ގެވެށި އަނިޔާ އާއި ކުޑަކުދިންނަށް ކުރާ ގޯނާ ދައްކުވައިދޭ ފިލްމު، "ކަނބުލޮ" ގެ ފުރަތަމަ ޕޯސްޓަރު އާންމުކޮށްފި އެވެ.
ގެވެށި އަނިޔާ އާއި ކުޑަކުދިންނަށް ކުރާ ގޯނާ ދައްކުވައިދޭ ފިލްމު، "ކަނބުލޮ" ގެ ފުރަތަމަ ޕޯސްޓަރު އާންމުކޮށްފި އެވެ.
އެ ޕޯސްޓަރުގައި ފެންނަނީ މަޝްހޫރު އަންހެން ތަރި، މަރިޔަމް އައްޒަ، ވިހައިގެން ފޫޅު ވެސް ނުކަނޑައި އޮތް ތުއްތު ކުއްޖަކު އުރައިގެން ރޮވިފައި ހުންނަ މަންޒަރެވެ.
ފިލްމުގައި ފެންނާނީ ގޭތެރޭގެ މާހައުލުގައި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ގޯނާތަކެވެ.
އަންނަ އޮގަސްޓް 31 ގައި ރިލީޒްކުރާ މި ފިލްމުގައި އައްޒަގެ އިތުރުން ފެންނާނީ މަޝްހޫރު އެކްޓަރު އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި އަހުމަދު ނިމާލާއި ޝީލާ ނަޖީބާއި އަހުމަދު އީސާ އާއި ވާސިއާ މުހައްމަދުގެ އިތުރުން މަރިޔަމް ޝަކީލާ އެވެ.
މިއީ 2009 ވަނަ އަހަރު ގައުމީ މުބާރާތުގެ އެންމެ މޮޅު ވާހަކައަކަށް ހޮވުނު، "ޔުކްތާ" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. ވާހަކަ ލިޔުންތެރިޔާ ޔަޝްފާ އަބްދުލްޣަނީގެ މި ވާހަކައަށް ފިލްމުގެ ސްކްރީން ޕްލޭ ލިޔެފައި ވަނީ މަހުދީ އަހުމަދެވެ. ފިލްމު ޕްރޮޑިއުސް ކުރަނީ "ކަމަނާ" ގެ ޕްރޮޑިއުސަރު ޝާނިޒް އަލީ އާއި ހުސެއިން މުނައްވަރެވެ.