5 Jul 2020

By: Aminath Ibrahim

މިއީ ޖިންސީ އަނިޔާގެ ވާހަކަތަކުގެ އަޑު ގަދަވެފައި ވަނިކޮށް ހިތްވަރުކޮށް އެންމެ ކުރީ ސަފަށް ނުކުމެ އިންސާފު ހޯދަން މިހާރު އަޑު އުފުލާ އައިޝަތު ޒަހުވާ ނަދީމް (ޒަހޫ) އެވެ.

އުމުރުން 20 އަހަރުގެ ޒަހޫ އަށް މީގެ ހަތަރު އަހަރު ކުރިން ދެބެއިންގެ ދެދަރި ބޭބެ އަދި ފިލްމީ ތަރި ޖުމައްޔިލް ނިމާލްގެ ރޭޕްގެ ޝިކާރައަކަށްވި ކަމަށް ބުނެ އޭރު ވެސް މައްސަލަ ހުށަހެޅި އެވެ. އެކަމަކު ލިބުނު ކުރިއެރުމެއް ނެތެވެ.

އެ ހަނދާންތަކާ ހެދި އަދިވެސް އޭނާ އަށް ހަމަ ނިދި ނުލިބެ އެވެ. އޭނާ އަކީ، ރޭޕްއާއި ޖިންސީ ގޯނާގެ ޝިކާރައަށްވެ، އިންސާފު ނުލިބިފައިވާ އެތައް ދިވެހި އަންހެނުންނެއްގެ ތެރެއިން އެކެކެވެ.

މި ހުރިހައި ވާހަކައެއް ޒަހޫ މިވަނީ ސޯޝަލް މީޑިއާ އަށް ތިލަކޮށް، ކަން ހިނގި ކަމަށް ބުނާ ގޮތް އެ އޭނާގެ ދުލުން "ދޯ" އާ ވެސް ހިއްސާކޮށްފަ އެވެ.

އައިޝަތު ޒަހުވާ "ދޯ" ގެ ދި ސެޝަން އަށް ދިން އިންޓަވިއު
ރޭޕް ދަ ސެޝަން

Popular