By: Aishath Jazlee
މަސައްކަތުގައި ވާނުވާ ނޭނގި ތިއްބާ އަނެއް ހަފްތާ އަނެއްކާ ވެސް މި ނިމުނީ އެވެ. ދެން ވަގުތެއް ހޯދައިގެން އަރާމުކޮށް، ހިތްހަމަޖައްސާލަން މި ވީކެންޑުގައި މިތަނުން ފިލްމެއް ބަލައިލަން ދާން ރަނގަޅުވާނެ އެވެ. ސިނަމާގައި ބަލައިލަން ކަމުދާ ކަހަލަ، ތިން ވައްތަރެއްގެ އެކްޝަން ފިލްމު އަޅުވާފައި އެބަ އެތޮވެ.
1. އަކުއާ މޭން އެން ދަ ލޮސްޓް ކިންގްޑަމް
އަކުއާމޭންގެ ޓްރެއިލާ
މިއީ 2018 ވަނަ އަހަރު ނެރުނު އަކުއާމޭން ފިލްމުގެ ދެ ވަނަ ބައެވެ. މި ފިލްމަކީ ފެންޓަސީ އެކްޝަން ފިލްމެކެވެ. މި ފިލްމުގައި މި ފަހަރު ވެސް އަކުއާމޭންގެ ރޯލުން ޖޭސަން މަމޯއާ އަދި މީރާގެ ރޯލުން ކޮންޓްރަވާސީ ކިތަންމެ ގިނަވިޔަސް އެމްބާ ހާޑް ފެންނާނެ އެވެ. އަދި މި ފިލްމުގައި މި ފަހަރު ވެސް ޔަހްޔާ އަބްދުލް މަތީން އާއި ނިކޯލް ކިޑްމަން އުޅޭނެ އެވެ.
މި ފަހަރުގެ ފިލްމުގައި ވެސް އަކުއާމޭން އާއި ބްލެކް މަންތާގެ ގިނަ ފައިޓް ސީންތަކެއް ފެނިގެން ދާނެ އެވެ.
އެނިމަލްގެ ޓްރެއިލާ
މިއީ ރަންބިރް ކަޕޫރްގެ އެންމެ ފަހުގެ ފިލްމެވެ. މި ފިލްމުގައި އަނިލް ކަޕޫރާއި ބޮބީ ޑިއޯލް އަދި ރަޝްމިކާ މަންޑަނާ ވެސް ފެންނާނެ އެވެ. ވަޔަލަންސްގެ ބައި ބޮޑު، ތަޅާފޮޅުން ގިނަ ސީންތަކެއް ހިމެނޭ މި ފިލްމުގައި މިހާރު ދައްކަމުުން ދަނީ އެންމެ ފަހު ޝޯތަކެވެ.
މި އެކްޝަން ކްރައިމް ފިލްމު ބަލަިލަން މި ވީކެންޑަކީ ލިބޭނެ އެންމެ ފަހު ވީކެންޑަށް ވެދާނެ އެވެ.
ޑަންކީގެ ޓްރެއިލާ
މި ފިކްމަކީ ޝާހުރުކް ހާންގެ އެންމެ ފަހުގެ ފިލްމެވެ. ގިނަ ދުވަސްތަކަކަށް ފަހު، ޝާހު ސްކްރީނަށް އައުމުން ފިލްމާ ގުޅޭ އިތުރު އެއްވެސް ކަމެއް ނުހޯދާ ފިލްމަށް ދާނެ މީހުން އުޅޭނެ އެވެ.
މި ފިލްމަކީ އެކްޝަން ޑްރާމާ ފިލްމެކެވެ.