26 Aug 2020

By: Ifraz Ali

ދިވެހި މިއުޒިކީ ދުނިޔޭގައި މި ހަފުތާގެ އެންމެ ހޫނު ޚަބަރަކީ ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމާއި ޝިފާ އިބްރާހިމް ކައިވެނިކުރުމެވެ. މީގެ ތިން ދުވަސް ކުރިން އާއިލާ އާއި ރައްޓެހިންނާ އެކު މި ދެ ފަންނާނުން ކައިވެނިކުރީ، ކޮވިޑް-19 އާ ހެދި އާންމު އުސޫލުތައް ބަދަލުވެފައި ވާތީ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. މި ދެ ފަންނާނުންގެ މެދުގައި ހާއްސަ ގުޅުމެއް އޮންނަ ކަމުގެ އަޑުތައް ފެތުރިފައި އޮތް ނަމަވެސް، ކުރިން ރަސްމީކޮށް އެކަން ކަށަވަރުވެފައެއް ނުވެ އެވެ. ކުއްލިއަކަށް އިވުނީ ކައިވެނީގެ ޚަބަރެވެ.

އެނގިފައިވާ ލިބިފައިވާ ގޮތުގައި ޝަލަބީ އާއި ޝިފާ ކައިވެނިކުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދޮޅު އަހަރެއްހާ ދުވަސް ފަހުންނެވެ. އެ ވީ ދުވަސްތަކުގައި ދެ ފަންނާނުން އެކީގައި ވަރަށް ގިނަ ޝޯތަކުން ވެސް ފެނިފައިވެ އެވެ. އަދި ޝަލަބީގެ ހާއްސަ އިވެންޓުތަކުން ޝިފާ ފެނެ އެވެ.

View this post on Instagram

A post shared by Prolitestudio | Photography (@prolitestudio) on

ޝަލަބީ އާއި ޝިފާގެ ކައިވެނި ހަފުލާ ބޭއްވީ ދިވެހި ގޮތަކަށެވެ. އެކަމަކު ކައިވެނި ޕާޓީ ބޭއްވީ، މިހާރު ވަރަށް ގިނަ ދިވެހިންނަށް ވެސް ކަމުދާ ސްޓައިލެއް ކަމަށްވާ، އިންޑިއަން ވެޑިން ތީމަށެވެ. -- ގްލޯމޯގެ މޭކަޕްގައި ޝިފާ ހުރީ "ރޯގް ބައި ނަޖޫ" ޑިޒައިންކޮށްފައިވާ ގަދަ ރަތް ކުލައިގެ އިންޑިއަން ވެޑިން ޑްރެސްއެއްގަ އެވެ. އަދި ޝިފާގެ ދެ އަތުގައި ހީނާ އަޅާފައި ވެސް ވެ އެވެ. ޝަލަބީ ވެސް ހުރީ ހަމަ "ރޯގް ބައި ނަޖޫ" ޑިޒައިންކޮށްފައިވާ ކަޅު ކުލައިގެ ޖޯދުޕޫރީ ވެޑިން ސޫޓެއްގަ އެވެ.

ޕާޓީގެ ބެކްޑްރޮޕް ވެސް ވަނީ އިންޑިއަން ސްޓައިލަށް ޑިޒައިންކޮށްފަ އެވެ. މިއީ ޕާފެކްޓް ސެލެބްރޭޝަންގެ މަސައްކަތެކެވެ.

View this post on Instagram

A post shared by SHAARIG Maldives Videographer (@shaarig) on

ވީޑިއޯ ކްރިއޭޓާ ޝާރިގް ނަގާފައިވާ ވެޑިން ޕްރިޕަރޭޝަން އަދި ވެޑިންގެ ވީޑިއޯ އިން ހަފުލާއަށް ތައްޔާރުވަމުންދިޔައިރުގެ ބައެއް މަންޒުތަކާއި ޕާޓީގެ ތެރެއިން ބައެއް މަންޒުތައް ފެނެ އެވެ. ޕްރޯލައިޓް ސްޓޫޑިއޯ އިން ވަނީ ދެމީހުން "ލޯބިލޯބި" ފޮޓޯތަކެއް ވެސް ނަގައިފަ އެވެ.

ޝަލަބީގެ އިތުރުން ޝިފާ އަކީ ވެސް މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުން ވިދާލި ފަންނާނެކެވެ. އެ ސީޒަންގެ ކުރީކޮޅުން ޝިފާއަށް މުބާރާތާ ވަކިވާން ޖެހުނު ނަމަވެސް، މިދިޔަ ދުވަސްތަކުގައި ޝަލަބީ އަދި ހައުސް އޮފް މިއުޒިކާއެކު ގިނަ ޝޯތަކެއް އޭނާ ވަނީ ދީފަ އެވެ.

***

ކަވަ ފޮޓޯ ކްރެޑިޓްސް: ފްރޯލައިޓް ސްޓޫޑިއޯ

ކައިވެނި ހަފްލާ ޝަލަބީ އިބްރާހިމް

Popular