25 Jan 2018

ރެޑް ކާޕެޓްގެ ކުރިން: އައްޒަގެ ސްޓައިލް

މި އިންޓަވިއުގައި އައްޒަ ކިޔައިދޭނީ ރެޑްކާޕެޓް ހަފުލާއަކަށް ނުވަތަ އެނޫން ވެސް ހަފުލާއަކަށް އޭނާ ތައްޔާރުވާގޮތާއި އެ ހަފުލާގެ ކުރިން ވިސްނުމާއި ސްޓައިލް ގެންގުޅޭ ގޮތެވެ.

މި އިންޓަވިއުގައި އައްޒަ ކިޔައިދޭނީ ރެޑްކާޕެޓް ހަފުލާއަކަށް ނުވަތަ އެނޫން ވެސް ހަފުލާއަކަށް އޭނާ ތައްޔާރުވާގޮތާއި އެ ހަފުލާގެ ކުރިން ވިސްނުމާއި ސްޓައިލް ގެންގުޅޭ ގޮތެވެ.

By: Ahmed Nadym

ދިވެހި ސިނަމާގައި މިވަގުތު އެންމެ ގަދަ އަށް ފިޔަޖަހައި ބަބުޅަމުންދާ ތަރިއަކީ މިއީކަން ޔަގީނެވެ. އޭނާގެ ވިދުން ގަދައީ ރިހި އިސްކިރީނަކު އެކަންޏެއް ވެސް ނޫނެވެ. ވަކިން ހާއްސަކޮށް ރެޑްކާޕެޓް ހަފުލާތަކުގައި އައްޒަގެ ބެބުޅުންގަނޑު އަދި ވަކިން ގަދަ އެވެ. އެހެން އެކަން ނުވާންވީ ސަބަބެއް ވެސް ނެތެވެ. މަރިޔަމް އައްޒަ އަކީ ފިލްމީ ދާއިރާގެ އެންމެ ބޮޑު "ޑޯލް" އެވެ. އެންމެ ބޮޑު "ޑާލިން" އަކީ ވެސް އޭނާ އެވެ.

އެކަމަކު އިތުރު ރެޑްކާޕެޓް ހަފުލާއަކަށް ދާން ތައްޔާރުވުމުގެ ކުރިން މި ބަތަލާ އަތުލައި އިންޓަވިއުއަކަށް ބިޒީކޮށްލަމާ ހިނގާށެވެ. މި އިންޓަވިއުގައި އައްޒަ ކިޔައިދޭނީ ރެޑްކާޕެޓް ހަފުލާއަކަށް ނުވަތަ އެނޫން ވެސް ހަފުލާއަކަށް އޭނާ ތައްޔާރުވާގޮތާއި އެ ހަފުލާގެ ކުރިން ވިސްނުމާއި ސްޓައިލް ގެންގުޅޭ ގޮތެވެ.

1- ހަފުލާއަކަށް ދައުވަތު ލިބުމުން އެންމެ ފުރަތަމަ ހިތަށް އަރަނީ ކީކޭ؟ އަދި އެއަށް ފަހު ދެން އަވަސްވެގަނެވެނީ ކޮން ކަންކަމަކަށް؟

"ގިނަ ފަހަރަށް އިވެންޓެއް އޮންނަންކަން އެނގެނީ ވަރަށް ޝޯޓް ޓައިމެއްގެ ތެރޭގައި. ވަރަށް ދުރާލާ ނޭނގޭނެ. ދެން ތެޅިގަންނަނީ ލާނެ ހެދުމެއް ހޯދަން. ކުރީގަ ނަމަ އެކަން ކޮށްދެނީ ރަޒީ އާއި ޖާދު އާއި ސޭންޑީ އާންމުކޮށް. މިހާރު ދެން ހުރިހާ ކަމެއް ވެސް ކޮށްދެނީ ޖުމާ."

2- ރެޑްކާޕެޓްގައި ދާއިރު އެންމެ މުހިންމު ވަނީ މޭކަޕްތަ ނުވަތަ ހެދުންތަ؟

"ދޭތި ވެސް މުހިންމު. އެ ދެ ކަންތައް މުހިންމުވެގެން ޕާފެކްޓް ލުކެއް އަންނާނީ ވެސް. އެކަމަކު ދޭ ތިން އެކަނި ޗޫޒްކުރާ ނަމަ ބޮޑު ސަމާލުކަމެއް ދެވެނީ ހެދުމަށް. މިސާލަކަށް އެއް މޭކަޕެއްގައި ކިތަންމެ ގިނައިން ފެނުނަސް އެހާ ބޮޑަށް ފާހަގައެއް ނުކުރެވިދާނެ. އެކަމަކު ކޮންމެ އިވެންޓެއްގައި ވެސް އެންމެ ބޮޑަށް އެންމެން ވެސް ޖަޖުކުރާނީ ލައިގެން ހުންނަ ހެދުން. އަނެއްކޮޅުން އާ ހެދުމެއް ލުމުގެ ފުރުސަތު ލިބުމަކީ އަމިއްލަ އަށް ވެސް އެކްސައިޓްވާ ކަމެއް އަސްލު."

3- މޭކަޕާއި ހެދުން ޗޫޒްކުރާއިރު ކޮން ގޮތަކަށްތަ ވިސްނަނީ އަދި ލާނެ އެއްޗަކާއި އަޅާނެ މޭކަޕާ މެދު ގޮތެއް ނިންމަން އާންމުކޮށް ކިހާ ވަގުތެއް ނަގާތަ؟

"އެދާ އިވެންޓެއްގެ ކުޑަ ބޮޑު މިނަށް ބަލައިގެން އަބަދުުވެސް ހެދުން އަޅަނީ. ޖުމާ އޭނާގެ އަމިއްލަ ރެސްޕޮންސިބިލިޓީއެއްކަމަށް ދެކިގެން ހުރިހާ ކަމެއް ކޮށްދޭނީ. އެވޯޑް ހަފުލާއަކަށް ދާ ނަމަ ވަރަށް ގްރޭންޑް ހެދުމެއް ލާން ބޭނުންވާނީ. ގޮތްބޮޑު ރީތި ހެދުމެއް. އެކަމަކު އާދައިގެ އިވެންޓަކަށް ދާއިރު ނުލެވޭނެތާ އެކަހަލަ ބޮޑު ހެދުމެއް. ތަފާތު ގޮތަށް ހެދުން އަޅާލަން ފުރުސަތު ލިބޭ ކަހަލަ ހަފުލާއެއް ނަމަ އޭގެ ފުލް އެޑްވާންޓޭޖު ނަގަން ބޭނުންވޭ އަބަދުވެސް."

ބަތަލާ މަރިޔަމް އައްޒަ

4- އެ ހުރިހާ ކަމެއް ނިންމަނީ އަމިއްލަ އަށްތަ ނުވަތަ ޑިޒައިނަރާއި މޭކަޕް އާޓިސްޓުން ބުނާ ގޮތަށްތަ ހަދަނީ؟

"ހުރިހާ ކަމެއް ވެސް ކޮށްދެނީ ޖުމާ. ހުރިހާ ކަމެއް ހެންޑްލްކޮށްދޭނީ ޖުމާ. ލުކް ފައިނަލްކޮށްފަ، ހެދުން ފައިނަލްކޮށްފަ، ސްޓައިލް ފައިނަލްކޮށްފަ، ގުޅޭނެ ހުރިހާ ގޮތެއް ކިޔައިދޭނީ އޭނަ. ހެދުމާއެކު ފުލް ޕެކޭޖެއް އޭނަ ގިނަ ފަހަރަށް ތައްޔާރުކޮށްދޭނީ. އެކަމަކު އޭނަ ދޭ އޮޕްޝަންސްތައް ކަމުނުދާ ނަމަ އަހަރެން ވެސް ހިޔާލު ދެން ވަކި ގޮތަކަށް ހަދަން."

5- އާންމުކޮށް ހެދުން ފައްސަން ދެނީ ކާކު އަތަށް ނުވަތަ ޑިޒައިނަރުން ހެދުން ފަހައިދެނީތަ؟

"އެންމެން ވެސް ތިބޭނީ އެމީހެއް ކައިރިއަށް ނުގޮސްގެން. ޖާދު ކައިރިއަށް ދިޔަޔަސް ވަރަށް ކޮށްދޭހިތުން ކޮށްދޭނެ. ރަޒީ ކައިރިއަށް ދިޔަޔަސް ހަމަ ވަގުތުން ކޮށްދޭނެ. ސޭންޑީ ކައިރިއަށް ދިޔަޔަސް ހަމަ ވަގުތުން ކޮށްދޭނެ. އިބޫ ވެސް ވަރަށް ހެލްޕްފުލްވާނެ. އެކަމަކު މިހާރު ޖުމާ އަށް ފަހަން އެނގޭނީ އޭނައާ ހުރިހާ ކަމެއް ހަވާލުކުރަނީ."

6- ރެޑް ކާޕެޓަށް ބޭނުންވާ ހެދުން ޑިޒައިންކޮށް ފަހައި ތައްޔާރުކުރަން އާންމުކޮށް ކިހާ ދުވަހެއް ނަގާތަ؟ އެގޮތަށް އެންމެ ގިނަ ދުވަސް ނެގި ހެދުމާއި އެންމެ އަވަހަށް ނިމުނު ހެދުމަކީ ކޮބާ؟

"ދެން މާލެ އަކީ މާ ގިނަ ޓައިމެއް ލިބޭ ތަނެއް ނޫންވީމަ ހުންނާނެ އެ ދުވަހުން އެ ދުވަހަށް ފަހައިގެން ވެސް އިވެންޓްތަކަށް ގޮސްފައި. ހެދުން ފަހަމުން ފިޓުކުރަމުން މޭކަޕްކުރަމުން ރީތިވެލައިގެން ގޮސްފައި ވެސް ހުންނާނެ. އެހާ ޓައިމް ކުޑަކޮށް ވެސް ބައެއް އިވެންޓްތަކަށް ދާން ޖެހޭ. އެކަމަކު ވަގުތު ލިބޭ އިވެންޓްތަކަށް އަބަދުވެސް އެއް ދުވަސް ކުރިން ހުންނާނީ ތައްޔާރުކޮށްފައި."

7- ބޯހަދައި މޭކަޕްކުރަން ކިހާ ވަގުތެއް ނަގާތަ؟

"ހުންނާނެ 10 މިނެޓުން ނިންމާލައިގެން ގޮސްފަ ހުރި ތަންތަން ވެސް. ނޯޓީ ފޯޓީގެ ހަފުލާ އަށް ދިޔައީ 10 މިނެޓުން މޭކަޕް އާއި ހެއާ ހަދައިގެން. އެއީ ޖުމާގެ މޭކަޕް. އޭނަ ވަރަށް މޮޅު. އާންމުކޮށް ވަގުތު އޮވެގެން ކުރާއިރު ތިން ހަތަރު ގަޑިއިރު ދާނެ މޭކަޕް އެންޑް ހެއާ އަށް."

8- ރެޑްކާޕެޓް ހަފުލާ އަށް ދިއުމުގެ ކުރިން އެ ދުވަހު އުޅޭ ގޮތް / އުޅެން ޖެހޭ ގޮތް ކިޔައިދީބަލަ؟

"ބަލަނީ ހަފުލާ އޮންނަ ދުވަހު ކުރަން ޖެހޭ ކަންތައްތައް ވީހާ ވެސް މަދުކޮށްފައި އެއް ދުވަސް ކުރިން ގިނަ ކަންތައްތައް ކޮށްފައި ބެހެއްްޓޭތޯ. އެއް ދުވަސް ކުރިން އައިލޭޝް އާއި ފައިވާނާއި ކްލަޗާއި ހުރިހާ އެއްޗެއް ހޯދައި ހަމަކުރަން ބޭނުންވަނީ. ދެން އެ ދުވަހުގެ ހެނދުނު ހޭލައިގެން ހުންނާނީ. ހުރެފައި މޭކަޕަށް ދާނީ."

9- އެންމެފަހުން ރެޑްކާޕެޓް ހަފުލާ އަށް ނުކުމެވި އެންމެންގެ ކުރިމަތީގައި ހިނގާލެވުނީމަ އެކުރެވޭ އިހްސާސް ބުނެދީބަލަ؟

"އެކްސައިޓްމެންޓް އިނދޭ. ބޮޑަށް އެކްސައިޓް ވަނީ ވަރަށް ދުވަސްކޮށްފައި ބައެއް މީހުންނާ ދިމާވާނީ. ކުރީގަ ނަމަ (އެކްސައިޓްމަންޓް) ބޮޑުވޭ. މިހާރު އެންމެ ބޮޑަށް ހެދިގެން ދަނީ އައްޒަަގެ ފިލްމެއްގެ ޕްރިމިއާ ނައިޓަށް."

ބަތަލާ މަރިޔަމް އައްޒަ

10- ލައިގެން ހުންނަ ހެދުމަށް އެއް ބަޔަކު ތައުރީފުކުރާއިރު އަނެއް ބަޔަކު ފާޑުވެސް ކިޔާނެ. އެގޮތަށް އަމާޒުވާ ތައުރީފާއި ފާޑުކިޔުން ބަލައިގަންނަގޮތަކީ ކޮބާ؟

"ފާޑުކިޔަން ޖެހޭނެ. އެއްވެސް ކަމަކީ ޕާފެކްޓް ކަމެއް ނޫން. ފާޑުކިޔައިގެން ނޫނިއްޔާމު އިމްޕްރޫވްކުރާކަށް އެނގޭނީކީ ވެސް ނޫން. ފާޑުކީ ވަރެއް މީގައި އޮތީ. ކުރިން އައްޒަ އަކީ ވެސް ވަރަށް ކެއާލެސްކޮށް އުޅުނު މީހެއް ހެދުންއެޅުމުގައި. އެކަމަކު މިހާރު އެ ހުރިހާ ކަމަކަށް ސަމާލުކަން ދެވެނީ ވެސް މީހުންގެ ފަރާތުން ލިބޭ ހިޔާލުތަކާ ހެދި. ފާޑުކިޔައިގެން އަހަރެން އިމްޕްރޫވެފައި މިހުރީ."

11- ސެލެބްރިޓީން ހެދުން އަޅާ ގޮތާއި މޭކަޕްކުރާ ގޮތް މީހުން މިހާރު ބަލައިގަންނަހެން ހީވޭތަ؟

"އެވޯޑް ހަފުލާއެއް ނުވަތަ އެހެން އިވެންޓެއް ވެސް އޮވެއްޖެއްޔާމު ކުދިން މެސެޖުކޮށް، ގުޅާފަ އަހާނެ އައްޒާ ކޯއްޗެއް ހެއްޔޭ ލަނީ، އައި އޭމް އެކްސައިޓެޑް އޭ ޔުއާ ލުކް ބަލަން. ނުވަތަ ލައިގެން ހުންނަ ހެދުން ބަލައިލަން. އިންޑަސްޓްރީ މިހާރު ވަރަށް ބޮޑަށް ބަދަލުވެއްޖެ. މީހުން ދެނީ ލޯބި މިހާރު. ކުރިން ނަމަ ޖޯކު ޖަހަނީ."

ބަތަލާ މަރިޔަމް އައްޒަ

12- ހަފުލާއަކަށް ގޮސް ގެން އުޅެނިކޮށް ދިމާވި އެންމެ ލަދުގަތް ކަމަކީ ކޮބައިތަ؟

"އެކަހަލަ ކަމެއް އަދި ދިމައެއް ނުވޭ. ހެދުމެއް ލިޔަސް އައްޒަ ދަނީ ހުރިހާ ކަމެއް ވަރަށް ރަނގަޅަށް ބަލައި ޗެކްކުރުމަށް ފަހު. ފައިވާނަކަށް އެރިޔަސް އެއަށް އަރައިގެން ހިނގައި ހުރިހާ ކަމެއް ބަލައިގެން ވަރަށް ރަނގަޅަށް ތައްޔާރުވެގެން ދަނީ."

ފެޝަން

Popular