8 Sep 2025

ބުރުގާ ސްޓައިލްކުރަން ބަލްގިސްގެ އެހީއެއް

By: Asima Nizar

ބަލްގިސްގެ ނަމުން މަޝްހޫރުވެ، މޭކަޕާއި ފެޝަންގެ ދުނިޔޭގައި ރާއްޖޭގެ އެންމެ ކުރީ ސަފުން އައިޝަތު ދީމާ ޖާގަ ހޯދައިފި އެވެ. ކައިވެނި ހަފުލާތަކުން ފެށިގެން ގޮސް ރަސްމީ ޖަލްސާތަކަށް ވެސް މީހުން ނަލަ ހެއްދުމުގައި އޭނާގެ މޭކަޕް ފިހިގަނޑާއި ހެދުންތަކުން އެހީ ނުހޯދާ މީހަކު މަދެވެ.

މި ފަހުން ބަލްގިސް، 71،000 އަށްވުރެ ގިނަ މީހުން ފޮލޯކުރާ އޭނާގެ އިންސްޓަގްރާމުގައި ވަނީ ބުރުގާ އަޅާ މީހުން ސްޓައިލްކުރާ ރީތި ގޮތްތަކެއް ކިޔައިދީފަ އެވެ.

View this post on Instagram

A post shared by Aishath Dheema (@balqismv)

View this post on Instagram

A post shared by Aishath Dheema (@balqismv)

ބަލްގިސްގެ ސޯޝަލް މީޑިއާ ފުރާލާފައިވަނީ އޭނާގެ ރީތި މޭކަޕްތަކާއި ފަހާފައިވާ އެކި ހެދުންތަކެވެ.

View this post on Instagram

A post shared by Aishath Dheema (@balqismv)

ނަމަވެސް، އެކި ދުވަސްތައް މަތިން ޕޯސްޓުކުރި އެ ވީޑިއޯތަކުގައި އޭނާ ކިޔައިދެނީ އެކި ވައްތަރުގެ މެޓީރިއަލް އިން ރީތިކޮށް ޝޯލް އެޅޭނެ ގޮތްތަކެވެ.

އޭގެ ފުރަތަމަ ވީޑީއޯ އާއްމުކޮށް މިދިޔަ ޖުލައި 1 ގައި އޭނާ ކުރި ޕޯސްޓުގައި ބުނީ ޒަމާންތަކަކަށް ފަހު ހިޖާބު ސްޓައިލްކުރާނެ ގޮތުގެ ޓިއުޓޯރިއަލެއް ހެދިފައިވާ ކަމަށެވެ. އެ ސްޓައިލް ކަމުދާނެ ކަމަށް އުއްމީދުކުރާ ކަމަށް ބަލްގިސް ބުންޏެވެ.

އެ ވީޑިއޯއަށް ހާހަކަށް ވުރެ ލައިކްސް އަދި 300 އަށްވުރެ ގިނަ މީހުން ވަނީ ޝެއާކޮށްފަ އެވެ. ޓިކްޓޮކްގައި މިލިއަނަކަށް ވުރެ ގިނަ ވިއުސް އަދި 14،000 އަށްވުރެ ގިނަ ލައިކްސް ލިބިފައިވެ އެވެ.

ފެޝަން

Popular