7 Nov 2025

ކައިވެންޏަށް ނަލަވާއިރު ވިސްނާލަން ރިޒްގެ ލަފައެއް

By: Asima Nizar

ކައިވެންޏަށް ވަރަށް ދުރާލައި ތައްޔާރުވާން ފަށަ އެވެ. އޭގެ ތެރެއިން، ހަފުލާ ޒީނަތްތެރިކުރާނެ ބަޔަކު ހޯދައި ހަޔާތުގެ ބޮޑު ދުވަސް ފާހަގަކުރަން ލާނެ ހެދުން ފަހައި މޭކަޕް ކޮށްދޭނެ މީހުންނަށް ކުރީ ބައިގައި އެޕޮއިންޓްމަންޓް ވެސް ހަމަޖައްސަ އެވެ.

ނަމަވެސް، ކައިވެނިކުރާ ދުވަސް ކައިރި ވާއިރު ވެސް އަންހެން ކުދިންނަށް މާ ބޮޑަށް އަޅާނުލެވޭ ކަމެއް އެބައޮތެވެ.

މޭކަޕްކޮށްދިނުމުގައި ވިއްސަކަށް އަހަރު ހޭދަކޮށްފައިވާ އަދި ކައިވެނިތަކަށް އަންހެން ކުދިން ނަލަ ހެއްދުމުގެ ތަޖުރިބާކާރު، ރިޒްނާ އަހުމަދު (ރިޒް) ބުނި ގޮތުގައި، މޫނުގައި ހުންނަ އިސްތަށި، ކައިވެނިކުރާ ދުވަހު ނުވަތަ އޭގެ ކުރީ ރޭ ބާލައި މޭކަޕްކުރުމުން ބައެއް މީހުންނަށް އެލާޖިކްގެ އަސަރުކުރާ ކަމަށެވެ. އަދި މޭކަޕްކުރަން ދާއިރު މޫނު ކަނޑައިގެން ގޮސްފައި ހުންނަ ކަމަށް ވެސް ބުންޏެވެ.

View this post on Instagram

A post shared by Rizna Ahmed | Bespoke Accessories (@riznaahmed.mv)

ކައިވެނީގެ ހަފުލާއަކަށް، ރިޒް ކޮށްދީފައިވާ މޭކަޕެއް. އެ މަސައްކަތުގައި އޭނާ އަންނަނީ 2007 ވަނަ އަހަރުން ފެށިގެން ހަރަކާތްތެރިވަމުން.

އެހެންވެ، އެންމެ ރަނގަޅީ، ރިޒް ބުނިގޮތުގައި ކައިވެނީގެ 3-5 ދުވަސް ކުރިން މޫނުމަތިން އިސްތަށި ބޭލުމެވެ.

"ކައިވެނިކުރާ ދުވަހު މޫނުމަތި ޝޭވްކޮށްފިއްޔާ، ވަރަށް ބޮޑަށް ދާ ހިއްލައި ކުދިންގެ މޭކަޕް ހަޑިވެދާނެ މާ ބޮޑަށް ހޫނުވެގެން ގޮސް،" އޭނާ ބުންޏެވެ.

ރިޒް ބުނި ގޮތުގައި، ކައިވެނިކުރާ ދުވަސް ކައިރިކޮށްލާފައި ޑާމަޕްލޭން ނުވަތަ މޫނުމަތިން އިސްތަށި ބޭލުމުން، މޭކަޕްކުރާ ދުވަސް ޖެހޭއިރު ހުންނާނީ އާއްމު ހާލަތަށް ބަދަލުވުމަށް ވަގުތު ލިބިފަ އެވެ. އެހެންވެ، މައްސަލައެއް ކުރިމަތިނުވެ، އޮމާންކަމާ އެކު މޭކަޕް ކޮށްލެވޭނެ އެވެ. އޭގެ ރީތިކަން ފޮޓޯތަކުން ފެންނާނެ އެވެ.

"މިއީ ގެއްލުން ހުރި އެއްޗަކަށް ނުވިއަސް، ވެކްސް ނުވަތަ ޝޭވްކޮށްފައި ހުންނަ ހަންގަނޑަކީ ވަރަށް ސެންސިޓިވް އެއްޗެއް. މި ޕްރޮސީޖާތަކުން ހަމައެކަނި އިސްތަށިގަނޑުގެ އިތުރުން ހަމުގެ ސެލްތަކުގެ ފަށަލަ ވެސް ނައްތާލައި، މޫނު އިތުރަށް ސެންސިޓިވް ކޮށްދޭ. އޭގެ ނަތީޖާއަކީ، މޫނު ރަތްވުން ފަދަ ކަންކަން ދިމާވުން." ރިޒް ކިޔައިދިނެވެ.

އެކަންކަމަށް ކުރީ ބައިގައި މަސައްކަތްކުރާށެވެ. އޭރުން، ހަޔާތުގެ ބޮޑު ދުވަހުގެ ހާއްސަ ހަފްލާގައި އަންހެން ކުއްޖާ އެންމެ ބޮޑަށް ވިސްނަންޖެހޭ އެއް ކަންތަކާ މާބޮޑު ފިކުރެއް ނެތި ހަމަޖެހުމެއް ލިބޭނެ އެވެ.

މޭކަޕްކުރުން ކައިވެނި ކައިވެނި ޕާޓީ

Popular