13 Nov 2024

By: Aishath Mihna Nasih

ލީޝް ވިސާމްގެ ނަމުން ގިނަ މީހުންނަށް އެނގޭ ހައްވާ ލީޝާ އަކީ އަހަރެމެންގެ ހިތުގެ އެތައް އުދާހަކަށް ލުއިކަން ގެނެސްދޭން ހިތްވަރުދިން ހުނަރުވެރިއެކެވެ. ލޯބިލޯބި ހަތަރުކުދިންނާ އެކު މަންމައެއްގެ ބުރަ ޒިންމާގައި ރަސްމީ ގަޑިތަކުގައި އާންމުކޮށް ފެނުނަސް، އެކި އޮފީސްތަކުންނާއި ސްކޫލްތަކުން އަދި ޓީވީތަކުން ވެސް އޭނާގެ ތަފާތު މައުލޫމާތު ސެޝަންތައް ނުފެންނަ މަހެއް ނުދާނެ އެވެ. އަދި އަމިއްލަ ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް މެދުކެނޑުމެއް ނެތި އެކި އިރުޝާދާއި ނަސޭހަތާއި ހިތްވަރު ދެމުންދެ އެވެ.

މިފަހަރު ލީޝް އަހަރެމެންނާ މި ހިއްސާކުރީ އޭނާގެ ދެވަނަ ފޮތް "އެކޯސް އޮފް ސަވައިވަލް" އެވެ. ނަފްސާނީ ދުޅަހެޔޮކަމާއި، ލޯތްބާއި، އަނިޔާ ނުވަތަ ޓްރޯމާގެ އިތުރުން ހިތާމަ އާއި ވަކިވެދިޔުމާ ގުޅޭ 89 ޅެމާ އެކީ ލީޝް އަހަރެމެންގެ ހިތްތަކަށް ތަސައްލީއެއް ގެނެސްދީފި އެވެ. އަމިއްލަ ދިރިއުޅުމުގެ ހިތާމަ އާއި އުފަލާއި ޖަޒުބާތުތަކުން އަރައިގަތުމަށް ކުރި މަސައްކަތުގެ އަސަރުތައް މި ޅެންތަކުން ފެންނަން ހުރިއިރު، އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އައިޝާ އަބްދުލްހަލީމްގެ ފުރިހަމަ ކުރެހުންތަކުންނެވެ.

ލީޝް (ކ) އަދި ފޮތުގެ އިލަސްޓްރޭޓާ އައިޝާ އަބްދުލް ހަލީމް.

ޅެންތައް ލިޔަން ފެށީ ކޮންއިރަކު؟

ޅެން ލިޔަން ފެށުނީ ކޮވިޑްގައި، ގޭގައި ހުންނަން ޖެހުން ދުވަސްކޮޅު.

އެންމެ ހާއްސަ އެއް ޅެމަކީ، އަދި އެ ޅެމާ ގުޅިފައިވާ ހަނދާންތަކެއް ހިއްސާކޮށްދީބަލަ؟

ހުރިހާ ޅެމެއްވެސް ވަރަށް ހާއްސަ ނަމަވެސް ވަރަށް ހާއްސަ ދެތިން ޅެމެއް މި ފޮތުގައި ވާނެ.

އެގޮތުން ގްރީފް އެންޑް ލޮސްގެ ޕޮޔަމްއެއް ކަމުގައިވާ, ވޯކިންގް ވިތުޔޫ ވިތައުޓް ޔޫ, އަކީ ވަރަށް ގިނަ އަސަރުތަކެއް ގެނެސްދޭ ޅެމެއް. އެ ޅެމަކީ, ކޮވިޑް ތެރޭގައި ލިބުނު ހަބަރެއްގެ މައްޗަށް ބިނާކުރި ޅެމެއް. ހަބަރުން އިވުނީ ތުއްތު ތުއްތު ހަތަރު އަހަރުގެ ފިރިހެން ކުއްޖެއް ކުއްލި ގޮތަކަށް ނިޔާވި ކަން. އެ ވަގުތު މައެއްގެ ހައިސިއްޔަތުން ހިތަށް އެރީ އެ ކުއްޖާގެ މަންމަ ކުރާނެ އިޙްސާސްތައް. ވޯކިންގް ވިތުޔޫ ވިތައުޓްޔޫ ގައި ބުނެދީފައިވާނީ, މަންމައަކު ދަރިފުޅު ބީވުމަށް ފަހު ދިރިއުޅުމުގައި ކުރިޔަށް ފިޔަވަޅު އަޅާއިރު ކުރާނޭ ހިތާމަ އަދި ހިތްދަތިކަން.

މީގެކުރިން ޖޯނަލްއެއް ވެސް ނެރެވިއްޖެ؟ ލީޝް އަށް އެންމެ ލުއިވާ ކޯޕިން އުކުޅަކީ/މެކޭނިޒަމަކީ ކޮބާ؟

ޖޯނަލްގެ ބޭނުމަކަށްވީ އެހެންމީހުން ލިޔުމުގެ ތެރެއަށް ވެއްދުން. އިހްސާސްތައް އަންނަ ގަޑިއެއްގައި އެ އިޙްސާސް ދުޅަހެޔޮ ގޮތުގައި ބޭރުކުރުމަށް ބާރުއެޅުން. އެކޯސް އޮފް ސަވައިވަލް އަކީ ލީޝް އިހްސާސްތަކާ ކޯޕް ކުރި ގޮތް. ލިޔުމާއި ފޮތް ކިޔުމާއި, ސައިކަލް ދުއްވާލުން އެއީ އެންމެ މީހާއަށް ލުއިވާ ތިން ކަންތައްތައް

View this post on Instagram

A post shared by Leesh Wisam (@leeshwisam)

ޅެންތައް މީގެކުރިން ސޯޝަލް މީޑީއާއިން ވެސް ފެނުނު، ފޮތެއްގޮތަށް ޝާއިއުކުރަން ވިސްނީ ކޮންއިރަކު އަދި ކީއްވެ؟

ފުރަތަމަ ފެށީ ހަމަ ސޯޝަލް މީޑިއާގައި ލިޔަން, އެގޮތުން ވަރަށް ގިނަ މީހުންގެ ތަރުހީބު ރާއްޖޭގެ އެކި އެކި ކަންކޮޅުތަކުން ލިބުނު. ޅެންތަކުގެ ޒަރިއްޔާއިން މީހުނަށް ހިތްހަމަ ޖެހުން ލިބޭކަމަށާއި, އިހްސާސްތަކާ މެދު ވާހަކަ ދައްކާލެވޭކަމަށް ގިނަ ބަޔަކު ބުނި. ދެތިން އަހަރު ޅެން ލިޔަމުން ލިޔަމުން ގޮސް ގުނާލި އިރު 80 ޅެމަށް ވުރެ ގިނައިން ލިޔެވިއްޖެ. އެހެންވެ އެއް ޑޮކިއުމެންޓަށް އެޅުމަށް ފަހު, އެޑިޓަ އަޝްފާއަށް ޅެން ތައް ފޮނުވީ...

ފޮތުގެ ކަވާ އިލަސްޓްރޭޝަނުގެ ވަކި ހާއްސަ މާނައެއްވޭތަ؟

ފޮތުގެ ރީތިކަމަކީ ފޮތުގެ އިލަސްޓްރޭޝަންސް, ވަރަށް މާނަފުން ކުރެހުންތަކެއް, އިލަސްޓްރޭޓާ އައިޝާ އެދުނީ ކަވަ ޕޭޖަށް, އަޅުގަނޑު ރަމްޒުކޮށްދޭ ކުރެހުމެއް ކުރެހުމަށް, ކަވަ ގައި އެ އިން ކުރެހުމަކީ އިލަސްޓްރޭޓަ އަށް އަޅުގަނޑު ސިފަ ކުރެވުނު ގޮތް.

ލީޝްގެ އިކޯސް އޮފް ސަވައިވަލް މި ވަގުތު ގަންނަން ލިބެން ހުރީ ލީޝްގެ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ.

މެންޓަލް ހެލްތް ސައިކޮލޮޖީ

Popular