ކުޅުނަސް އޯކޭއޭ ނަށަން އުޅެމުން. ދެން ޔޫއްޕެމެން ޝިފާއާއި ކޮންޓެކްޓްކޮށްފައި ދެވަންސޫރައަށް ޝިފާ ނެގީ،

ދެ ގްރޫޕާއެކު ޝޯތައް ދެމުން ކިހާވަރަކަށް ފިލްމީ ދާއިރާއަށް ވަގުތު ހުސްކުރެވޭތަ؟

ޝިފާ: ޝޫޓިން އެއް އޮތިއްޔާ ދެ ގްރޫޕުން ވެސް އެވަގުތު ދޭ. ޝިފާއަށް ޝޯތައް ނެގެން ނެތިގެން ބުނީމަ ހަމަ އަންޑަސްޓޭންޑްވޭ. ޝޫޓިންތަކަށް އެ ޓައިމް ދޭ،

ފިލްމީ ދާއިރާގައި މިހާރު ކޮން މަސައްކަތްތަކެއް ތި ކުރަނީ؟

ޝިފާ: މިހާރު ބައިސްކޯފްގެ "ހާސާ"ގައި މަސައްކަތް އެބަކުރަން. ވަރަށް ފަހުން މޫމިންގެ ފިލްމެއްގެ ޝޫޓިންއަށް ގޮސްފަ މިއައީ، ދެން ކުރިއަށް ވެސް އެބަހުރި ޕްރޮޖެކްޓްތަކެއް،

ޝިފާ ފިލްމީ ދާއިރާއަށް ނުކުތީ ޔޫއްޕެގެ "ދެވަންސޫރަ" އިން

ފިލްމުތަކުން ފެނި މީހުންނަށް އެނގުމަށްފަހު ޝޯތައް ދޭން ރަށްރަށަށް ދިޔައީމަ މީހުންގެ ފަރާތުން ލިބުނީ ކޮން ކަހަލަ ކޮމެންޓުތަކާއި ފީޑްބެކްތަކެއް؟

ޝިފާ: މީހުންގެ ފަރާތުން ލިބޭ ކޮމެންޓު ވަރަށް ޕޮޒިޓިވް. އެންމެން ވެސް ބުނަނީ ވަރަށް މޮޅޭ ވަރަށް ސަޅިއޭ އެކްޓިން، ވަރަށް ގުޅޭ މަސައްކަތެކޭ ކީޕް އިޓް އަޕް އޭ. ވަރަށް ހިތްވަރު ދޭ ފޭންސް ފަރާތުން، ރަށްރަށަށް ދިޔައީމަ ސްޕެޝަލް ފީލްވޭ،

މިހާރު ކޮންކަހަލަ ރޯލެއްތަ އެންމެ ކުޅެލާ ހިތްވަނީ؟

ޝިފާ: ޝިފާ ބޭނުން ވަރަށް މަޖާ ރޯލެއް ކުޅެލަން،

ޝިފާ: ފިލްމީ ދާއިރާގެ ގިނަ މަސައްކަތްތަކެއް ކުރިއަށް އެބަހުރި

ފިލްމީ ދާއިރާގައި ޝިފާގެ އެންމެ ބޮޑު އިންސްޕިރޭޝަނަކީ ކޮބާ؟ އެކުގައި އެންމެ މަސައްކަތް ކޮށްލަން ބޭނުންވަނީ ކޮންބަޔަކާ އެކުގައި؟

ޝިފާ: ދާއިރާގައި އެންމެ ބޮޑު އިންސްޕިރޭޝަނަކީ ރިޝްމީ އާއި އައްޒަ އާއި ޝީލާ އާއި ނިއުމާ، ދެން އެކުގައި އެންމެ މަސައްކަތްކޮށްލަން މިހާރު ބޭނުންވަނީ އައްޒަ އާ އެކުގައި، އައްޒަ އުޅޭ އެއްޗެއްގައި ވަރަށް ބޭނުން އުޅެން، ޝިފާ ވަރަށް ލައިކްވޭ އައްޒަގެ އެކްޓިންއަށް ދެން ރިޝްމީ އާ އެކުގައި ވެސް ވަރަށް ވޯކް ކުރަން ބޭނުންވޭ،

އަލަށް ފިލްމީ ދާއިރާއަށް ނުކުމެފައި ގިނަ ކުދިން ބުނޭ ދެން ދާއިރާއަކުން ނުގެއްލޭނަމޭ، އެކަމަކު ދެތިން ފިލްމަށް ފަހު ނުފެނޭ، ޝިފާ ވެސް އެގޮތަށް ގެއްލިދާނެތަ ދާއިރާއިން؟

ޝިފާ: ޝިފާ ނުގެއްލޭނެ، އެކަމަކު ވެސް ދާއިރާއިން ރަނގަޅު ފުރުސަތުތަކެއް ލިބިއްޖެޔާ ބޭނުން ހިފާނަން.

ދިވެހި ފިލްމް އިންޑަސްޓްރީ ދިވެހި ފިލްމް

Popular